ނަޝީދާ އެކު އެމްޑީޕީގެ ޕީޖީގެ ލީޑަރު މުހައްމަދު އަސްލަމް: ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީގެ އިއްތިފާގުން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
08 އޮކްޓޯބަރ 2023 - 14:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އެ މަގާމުން އެމަނިކުފާނު ދުރުކުރުމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމައިފި އެވެ.
މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީގެ ބައްދަލުވުމުގައި، ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ހުށަހަޅަން ބޭނުންވާ މިންވަރަށް އެމްޑީޕީ މެމްބަރުންގެ ސޮއި މިހާރު ވެސް ވަނީ ހަމަކޮށްފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ ސަބަބަކަށް އެމްޑީޕީގެ ޕީޖީން ބުނެފައި ވަނީ، އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކޮށް އެމްޑީޕީއަށް ގެއްލުން ދިނުމެވެ. ނަޝީދު ބޭނުންވިޔަސް އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށް ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ފަހު، ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުރިން ވެސް ހުށަހެޅި އެވެ. ނަމަވެސް، ނަޝީދުއާ އެކު އީވާ ވަކިކުރުމުގެ މައްސަލަ ވެސް ހުށަހެޅުމުން، ދެ ބޭފުޅުން އެކުގައި ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމުން އެ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސެވެ.
ރިޔާސަތު ބެލެހެއްޓުމުގެ އަރައިރުމުގެ އިތުރުން، އެމްޑީޕީން ވަކިވި 13 މެމްބަރުންނާ އެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާނުލެވި އޮތުމަކީ ވެސް އެ މައްސަލަތައް ކުރިއަށް ގެންދަން ކުރިމަތިވި އަނެއް ހުރަހެވެ. މަޖިލީހުގެ ގަވާއިދު ގައިވާ ގޮތުން، އިތުބާރުނެތް ކަމުގެ މައްސަލަތަކުގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅަން ޖެހެނީ އާންމު ކޮމިޓީންނެވެ.
އެ ކޯޅުމުގެ ތެރޭގައި މަޖިލީހުގައި މަރުތަޅު އެޅުވި އެއްވެސް މަސައްކަތެއް ނުކުރެވި ދެ މަހެއްހާ ދުވަހު މަޖިލިސް ހުއްޓިފައި އޮތެވެ. އޭގެފަހުން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއަށްފަހު، އެ ބުރުގައި ތިން ވަނަ އައި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމުގެ މަޝްވަރާތަކުގެ ތެރެއިން، އެމްޑީޕީން ވަނީ ކުއްލި ގޮތަކަށް ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
ނަމަވެސް، ޑިމޮކްރަޓްސްއިން އިންތިހާބުގައި ދެވަނަ ބުރުގައި ވެސް ނިންމީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރުމަށެވެ. އަދި އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރަޓްސް ޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަނީ މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަސްއަޅައި، ސަރުކާރުގެ ކޮރަޕްޝަންތައް ބެލުން ހުއްޓުވުމަށް ޑިމޮކްރަޓްސްގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކްސް
09 October 2023
މަޖްލިހުގެ ޖަލްސާއެއް ދެނެއްންނާނެ. ނަޝީދުތީ ގައުމަށްވުރެ ބޮޑުކަމަށް އަމިއްލައަށް ދެކިގެން އުޅޭ މީހެއް.
LaamuonlineDOTcom
09 October 2023
އަވަސްކުރޭ އަވަސްކުރޭ އަންނިބޭރުކުރޭ، މަޖިލީހުގެ ރައީސްކަން މީނައަށްލިބުނީތީވެސް މައަޖައިބު، އެއްވެސްކަހަލަ ހަރުދަނާކަމެއްނެތް އަމިއްލައަށް ދެކެވޭނުދެކެވޭ ވާހަކައެއްނޭންގެ، އެހާދޮގުހަދާ ރަނގަޅު އެއްވެސް ސިފައެއްނެއް، ހުސްކަމުނުދާކަންތައް! ރައީސްކަމަށްވެސް ދިވެހިންމީނާހޮވައިފިޔޭ އަޖައިބެއްނުން! ރައްޔިތުންނަށްޓަކާއިސްތިއުފާ ދިނީޔޭކިޔާފަ 48ގަޑިއިރުވެސްުނުވޭ ބަގާވާތެކޭކިޔާފަ މުޅިރާއްޖޭގަ ހުޅުޖެހީ، އަންނި އަލުން ޖަލަށްލާންޖެހޭކަމަށް ފެންނަނީ :)
ާޔޯ އެކްސް
08 October 2023
އަންނިއަށް އިތުބާރުކުރަނީ އެންމެ މީހެއް، އެއީ އަންނި.
މޮހޮނު 123
08 October 2023
ނަޝީދުއަށް އެގެއްލުނީ ކަތިވަޅި، ކުރިން ގެއްލުނީ ކޮށި ދަނޑު، މަރިޔަނބު މާކުރިންވެސް ވަނީ ގެއްލިފައި
ކެކެކެކެކެކެކެކެ
08 October 2023
އަނެއްކާ ހިޔާލު ބަދަލުވީ؟
އާރީ
08 October 2023
އަންނި އަކީ ޗޮއިސް އެއް ނޫން. މަޖިލިސް ރައީސް ކަމުން ބާލަންޖެހޭ.
ޙިމަފިލް
08 October 2023
ތި ގެއްލުނީ އެމް ޑީ ޕީ އަށް ލިބެން ހުރި ގޮޑިތަށް ވެސް މަޖްލިސް އިން، ތި ހެން އަންނި އާައި ޖައްސާލާގެން އުޅެގެން އިންތިޙާބް ވެސް ގެއްލުނީ ، އަމިއްލައަށް ވާނެޔޭ ކިޔާގެން، ވިސްނާލާ، އެމްޑީޕީ ކުރިމަތި ލާ ދާ އިރާ އަކަށް ޑިމޮކްރެޓްސް، ކު ރިމަތިލީމާ ހުރިހާ ދާއިރާ އެއް ލިބޭނީ އިދިކޮޅަށް، އެމް ޑީ ޕެއިލް ވީ މިހާރުގެ ޅީޑާޝިޕް ޒާތީ ގޮތުން އަންނި އާއި ޖައް ސާލުމުން، ދެންވެސް، މަޖްލިސް އިންތިހާބް ބޭނުމިއްޔާ، އަންނި އާއި ދިމާކުރުން ހުއްޓާލާފާ ކެމްޕޭން ފަށާ
LaamuonlineDOTcom
09 October 2023
އަންނިހުރިނަމަވެސް އިބޫއަކަށް މިފަހަރު ކާމިޔާބުލިބުމުގެ އެއްވެސް ޗާންސެއްނެތް، އަންނި އުފެއްދި ޕާޓީއިން އަންނިގެ ސަޕޯޓާއެކު ނެރުނު ކެނޑިޑޭޓަށް ލިބުނީ 15 ހާސްވޯޓުކަން އެނގޭތަ؟ 15 ހާސް ވޯޓަށްވުރެން އެތައްވޯޓެއް އިބޫއަށްވުރެން ކުރީގަނޫންތަ މުއިޒުއުޅެނީ ދެނޯ؟ ދިވެހިން ޕޮލިޓިކުސްއަށް ލޯހުޅުވޭވަރަކަށް އަންނިކަހަލަ މީހުންދާނީ ހަމަ ފެއިލްވެ ބާކީވަމުން،
މ ދ ތ ހަސަނު
08 October 2023
އިތުބާރުނެތްކަމުގެ ވޯޓު ވައްދާފައި ނަގާފައި މަޖިލީހުގެ އަގުހުރި ވަގުތުތައް ބޭކާރުކުރުން ނޫންކަމެއް އެމްޑީޕީން ކުރާތަނެއް މިހާރަކު ނުފެނޭ . ވަކި މިހެއްގެ ފަހަތުން އަޅައިގަނެގެން މަގުމަތީ އުޅޭ މޮޔައެއް ފަދަ ޕާޓިއަކަށް އެމްޑީޕީ މިހާރުވެއްޖެ . ދެން ވޯޓެއް ނުދޭނަން
އީސަދަރި
08 October 2023
ހަގީގިތުގައިވެސް ސާފުތެދެއް
LaamuonlineDOTcom
09 October 2023
އެމްޑީޕީ އަކީ އަބަދުވެސް ވަރަށްވިޔާނުދާކޮށް ކަންކަންކުރަމުން އަންނަޕާޓީއެއް، އެމީހުންގެ މުޒާހަރާތަކުންވެސް އެހެރީ އެކަންފެންނަން، އަންނިޔާ، މާރިޔާ ފަދަ މީހުންގެ ގޮތްކުޑަކަން އެހެރީ މުޒާހަރާތަކުގެ ވީޑިއޯތަކުން ފެންނަން،
އަސޭލ
08 October 2023
ކިތައް އެމްޑީ÷ީ ޕާލަމެންޓު މެންބަރުންތަ ބޭނުންވާނީ ބޮތްކެއް ބަދަލްކުރަން؟
ކެކެކެކެކެކެކެކެކެ
08 October 2023
ހަހަހަހަަހަހަހަހަހަހަހަހަ! ހީހީ ހަލާކު!
އަބްޑޫޅް +
08 October 2023
މަނިކުފާނުންގެ މަޖިލީހުގެ ރައީސު ގެ މަގާމަށް މި މަނިކުފާނު ހޮވަންވީނުން؟