ބިދޭސީންތަކެއް ވެކްސިން ޖަހަން ކިއުގައި މަޑުކޮށްލައިގެން.-- ފައިލް ފޮޓޯ: މިހާރު
12 އޮކްޓޯބަރ 2023 - 12:43
ޕެންޝަންގައި ބައިވެރިވެފައިވާ ބިދޭސީން ރާއްޖެއިން ފުރައިގެން ދާން ނިންމާ ހިސާބުން ފައިސާ ހޯދަން ހުށަހެޅޭ ގޮތަށް ގަވައިދު ބަދަލު ގެނެސްފި އެވެ.
އެ ސްކީމްގައި ބިދޭސީ މުވައްޒަފުން ބައިވެރިވުމާއި ސްކީމްގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާ ބެހޭ ގަވާއިދުގައި ބުނީ ޕެންޝަނުގެ އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފަކު ދާއިމަށް ރާއްޖެ ދޫކޮށް ދާން ނިންމައިފި ނަމަ، އެ މުވައްޒަފަކު ރާއްޖެ ދޫކޮށް ދާން ނިންމާ ހިސާބުން ފެށިގެން ފައިސާ ހޯދަން ހުށަހެޅިދާނެ ކަމަށެވެ.
ގަވައިދު މީގެ ކުރިން އޮތް ގޮތުން ނަމަ ޕެންޝަން ފައިސާ ހޯދަން ހުށަހަޅަން ޖެހޭނީ ފުރައިގެން ދިއުމުގެ ތިން މަސް ކުރިންނެވެ.
ޕެންޝަން ނަގާފައިވާ ބިދޭސީ މުވައްޒަފަކަށް ދެ ވަނަ ފަހަރަށް ވެސް އެ ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ގަވައިދުގައިވެ އެވެ. އެކަމަކު، އެފަދަ މުވައްޒަފެއްގެ ރިޓަޔަމަންޓް ސޭވިންސް އެކައުންޓުން ދެ ވަނަ ފަހަރަށް ފައިސާ ދޫކުރާނީ އެ މީހަކަށް 65 އަހަރު ފުރުމުންނެވެ.
ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރާނީ ރުފިޔާއިންނެވެ. އެ ފައިސާ ޖަމާކުރާނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ.
ޕެންޝަން އޮފީހުގެ ގަވައިދުގައި ބުނީ ބިދޭސީ މުވައްޒަފަކު މަރުވެއްޖެ ނަމަ އެ މީހެއްގެ ޕެންޝަން އެކައުންޓަށް ޖަމާވެފައި ހުރި ފައިސާ ހޯދުމަށް އެ މީހެއްގެ ވާރިސުންނަށް ހުށަހެޅޭނެ ކަމަށެވެ. އެގޮތަށް ހުށަހަޅާއިރު ވާރިސުންނަކީ ކޮން ބައެއްކަމާއި އެ މީހުންނަށް ޕެންޝަން ފައިސާ ހައްގުވާ ކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް ޕެންޝަން އޮފީހަށް ހުށަހަޅަންޖެހެ އެވެ.
ބިދޭސީ މުވައްޒަފުން ޕެންޝަނުގައި ބައިވެރިވުމަކީ އެ ވަޒީފާ ދީފައިވާ ފަރާތެއްގެ އަމިއްލަ އިހުތިޔާރަށް ދޫކޮށްލާފައިވާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހީންނަށް މިފައިސާ ނުދެނީ ކީއްވެ؟
13 October 2023
ދިވެހިންނަކީ ދައުލަތަށް ބަލަދު އަރާ މީހުން. ޕެންޝަން ފަނޑުން މީހުންގެ މުސާރައިގެ ބައެއް އިންވެސްޓް ކޮށްގެން ހޯދާ ލާރި މިއަދު ދިނީމަ މުސްކުޅި ވާ ދުވަހު ޕެންޝަަން ދޭން ޖެހެނީ ދައުލަތުގެ ހަރަދުގަ، އެހެން މީހުން އަތުން ބޮޑު ޓެކްސް ނަގާފަ. ބިދޭސީ މުސްކުޅިވާ ދުވަހު ފުރުވާލެވޭ
ދިވެހިން މަގުމަތީ
27 December 2023
މަސައްކަތެށް އުމުރުން ދުހަކު ނުކުރިޔަސް 65 އަހރު ވީމަ 5000 ، މުޅިއުމުރު ދައުލަތަށް ހިދުމަތް ކުރީމަވެސް 65އަހަރު ވީމަ 5000 ، ކިހާ އަންސާފުވެރި ޕެންޝަން ސްކީމެއް
ހަސަދު
12 October 2023
ބިދޭސީން މިސްކީމުގައި ތިބެވިގެންވެސް ނުވާނެ.
ދިވެހިނ
12 October 2023
ކޮންޓެކްްޓް ކޮށްގެން ވަޒީފާތަކަށް ގެންނަ މީހުންނަށް ދައުލަތުން ފައިސާދޭގޮތަށް ޕެންޝަން ފަންޑުދިނުމަކީ ޤަބޫލު ކުރެވޭ ކަމެއްނޫން.
ދައުލަތުން ދޭ ޕެންޝަން އާ ފަނޑުން ދޭ ޕެންޝަން ތަފާތު
13 October 2023
މި ފައިސާ އަކީ ޕެންޝަން އޮފީހުން ބިދޭސީ މީހާގެ ލާރި އިންވެސްޓް ކޮށްގެން ހޯދާފަ ހުރިލާރި
ޢިހްސަަސް
12 October 2023
އަހަރެމެންނަށްވެސް ޙައްޖަށް ދެވޭ ވަރަށް ފައިސާ ޕެންޝަން އެކައުންޓުގައި ހުރިނަމަ ދޫކޮށްދީ.
މާވަޑި
12 October 2023
ކިހިނެއްވެތޯ ދިވެހިންނަށް ޕެންސަންފަންޑުން ލާރި ނުނެގެންވީ. ގެހަދާން ލޯނުދައްކަން ކިޔަވަން. ބަލިބައްޔަށް ބޭސްކުރަން މިކަންތަށްތަކަށް ފައިސާނެގޭނެގޮތެއްބޭނުން
ނޭނގޭ މީހާ
12 October 2023
އަބްޑޫޅް ހާދަ މޮޅޭ. ޗީޓް މީ ޕްލިީޒް
ކޮރަލް
12 October 2023
ރާއްޖޭގަ ބިދޭސީންގެ ހައްގުތައް ވ ގިނަ އެވެ. ވޯކްޕާމިޓް ކާޑް އަދި ވިސާ ނުދައްކާ ނަމަ ފުލުހުން އަދި ކޯޓުތަކާ ސަރުކާރަށްވެސް ފިޔަވަޅެއް ނޭޅޭނެ އެވެ. ވަޒީފާ އަދާ ކޮށް ވިޔަފާރިވެސް ކުރަން ވީ އެވެ. ފުލުހަށް ގެންދިޔައަސް 24 ގަޑި އިރު ތެރޭ ދޫކޮށްލާނެ އެވެ.
އަބްޑޫޅް +
12 October 2023
"އެ ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް"، މި ލިޔުމަށް އިގިރޭސި ބަހުން ކިޔަނީ "ޕްރޯބޭޓް". ދިވެހީން، ބަހުގެ ގޮތުންނާއި ގާނޫނީ ގޮތުން އަދި ތަސޮއްރަފު ނުފުދޭތީ، "ޕްރޯބޭޓް" އަކީ ދިވެހީންނަށާއި ދިވެހި ލޯޔަރުންނަށާއި ދިވެހި ޕުރޯފިސޮރުންނަށް، މިހާތަނަށް އެގިފައި ނުވާ އެއްޗެއް. ކެތްކޮށްލާ. އަދި ކެލޭމެން މިކަހަލަމިކަހަލަ ކަންކަމުން ތަސޮއްރަފު ފުދޭނެ.
އޮނަރަބްލް އަފީފު ދީދީ
12 October 2023
ބަންޑާރަ ނައިބް ލަފާދެއްވިތޯ ބޭރުޤައުމެއްގެ ކޯޓު ޙުކުމްގެ މައްޗަށްބުރަވެ ރާއްޖޭގެ ޝަރުއީކޯޓެއްގެ ބައިވެރިވުންނެތްގޮތަށް އެވިދާޅުވާޙުކުމް އަމިއްލައަށް ތަންފީޒުކުރަން ޕެންޝަން އޮފީހަށް ބާރުދޭން!! އޭގައި އޮތީ "ބިދޭސީ މުވައްޒަފަކު މަރުވެއްޖެނަމަ ޕެންޝަން އެކައުންޓުގައިހުރި ފައިސާ ހޯދަން ވާރިސުންނަށް ހުށަހެޅޭނެކަމަށާއި ހުށަހަޅާއިރު ވާރިސުންނަކީ ކޮން ބައެއްކަމާއި އެގައުމެއްގެ ކޯޓަކުން ކޮށްފައިވާ އަމުރެއް ޕެންޝަން އޮފީހަށް ހުށަހަޅަންޖެހެ" ކަމަށް!؟
އަލީބެ
12 October 2023
އެހެންވީމަ މިބުނަނީ މީބޭރުމީހުންގެ ރާއްޖެ އެކޭ. ދިވެހިން މަރުވެދާއިރު ނުލިބޭ
ހޫނ
12 October 2023
65 ވީމަ ލިބޭ މިހާރުވެސް.