އެސްއޯއީ ކޮމިޓީގެ ބައްދަލުވުން-- ފޮޓޯ: މިހާރު
11 އޮކްޓޯބަރ 2023 - 15:11
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން (ޕީސީބީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައި ޕްރޮޖެކްޓްތައް އަލުން ނުފެށުމަށާއި މުވައްޒަފުން ނެގުން މަޑު ޖައްސާލަން އެންގުމުން، އެ އިދާރާގެ މައްސަލަ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ކޮމިޓީ އެސްއޯއީ އިން ބަލަން ފަށައިފި އެވެ.
އެސްއޯއީ ކޮމިޓީގައި މިއަދު ވަނީ މިއްސަލައާ ގުޅިގެން ޕީސީބީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އެސްއޯއީ ކޮމިޓީގެ މުގައްރިރު އަހުމަދު އީސާ ވިދާޅުވީ، ޕީސީބީން ރިޔާސީ އިންތިހާބަށް ފަހު ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމަށް ހުރަސްތައް އެޅޭ ގޮތަށް އެންގުންތައް އަންގަމުން ދާ ކަމަށެވެ. އެފަދަ އެންގުމެއް ކުންފުނިތަކަށް އެންގިންތޯ އާއި އެކަމުގައި އޮތް ގާނޫނީ ހުއްޖަތަކީ ކޮބައިތޯ އީސަ ވަނީ ސުވާލުކުރައްވައިފަ އެވެ.
ޕީސީބީގެ ނައިބު ރައީސް އަހުމަދު ފިރާޒް ވިދާޅުވީ، ބޯޑުގެ ކޯރަމަކީ ފަސް މެންބަރުން ކަމަށްވާ އިރު މިވަގުތު އެ އިދާރާގައި ތިއްބެވީ ހަތަރު މެންބަރުން ކަމަށެވެ. ޕީސީބީގެ ބޯޑުގައި ތިބެން ޖެހެނީ ހަތް މެންބަރުންނެވެ.
މިކަމާ ގުޅިގެން އީސަ ވިދާޅުވީ ކޯރަމް ހަމަ ނުވާ އިރު ޕީސީބީ ރަސްމީ ބައްދަލުވުމެއް މިހާރު ނުބޭއްވޭނެ ކަމަށެވެ. އަދި ބޯޑުގެ ބައްދަލުވުމެއް ނުބާއްވައި، މިފަދަ ސާކިއުލާއެއް ނެރެވޭނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"މިވަގުތަށް ހާއްސަކޮށް ކުންފުނިތައް ހިންގަންޖެހޭނެ ގޮތް ބުނެ ސާކިއުލާއެއް ނެރެން ޖެހޭ ސަބަބެއް ނެތް. ކުންފުނިތައް ހިންގަން ޖެހޭނީ އަބަދުވެސް އޮންނަ އުސޫލުގެ ތެރެއިން. ރިޔާސީ ދައުރު ގޮސް ނޮވެމްބަރު 17 އާ ހަމައަށް ވެސް ވަކި މަރުހަލާއެއްގައި ވަކި ގޮތަށް ވަކި ކަންތައްތަކެއް ކުރާކަށް ގާނޫނަކުން އުސޫލަކުން ފެންނާކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
އީސަ އެކޭ އެއްގޮތަށް ސަރުކާރަށް ނިސްބަތްވާ އެހެން މެންބަރުން ވެސް ވަނީ މިކަމާ މެދު ސުވާލު އުފައްދަވައި ޕީސީބީއަށް ސުވާލުތައް އަމާޒުކުރައްވައިފަ އެވެ.
ފިރާޒް ވިދާޅުވީ، ޕީބީސީ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ކަމާ އެކު ހިންގަމުން އަންނަ ބޯޑެއް ކަމަށެވެ. އޭނާ ވިދާޅުވީ، ބޯޑުގެ ނިންމުންތައް އަބަދުވެސް ނިންމަނީ، ގައުމަށް އެންމެ ރަނގަޅު ގޮތަށް، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ބޯޑުން އާންމުކޮށް ދެ ގޮތަކަށް ކަންކަން ނިންމާ އިރު، ބޯޑުން އަދި ބޯޑު ހިންގުމުގައި އެންމެ އިސްކޮށް ހުންނަ ފަރާތުން ސާކިއުލާތައް ނެރެމުން އަންނަ ކަމަށާއި އަދި އެފަދަ ސާކިއުލާއެއް ނެރުމުގެ ފުރުސަތު ޕީބީސީ އަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތަކާއި އުދާސްތައް އަންނަނީ ލިބެމުން. އަޅުގަނޑު އޮކްޓޫބަރު 4 ވަނަ ދުވަހު އިދާރީ މުވައްޒަފުންނާ މަޝްވަރާ ކުރުމަށްފަހު ކުރިން ވެސް ޕީސީބީން އަމަލުކުރަމުން އަންނަ ގޮތަށް ރިޔާއަތް ކޮށްފައި، ބޯޑުގެ ކޯރަމް ހަމަ ނުވުމާ އެކުގައި އެންމެންގެ މަސްލަހަތު ހިމާޔަތްކޮށް ސާކިއުލާއެއް ނެރުނީ،" އޭނާ ވިދާޅުވި އެވެ.
ފިރާޒް ވިދާޅުވީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު ނެރުނު ސާކިއުލާއާ ގުޅިގެން ކުންފުނިތަކުން ގުޅައިގެން ކަންކަން އޮޅުންފިލުވުމުން އަލުން އިތުރަށް ތަފްސީލުކުރުމަށްފަހު ބުރާސްފަތި ދުވަހު ވަނީ އެ ސާކިއުލާ ފޮނުވައިފަ އެވެ.
ފިރާޒް ވިދާޅުވީ، އާ ޕްރޮޖެކްޓެއް ނުފެށުނު ނަމަވެސް، އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާ، ޕްރޮޖެކްޓެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
- ކުންފުނިން އާންމުކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި އިތުރު ކަމެއް ނުކުރުން.
- ކުންފުނިން މުޅިން އަލަށް، ނުވަތަ ބޮޑު ހަރަދެއް ކުރަން ޖެހޭ އާ އެއްވެސް ކަމެއް ނުކުރުން
- ކުންފުނީގެ އާމްދަނީއަށް އަސަރު ކުރާނެ ގަވައިދުތަކަށް ބަދަލު ގެނައުން
- ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގަވައިދުތަކަށް ބަދަލު ގެނައުން
- ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސް ބޮޑު ކުރުމުގެ ގަވައިދުތަކަށް އިތުރު ބަދަލެއް ނުގެނައުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެކެކެކެކެ
12 October 2023
ނިމެނީ ބުރޯ! ކޯރަމް ހަމަކުރަން މަޖުލީ ހައް މިމުއަށް ސަސާއަށް މެމްބަރަކު ނުލެވުނު! ވޯޓު ހޯދަން ދެންވެސް އަންނަން ޖެހޭނީ ސަލާމް ޖަހަން އޭރު ނީންނާނެ ތި ކޮމެޓީގެ ވަރުގަދަ ގޮނޑި އެއް!
ޖިލް
12 October 2023
އެސްއޯއީ ކޮމިޓީގެ މުގައްރިރަކީ އީސަ. ސާބަސް ދިވެހިންނަށް .
ހަމީދު82
12 October 2023
ޕީސީބީ މިނިވަންވީ ކޮން އިރަކު؟
1206
12 October 2023
ރައްޔިތުންގެ މަޖިލިހާ ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވޭ. މިހާރު މަޖިލިސްގެ ކަންކަން މި އޮތީ ހައްދު ފަހަނަ އަޅައިފައި.
އާފް
12 October 2023
ތިއީސަޔަކައް އެނގޭނީ މީސްމީހުންގެ ދިރިއުޅުން ވިއްސިވިހާލިކޮއް އާއިލާ ބިކަކޮއްލަން އިލްމެއް ގާބިލުކަމެއްނެތް ބޮޑު ޖާހިލެއް
ދޮން
11 October 2023
ތިޔަތާ ތިބީ ދުވަހަކު ވިޔަފާރިއެއް ކުރި އަދި ކަމުގެ ތައުލީމް ހުރި ބަޔެއްނޫން ، ބޮޑު މުސާރަ ނަގައިގެން ދަތުރުކޮށް ސޯސަލް މީޑިޔާއަށް ލައި އުޅޭ ކުޑަ ކުދިން ކޮޅެއް ،
އަލީމްގެ
11 October 2023
އީސަމެން ބޮޑުތަނުން ބަލިވީމަ، ބޯޑުގެ ކޯރަމް ހަމަކޮށް ނުދީ ކޮންހާ ބޭކާރު ވާހަކައެއްތަ؟ މިއީ އެއްކަލަ ގެވެށި އަނިޔާކުރި ރަހުމެއް ނެތް އީސަތަ؟
ގަފޫރުބޭ
11 October 2023
އަންނަމަޖިލިސް އިންތިޚާބު ވެސް ދާނީ ތިފާޑަށް އުޅެގެން ހަމަ ތޮޅިޔަށް. މާފޮނުއަރުވާނެކަމެއް ނެތް.
އިންޑިޕެންޑެންޓު_ޕީސީބީ
11 October 2023
ބަލަ ކުއްލިއަކަށް ޕީސީބީ މިނިވަން ތަނަކަށް ވީބާ؟ ޕީސީބީ އަކީ ސަރުކާރުން ބޭނުންވާ މުޖްރިމުން ސަރުކާރު ކުންފުނި ތަކަށް އައްޔަންކުރާ މުޖްރިމް ބޮޑީއެއް. ހެޔޮ އޮންލައިން ސެޓްފިކެޓެއް އޮތަސް ޝަރުތު ހަމަވާކަމަށް ބަލައިގެން ބޯޑުތަކަށް އައްޔަން ކުރަމުން އައީ. ކުންފުނިތަކުގަ ހިންގާ ކޮރަޕްޝަން ތަކަށް ލޯމަރައިގެން ތިބޭ ބޮޑީއެއް. ދަޑިވަޅުބަލާފައި ޕީސީބީ ވެސް މިވަގުތު މާ އިންޑޕެންޑެންޓު ވެގެން އެ އުޅެނީ. އާ ސަރުކާރުގެ ރުހުން ހޯދާ މަގާމު ކަށަވަރުކުރަން.
އޮނަރަބްލް އަފީފު ދީދީ
11 October 2023
ވެރިކަމުގައި ހުންނެވިމީހާ "ރައްޔިތުންނަށް ކަންކަން ކޮށްދޭހިތުން" ދައުލަތުގެ ކުންފުނިތަކުގެ ޕެޓީކޭޝް އެތަބްތަނުގެ މުވައްޒިފުންގެ އަންބޮނޑިއަށް ލައިގެން އުޅުނު އިރުވެސް ހުންނެވީ އެއްޗެއް ވިދާޅުނުވެކަން ރައްޔިތުނަށް އިގޭ. # އަދި ވެރިކަމުގެކުރީކޮޅު ވިދާޅުވި ކޮންމެވެސް ޓޮލަރެންސެއްގެ މަތިން ހަދާންނައްތާލަން ޖެހުނީވެސް ފެނަކަ ސައީދު އާއި ވަޑި މޫކޭގެ ކުންފުންޏާއި ވެމްކޯ ހިންގާލަންވެގެންކަން އެންމެންދެނަހުރި. އީސަ ވެސް ތިއުޅެނީ އެކަމަށް މަގުފަހިކޮށްދޭން.