ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި އަމްރު އާއި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ އިސް ބައެއް މެމްބަރުން: އަމްރު ވިދާޅުވީ އެމްޑީޕީ ނާކާމިޔާބުވީ ރަނގަޅު ލީޑާޝިޕެއް ނެތުމުން ކަމަށް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
07 އޮކްޓޯބަރ 2023 - 11:02
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ނާކާމިޔާބުވީ އެ ޕާޓީ ހިންގުމުގައި ރަނގަޅު ލީޑަޝިޕެއް ނެތުމުން ކަމަށް، އެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ހުސެއިން އަމްރު ރޭ ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސްގެ ޖަގަހަ ޖަލްސާގައި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަމްރު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ ވެސް ކަމަށްވާ އެމްޑީޕީއަކީ ވަރަށް ގިނަ ބަޔަކު ގުރުބާނީތަކެއް ވެގެން އުފެއްދި ޕާޓީއެއް ކަމަށެވެ. އެ ޕާޓީން 2018 ވަނަ އަހަރާ ހަމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދި ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރު އެމްޑީޕީގައި 90،000 މެމްބަރުން ތިބި އިރު، އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގެ ސުޕަމެޖޯރިޓީ ނަގައި 65 ގޮނޑި ވެސް އެ ޕާޓީއަށް ލިބުނެވެ. އެކަމަކު، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމެއް ނިމުނު އިރު، އެ އިން ވީ އެއްވެސް މޮޅެއް ފެންނާކަށް ނެތް ކަމަށް ވިދާޅުވި އެވެ.
"... 58 ޕަސެންޓްގެ ތާއީދާ އެކު ވެރިކަމަށް ގެނައި ޕާޓީ، ފަސް އަހަރު ނިމުނުއިރު 38 ޕަސެންޓުގެ ތާއީދު. 90،000 މެމްބަރުންނާ އެކު ހަވާލުކުރި ޕާޓީ ފަސް އަހަރު ނިމުނުއިރު 40،000 މެމްބަރުންނަށް ވެއްޓިފައި. ވެރިކަން ހަވާލުކުރީ، ފަސް އަހަރު ވީ އިރު ވެރިކަން ވެސް ގެއްލިއްޖެ،" އަމްރު ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އިން ކުރިން ބޭއްވި ޖަލްސާއެއްގައި އަމްރު މީހަކާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އަމްރު ވިދާޅުވީ އެހެން އެކަން ވާން ޖެހުނު ސަބަބުން އެންމެން ވެސް ބަލަން ޖެހޭ ކަމަށާއި އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ އާންމު މެމްބަރުން އެކަން ބަލަން ބޭނުންވާނެ ކަން ޔަގީން ކަމަށެވެ. ނަމަވެސް، އެމްޑީޕީ ނާކާމިޔާބުވި ފަހުން އެ ޕާޓީން ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް އެކަން އެޖެންޑާ ނުކުރާތީ އޭނާ ފާޑުވިދާޅުވި އެވެ.
އުއްމީދު ކުރެއްވީ ގައުމީ މަޖިލީހުގެ އެ ޖަލްސާގައި އެ ޕާޓީ ނާކާމިޔާބުވި ސަބަބާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ކަމަށާއި ނަމަވެސް، ފެނުނީ އަދި ވުޖޫދުގައި ވެސް ނެތް ކަމަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ޕާޓީން ކުއްލިއަކަށް ގޮތެއް ނިންމަން އެޖެންޑާ ކުރި ތަން ކަމަށް އަމްރު ވިދާޅުވި އެވެ.
"ބަރުލަމާނީ ނިޒާމެއްގެ ވޯޓަކަށް އަދި އިއުލާނެއް ނުކުރޭ. އަދި އެ ކެމްޕެއިނެއް ވެސް ނުފަށާ. ބަޔަކު މީހުން މާ ބޮޑަކަށް އެ ވާހަކަ ދައްކަނީކީ ވެސް ނޫން. އަޅުގަނޑުމެން ދެން އެ ވާހަކަ ކުޑަކޮށް ވެސް މި ދައްކާލީ، ބާއްވަން ވީނުން ހެއްޔޭ،" އޭނާ ވިދާޅުވި އެވެ.
އަމްރު އެހެން ވިދާޅުވީ، މާލޭގެ މޭޔަރު އަދި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ވާދަކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑު ބައްޔަކުން ބަލިވި ނަމަވެސް އޭގެ ސަބަބުން ހޯދައި ރަނގަޅު ކުރަންޖެހޭ ކަންކަމާ މެދު އެމްޑީޕީގެ ލީޑަޝިޕުން ވާހަކަ ނުދައްކާތީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ބޮޑު ޕާޓީއެއް ކުޑަވެ، ބޮޑު އިންތިހާބަކުން ބަލިވުމުން އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭނެ ކަމަކީ އަމްރު ވިދާޅުވި ގޮތުގައި، ބަލިވި ސަބަބު ދެނެގަނެ، އިސްލާހީ ފިޔަވަޅުތައް އަޅަން ފެށުމެވެ. އެމްޑީޕީގެ ޗެއާޕާސަނަކީ އޭނާ ނަމަ، ކަންކަން ކުރައްވާނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ. ކުރިން އެމްޑީޕީގައި ހުންނެވި އަމްރު ވަނީ އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ވެސް ކުރައްވައިފަ އެވެ.
ވަރަށް ސާފުކޮށް އެ 10 ބޭފުޅުން ވާހަކަދެއްކެވި ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގިއްޖެ، އެ ފަސް އަހަރުގެ ތެރޭގައި އެއޮށް ބޮޑު ޕާޓީ ކުޑަވެގެން ދިޔަ ގޮތް. އެ ލީޑާޝިޕެއް އެމްޑީޕީއަކު ނެތް: އަމްރު
"އެ ވާހަކަ [ބަރުލާމީ ނިޒާމުގެ ވޯޓުގެ މައްސަލަ] އެޖެންޑާ ކޮށްގެން އިވުނީ ކޮން ވާހަކައެއްތޯ؟ ފުރަތަމަ ވާހަކަދެއްކި 10 ބޭފުޅުންނަކީ އެ ޕާޓީގެ ލީޑަޝިޕް ކަމަށް މިހާރު، އެ ބޭފުޅުން ގަބޫލުކުރާ ބޭފުޅުން. އެ ބޭފުޅުން އެ ވިދާޅުވީ އަހަރެމެން ނޫން އެހެން ބަޔަކު ކަމަކާ އުޅޭތީވެ ގައުމީ ކަމެއް ކަމުގައި ނުބަލާ، ގައުމަށް އެންމެ ރަނގަޅު ގޮތަކީ މިއީ ކަން ވެސް ބަލައިނުލަން،" އަމްރު ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް އެ 10 ބޭފުޅުން ވާހަކަދެއްކެވި ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގިއްޖެ، އެ ފަސް އަހަރުގެ ތެރޭގައި އެ އޮތް ބޮޑު ޕާޓީ ކުޑަވެގެން ދިޔަ ގޮތް. އެ ލީޑަޝިޕެއް އެމްޑީޕީއަކު ނެތް."
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާކާމިޔާބުވީ 46 ޕަސެންޓުންނެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ވަނީ 54 ޕަސެންޓް ވޯޓު ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސި
08 October 2023
ޕާޑީ އެއްހަދާފަ އެހެން ޕާޑީ ހަލާކުވެނެތިދާތީ އަމުރު ކަންބޮޑުވެގެން އުޅެނީ އެމަނިކުފާނުންވެސް ހުންނެވި ޕާޑީގާ ވެރިކަމައް އަށްނަން ބޭނުންވާ އަދަދުވެސް މިރާއްޖޭގެއްލިގެން އުޅުނު 40000 ހާސް މީހުން ނުފެނުނު ވެރިކަން މެމްޑީޕީއަށް މިފަހަރުވެރިކަން ނުލިބުނީ ކެނެރީގޭ މުގާބޭ ޑިމޮކްރެސީބައްޕައެއްހެދިގެން މުގާބޭބުނާގޮތަކަށް މެޑީޕީގެ ގައުމީމަޖިލީހުން ބަލައިނުގަތުމުން މުގާބޭ ކަންކުރިި ހަމަމުގާބޭގެއަސްލު ދައްކަން ސާފް ވެއްޖެތަ
މުރަކަ
08 October 2023
ޕާޑީ؟ ޑައިވިންގ ޖަމިއްޔާއެއް ދެއްތޯ؟
ފައްަ
08 October 2023
"ބަރުލަމާނީ ނިޒާމެއްގެ ވޯޓަކަށް އަދި އިއުލާނެއް ނުކުރޭ. އަދި އެ ކެމްޕެއިނެއް ވެސް ނުފަށާ. ބަޔަކު މީހުން މާ ބޮޑަކަށް އެ ވާހަކަ ދައްކަނީކީ ވެސް ނޫން. އަޅުގަނޑުމެން ދެން އެ ވާހަކަ ކުޑަކޮށް ވެސް މި ދައްކާލީ، ބާއްވަން ވީނުން ހެއްޔޭ،" އޭނާ ވިދާޅުވި އެވެ. މިއީ ދޮގެއް
ސަންތި.....
08 October 2023
ދެމީދާފެހިބުޅަލަށްވެ، އުނބަށްޖަހައި، ދަލުބޭރުންޖެހޭފެންވަރަށް ބަޔަކުދާނީ އެބައެއްތެރޭގައި ވަރުގަދަ ލޭޑަރޝިޕެއް އޮވެގެން.
ކަސަމް
07 October 2023
ކަލޭމެންގެ އަމިއްލަ އެދުމަ ހުރެ ސޯޓް ބޭލީމަ ވެރިކަން ނުލިބުނީ
ކަރާސީނު
07 October 2023
އެމްޑީޕީއޭ ކިޔައިގެން ވާހަކަ ދައްކާނެކަމެއް ނެތް! %7 އާއިގެން ހިތް ހަމަޖައްސާލާ!
ދޮންކަލޯ ދެލޯފުޅާ
07 October 2023
ޢަމްރު ވަރަށް ރީތިކޮށް ތިބުނެދިނީ ޑިމޮކްރެޓްސްގެ %7 ނުލާ 2018ގެ ކޯލިޝަން %51 ހޯދިކަން. އަނެއް %5 މިފަހަރު މަދުވީ ދެންތިބި ބައިވެރިންތައް ވަކިވީމާކަން. އެހެންވެ އެމްޑީޕީ ތިބައިގަނޑު ނުލާ %46 މިފަހަރު ހޯދައިފި. މީ ނޫންތަ ތިޖަހާ ހިސާބުގެ ނަތީޖާ!! ޕީޕީއެމްއާ ޝިޔާމު ނޫން އެންމެން އެކުވެގެން އޭރު ގެނާ %58 އެއީ މިފަހަރުގެ %7ގެ މިސްކީނު ބަފާ ހޯދި އެއްޗަކަށް ޔިޔަ ހަދަނީ އެސްޓީއޯ ހިމްގި އުސޫލަކުންތަ؟
އަފްރާސިޔާބު
07 October 2023
އެމްޑީޕީ އާބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނުމުގެ ހައްގު އެފަރާތަކަށް ނުލިބޭ. ސައިޒް އޮޅިގެން ތި އުޅެނީ. ދޭބަލަ %7 ވީތަނެއް ތަނެއް ބަލަން. އެވާހަކަވެސް ކޮންވެސް މީހަކު މި ކުދިންނަށް ކިޔާދީ ބަލަ.
ޙިނި
07 October 2023
އެމްޑީޕީ ބަލިވީ ރައީސް ސޯލިހު ޕާޓީހިންގުމައް އަތްބޭނީމަ. ދެން އިބުޜޭ ލައްވާ 39000 މެންބާރުން ވަކިކުރީމަ
ހިނީގެ ވިސްނުމުން
07 October 2023
ޖުމްހޫރީ ޕާޓީން ގާސިމަށް ވޯޓުނުދިން ގޮތްވެސް ހިންޏެއްގެ ވިސްނުމުން ވިއަސް އެނގެން ބޭނުން
އަލީމު
07 October 2023
ބަލަކަލޭ ތީކާކު އެމްޑީޕީގެވާހަކަ ދައްކަން؟ ކަލޭ ކަލޭގެ ޕާޓީގެވާހަކަދައްކަބަލަ! އެމްޑީޕީ ދޫކޮށްފަގޮސް ހަމައެމްޑީޕީއަކުން އަރައިނުގަނެގެން ތިއުޅެނީކީއްވެގެން؟
ހުސެންް
07 October 2023
ޑިމޮކުރެޓުންނަށް އެންމެ %7 އާއިއެކީ ނާކާމިޔާބުވީ ލީޑަރޝިޕުގެ ވަރުގަދަކަމުން. ދެން މަނެތިން އެއްޗެއްބުނާކަށް. އެމްޑީޕީން އެބަޖެހޭ މިމީހުން ދައްކަ ހުރިހާ ވާހސކައަކަށް ރައްދުދޭން.