އެޗްއާރުސީއެމުން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: އެޗްއާރުސީއެމް
08 އޮކްޓޯބަރ 2023 - 11:50
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ ފަސް މެމްބަރުން ތިއްބަވާ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލައި، އަންނަ އާދިއްތަ އަދި ހޯމަ ދުވަހު ފޯމު ބަލައިގަންނާނެ ކަމަށެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވައިލީ، އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ މި ފަހުން އިސްތިއުފާ ދެއްވުމުންނެވެ.
އެ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން މެމްބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭގައި މެމްބަރަކު އައްޔަން ކުރަންޖެހެ އެވެ.
އެޗްއާރުސީއެމްގައި މި ވަގުތު ތިއްބަވާނީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި މެމްބަރު މުއުމިނާ ވަހީދާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި ސަމާއު އަހުމަދު ނަޖީބެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނާފިގު
09 October 2023
ޢަދުހަމް ދިޔައީ ކުރި ފުރައްސާރައަށް ކެތް ނުވެގެން.
މޯދީ ސަހަބް
08 October 2023
ތިތާ ތިތިބަގޮތެއް ފޮތެއް ނެތް ޒާތީ ތައައްސުބުން ފުރިގެންވާ ޖީހާނުގެ ޕަޕެޓުން ތިއްބާ ކިތަންމެ ރަނަގަޅު މީހަކު ދިޔަޔަސް އެމީހަކަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. ފުރަތަމަ ކުރަންވީ ކަމަކީ މުނާއާއި އޭނާއަށް ބައިއަތު ހިފާ މެންބަރުން ވަކިކުރުން.
ކަމަކުނުޖާ
08 October 2023
މިހާރުތިބި މެންބަރުން އިސްތިއުފާދީފަ އިތުރައް މިދަނޑީިވަޅުގައި މީހަކުނުނަގާ ތިޔައީ އިންތިގާލީ މަރުހަލާގަ ކުރަންޖެހޭކަމެއްނުން
ވޯލް
08 October 2023
ދެން އެންމެ ރަގަޅު ގޮތަކަށް ވާނީ އަންނަ ސަރުކާރަށް ތިޔަ ފުރުސަތު ދިނިއްޔާ.