ވިޔަފާރި / ރާއްޖޭގެ އިގްތިސާދު

2026 ގެ ބޮޑު ދަރަނީގެ އަސަރު ޕްރައިވެޓް ސެކްޓަރަށް ކުރާނެ: ވޯލްޑް ބޭންކް

ވޯލްޑް ބޭންކް އިދާރާ. ދަރަނީގެ ހާލަތުގެ ސަބަބުން 2026 ގައި ޕްރައިވެޓް ސެކްޓަރަށް އަސަރު ކުރާނެ-- ފޮޓޯ: ވޯލްޑް ބޭންކް

ރާއްޖެ އިން އެން ބޮޑު އަދަދެއްގެ ދަރަނި އަދާކުރަން ޖެހޭ 2026 ގައި އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ދައްކަން ޖެހުމުގެ ސަބަބުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް އޭގެ އަސަރުތައް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެ ބޭންކުން ނެރުނު މި ސަރަހައްދުގެ އިގްތިސާދީ ހާލަތާ ގުޅޭ ރިޕޯޓުގައިވާ ގޮތުން، މާލީ އެންމެ ބޮޑު ގޮންޖެހުމެއް ރާއްޖެ އަށް އެ އަހަރު ކުރިމަތިވާ އިރު ލޯނުތައް ދެއްކުމަށް އެހާ ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ބޭނުންވެ، ފައިނޭންސިން ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ. ބޭރުގެ ފައިނޭންސިން ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވެ، މާލީ ދާއިރާ އަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުންޏެވެ.

މީގެ ތިން އަހަރު ފަހުން، ތިން ގުނަ ބޮޑު އަދަދަކަށް ރާއްޖެ އިން ދަރަނި އަދާކުރަން ޖެހެ އެވެ. އެހެންވެ، ރާއްޖޭގެ ފިސްކަލް ހާލަތަށް ބަދަލު އަންނާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

މިކަމުގެ އަސަރު އެހާ ބޮޑަށް ކުރަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވުމުން ކަމަށް އެ އިދާރާއިން ބުންޏެވެ. ވޯލްޑް ބޭންކުން ބުނީ، މާލީ ގޮތުން މުޅި އިގްތިސާދަށް ކުރިމަތިވާ ތާށިކަން ޕްރައިވެޓް ސެކްޓަރަށް ވެސް ކުރާނެ ކަމަށެވެ.

ދެހާސް ސައްބީސް ވަނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ 50 ޕަސެންޓަކީ މި ސަރުކާރުން 2021 ވަނަ އަހަރު ނެގި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކެވެ. އެ ސުކޫކުގެ ބޮޑު ބައެއް ހޭދަކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި "ސަނީ ސައިޑް" ބޮންޑު ދެއްކުމަށެވެ.

މި އަހަރު ނިމޭ އިރު ރާއްޖޭގެ ދަރަނި 115 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. ސަރުކާރުން ލަފާކުރަނީ ދައުލަތުގެ ދަރަނި 114 ބިލިއަން ރުފިޔާ އަށް މި އަހަރު ނިމޭއިރު އަރާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހާމަކުރި މައުލޫމާތުން އެނގޭ ގޮތުން ދައުލަތުގެ ދަރަނީގެ ތެރެއިން 49 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އެތެރޭގެ ދަރަންޏަކީ 59 ބިލިއަން ރުފިޔާ އެވެ.

47 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 81%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހުމަދުބެ766

07 October 2023

2017ގަ 336.77 މިލިޔަން ރުފިޔާ 2018ގަ 1,315.26 މިލިޔަން ރުފިޔާ 2019ގަ 1,385.21 މިލިޔަން ރުފިޔާ 2020ގަ 393.64 މިލިޔަން ރުފިޔާ 2021ގަ 453.75 މިލިޔަން ރުފިޔާ 2022ގަ 849.31 މިލިޔަން ރުފިޔާ ދެން މިހިސާބުތަކުން ކިޔާ ފާޑެއް ކިޔާބަ!

The name is already taken The name is available. Register?

ކޮރަލް

07 October 2023

5 ބިލިއަން ލޯން ނަގައިފިނަމަ 1 ބިލިއަން ކާލާނެ އެވެ. އެއީ ކޮރަޕްޝަން ގެތެރެއިން ނެވެ. ޕާޓީ ތަކުން ކޮރަޕްޝަންގެ ވާހަކަ ނުދައްކާ ނެ އެވެ. ރައްޔިތުންވެސް ދައްކާ ނީ ލޯން ގެވާހަކަ އެވެ. 1 މިލިއަން އަށް ކުރެވޭ މަސައްކަތެއް 5 މިލިއަން އަށް ކުރިއަސް އެ މައްސަލަ އެއް ނުބަލާނެ އެވެ.

The name is already taken The name is available. Register?

އަލީމު

07 October 2023

ބަލަތީ ހަމަރައްޔިތުން ބޭނުންވިގޮތޭ! މިހާރުހަޅޭއްލަވާނެކަމެއްނެތް: "ދައްކަން ޖެހޭ ދަރަނީގެ 50 ޕަސެންޓަކީ މި ސަރުކާރުން 2021 ވަނަ އަހަރު ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކެވެ. އެ ސުކޫކުގެ ބޮޑު ބައެއް ހޭދަކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި "ސަނީ ސައިޑް" ބޮންޑު ދެއްކުމަށެވެ." އެއައް ވުރެސާފު ކޮށްލިޔުނީމަވެސްހަމަނޭގޭކަމަށްހަދާ ބަޔަކަށް ދުވަހަކުރަގަޅު ގޮތެއް ނޯންނާނެ! "ސަނީސައިޑް" ބޮންޑު ކާލިމީހާއެހެރީކުޑަދޮރުކައިރީ!

The name is already taken The name is available. Register?

އިސްމާލި

07 October 2023

ސަނީ ސައިޑް ބޮންޑު ދައްކަން ލޯނު ނަގަން ޖެހުނީ ސޮވަރިން ފަންޑުގައި ހުރި ޑޮލަރު ކޮޅު މި ސަރުކާރުން ނެގީމައި ކަމަށް ވަނީ. ޑޮލަރު ކޮޅު ނެގީ ކޮވިޑާއި ގުޅިގެނޭ ނުބުނާތި. ކޮވިޑަށް އެތައް މިލިއަން ޑޮލަރު ލިބުނު. އެ ފައިސާތައް ބެހީ "ބަދަލު" ގެ ގޮތުގައި ގާތް މީހުނަށް.

The name is already taken The name is available. Register?

ނަފީސާ

07 October 2023

ފައިބައިގެން ދަމުން ބުނެލީ ކުރެވުނީ ހެޔޮވެރިކަމެއް ކަން އިހުސާސް އެބަކުރެވެޔޯ.

The name is already taken The name is available. Register?

ތާރޭ

07 October 2023

ނިއްކުރިއަށް ރުލެއްއަރުވާނުލާ ދޮގުހަދަން މޮޅުވާނެ.

The name is already taken The name is available. Register?

ހުސެން555

07 October 2023

އެމް އޭ އިން މިދިޔަ އަހަރު ވެސް ކުރި ދިރާސާ އެއްގައި، 2026 ވަނަ އަހަރު ޑޮލަރު -/42 އަށް އަރާނެ ކަމަށް ވަނީ ލަފާ ކޮށްފަ !!!

The name is already taken The name is available. Register?

ނަދުރޭ ސޯ

07 October 2023

ދަރަނީގެ ތެރެއިން 49 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އެތެރޭގެ ދަރަންޏަކީ 59 ބިލިއަން ރުފިޔާ އެވެ. ފޯޓީ ނައިން ޕްލަސް ފިފްޓީ ނައިން ހައުމަޗް؟

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

07 October 2023

12 ޕަސެންޓައް ޖީއެސްޓީ ބޮޑުކޮއްލާ! ހާސް ކަނޑާލާ!

The name is already taken The name is available. Register?

އަކްމެޑް

07 October 2023

ވެރިކަމަށް އަންނަ ބަޔަކު ބޭނުންވަރަކަށް ލޯނު ނެގުމާ ދައުލަތަށް ދައްކަންޖެހޭ ފައިސާ މާފުކުރުންފަދަ ކަންތައްތައް ހިތުހުރިގޮތަކަށް ކުރެވިގެން ނުވާނެ.

The name is already taken The name is available. Register?

ގުއިރޯނުގަ ޖެއްސުން

07 October 2023

މިއީ ޑިމޮކްރަސީ އައިމަ ސިޔާސީ މީހުން އެކަކު އަނެކަކައް ވުރެ މޮޅުވާންވެގެން ގައުމުގެ ނެތް ފެންވަރުން ދިވެހިން ނައް ތަރި ބާލަދިނީމަ ވާގޮތް!

The name is already taken The name is available. Register?

ކަކުނިބޯ

07 October 2023

މިއީ ޤައުމު ހަކުރާޖަހާގެން ކެއުން. މިއީ ގަސްތުގައި ދަރުވާލުން މިސާލު ޕޯޓެއްހަދާކަށް ހިލޭއެހީއެއްނުލިބޭނެ އެކަމު ފެނާ ނަރުދަމާއަށް ހިލޭއެހީލިބޭނެ. ޢަމިއްލަފއިސާއިން ކުރާވައްތަރުގެ އިންވެސްޓްމަންޓާއި ލޯނުނަގާގެން ކުރާ އިންވެސްޓްމަންޓާއި ހިލޭއެހީހޯދާގެން ކުރާއިންވެސްޓްމަންޓް ނޭންގޭ ޕަބްލިކްފައިނޭންސް މެނޭޖްކުރަން ނޭންގި ނުވަތަ ނޭންގޭކަމަށްހަދާ ޖީބު ބޮޑުކުރުން މައްސަލަޔާ އިންވެސްޓްމަންޓްތަަށް އެހެރީ ފަލަމަޑީގެގޮތުގައި

The name is already taken The name is available. Register?

މަޖާސީ

07 October 2023

އެހެންވީމާ ގަމާރީ ކޮންބައެއްބާ؟ އަބަދުވެސް ސަނާކިޔުމުގައި އުޅޭގައުމެއް ރާއްޖެ ނޫނީ އޮންނާނެހެނެއް ހިއެއްނުވޭ. މިހާރުވެސް މުއިއްޒަށް ތައުރީފްގެ ލަވަނޫންއެއްޗެއް ނީވޭ.

The name is already taken The name is available. Register?

ވިސްނާލައްވާ ބހ

07 October 2023

މިކަން ރިޔާސީބަހުސްގަ ފާހަގަކުރި، އެކަށޭނަ ޖަވާބެއް ނުލިބި ދެންވެސް ވެރިކަންބޭނުންވެގެން މަރުދަން ޖެހޭތަންފެނިގެން ދިޔައީ، މިކަން މިގޮތަށް އޮއްވަ އަގުބޮޑުބިންތަށް ބަހާ އަޅާލީ، 5 އަހަރުގެ ދައުރެއް ނިގެން ދިޔައީ އެންމެ ރުފިޔާއެއްވެސް ބްރިޖްބޭނުންކުރާ ފަރާތްތަކުންނުނަގާ، ވޯޓުގެ ދަހިވެތިކަމުގަ ޕާކިންސްޓިކާ ޖޫރިމަނާމާފްކޮށްދިނީ، ބޭކާރުގޮތުގަ ކަންވެސްނުވެ އެތަށް ބަދަލުދީ އެތަށް ބަޔަކަށް ބަހާއަޅާލީ، މިހެންގޮސް ނަންހުސްކޮށް...ބޯހަލާކު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454