17 އޮކްޓޯބަރ 2023 - 09:33
ދިވެހި ބަހުން ފަސޭހައިން ދޭހަވާނެ ގޮތަށް، ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރު ފޮތެއް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވައި މިއަދު އެ ފޮތް ނެރުއްވައިފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ދިމާކޮށް ނެރުއްވި "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު" ފޮތަކީ މަހާޒް ލިޔުއްވަން ފައްޓަވާފައިވާ ތަފްސީރުގެ ފުރަތަމަ ވޮލިއުމެވެ. މަހާޒްގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި 444 ސަފްހާގެ މި ވޮލިއުމް ނުވަތަ ބަޔަކީ މީގެ ހަ ވޮލިއުމްގެ ތެރެއިން ފުރަތަމަ ވޮލިއުމެވެ. މުޅި ތަފްސީރު ނިމޭނީ ޖުމްލަ ހަ ވޮލިއުމުން ކަމަށާއި ކޮންމެ ވޮލިއުމެއްގައި ގުރުއާނުގެ ފަސް ފޮތް ހިމެނޭނެ ކަމަށް ލިޔުއްވާފައިވެ އެވެ.
ބްލޮގްގައި މަހާޒް ވިދާޅުވެފައިވާ ގޮތުގައި މިއީ 2015 ވަނަ އަހަރު އޭނާ ފެއްޓެވި މަސައްކަތެކެވެ. އެއީ މަހާޒްގެ ކޮއްކޮ ނިހާޒް ގުރުއާން ތަރުޖަމާއާ އެކު ނެރުނު މޯބައިލް އެޕް "ގުރުއާން އެމްވީ" ގައި ހިމެނި ތަރުޖަމާއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނާއި އެކި ފަރާތްތަކުން ލިބެމުން ދިޔަ ހިޔާލާއި ޝަކުވާތަކާ ގުޅިގެންނެވެ.
"މި ހިޔާލުތަކުން ފާހަގަވީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތަރުޖަމާގައި ހުރި އެކި ކަހަލަ އައިބުތަކެވެ. މި ހިޔާލުތައް ލިބެން ފެށުމުން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އިސްލާހުކޮށް މުރާޖައާ ކުރުމުގެ ހިޔާލު އައެވެ. އަދި ކީރިތި ޤުރުއާނުގެ އައު ތަރުޖަމާއެއް ދިވެހިންނާ ހަމައަށް ގެނެސް ދިނުމުގެ ހިޔާލު ވެސް ކުރެވުނެވެ." މަހާޒްގެ ބްލޮގުގައިވެ އެވެ.
އެކަމަކު ކީރިތި ޤުރުއާނަކީ ހަމައެކަނި ލަފުޒީ ތަރުޖަމާއަކުން ފުއްދައިލެވޭނެ އެއްޗެއް ނޫންކަމުގައި ވިސްނެން ފެށުމުން އާޔަތްތަކުގެ މާނަ ގެނެސް ދިނުމުގައި ކޮންމެވެސް ވަރަކަށް އާޔަތުގެ ތަފްސީރު ގެނައުމުގެ މުހިންމުކަމާ އެކު ހުލާސާ ތަފްސީރެއް ލިޔަން ނިންމެވީ ކަމަށް މަހާޒް ވިދާޅުވެފައިވެ އެވެ.
މަހާޒް ވިދާޅުވި ގޮތުގައި އޭނާ މި ފޮތް ލިޔުއްވުމުގައި، ސައޫދީ ސަރުކާރުން ޝާއިއު ކޮށްފައިވާ، "އައްތަފްސީރުލް މުޔައްސިރު" އާއި "އަލްމުޚްތަޞަރު ފީ ތަފްސީރިލް ޤުރާނިލްކަރީމް" އަށް ބަރޯސާވުމާ އެކު ކަޘީރުގެ ތަފްސީރާއި ތަފްސީރު ޤުރުޠުބީ ފަދަ ތަފްސީރުތައް ވެސް އެކި މައުލޫއުތަކުގައި ބަލާފައި ވާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ތަފްސީރު ތަފާތުވަނީ ކޮންމެ އާޔަތެއްގެ ތަފްސީރު ފަރުވާތެރިކަމާ އެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދީފައިވާތީ އެވެ.
"ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ އިބާރާތް ބޭނުން ކުރުމަށް ބާރު އެޅީމެވެ. ލިޔުމުގައި ދެތިން ތަންކޮޅެއްގައި މެނުވީ މުޅިން ވެސް ބޭނުން ކޮށްފައި ހުންނާނީ ތާނަ އަކުރެއެވެ. އަރަބި ލަޒުފުތައް ލިޔެފައި ހުންނާނީ ތިކިޖެހި ތާނައިންނެވެ. މިއީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ތަފްސީރު ބޭނުން ކުރުމުގެ ފަސޭހައަކަށެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ވެސް މެއެވެ." މަހާޒް ވިދާޅުވި އެވެ.
މި ފޮތް މާލެ އާއި ހުޅުމާލޭގެ ނޮވެލްޓީ ބުކްޝޮޕުން މިހާރު ލިބެން ހުންނާނެ އެވެ. އަގަކީ 390ރ. އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯގެޔާ، ދިވެހިން ހީކޮށްގެން ތިބީ.......
17 October 2023
ދިވެހިން ހީކޮށްގެން ތިބީ މި ޤައުމުގައި ކިޔަވައިގެން ހުރީ ޑރ. މުޢިއްޒު ކަމަށެވެ. އަދި ކިރިޔާ މިއެނގުނީ އެނޫނަސް މޮޅެތި ޒުވާނުން އެބަތިބިކަން! އެހެންވީމައި މުޢިއްޒަށްފަހު، މަހާޒް ތޯއްޗެ! ނަމުގައި ވެސް އެއްގޮތް ކަމެއް އެބަހުރެއެވެ.
ނާނުުބެ
17 October 2023
މަހާޒުއަކީ ކުޅަދާނަ ބޭފުޅެކެވެ. އިލްމީ ބޭފުޅެކެވެ. މުރާލި ބޭފުޅެކެވެ. ވަރަށް މުރާލިވެގެން ނޫނީ މިފަދަ މަސައްކަތަކެއް ކޮށް ނިއްމާނުލެވޭނެކަން ޔަގީނެވެ. އުންމީދު ކުރަނީ ދެން އޮތް 5 ބައި ވެސް ﷲ ވާގިފުޅާއެކު ނިންމައިދިނުމެވެ. ކާމިޔާބީއަށް އެދެން އަދި ދިވެހިންނަށް ހެޔޮވިސްނުން ދެއްވައި ހެޔޮކަންކަން ބަލައިގަންނާނެ ބަޔަކުކަމުގައި ދިވެހިން ލެއްވުމެވެ.
ދިވެސް
17 October 2023
އަހަރެމެން ދިވހިންނަށް މިތިބީ ކިހިނެތްވެފަ ބާއޭ ހިތަށް އަރާ ކޮމެންޓުތައް ކިޔާލުމުން. މީހަކު އެތަކެއް ބުރަމަސައްކަތެއް ކޮށް (އަމުދުން ވަގުތު ހޭދަކޮށްގެން) ދިވެހި މިމުޖުތަމައުއަށް ދޫކޮށްލާ މިކަހަލަ މަސައްކަތަށްވެސް މިޖަހަނީ ހަޖޫއެވެ. ތިމާމެން މިފަސްގަނޑަށް ކޮށްނުދޭ މަސައްކަތެއް އެހެންމީހަކު ކޮށްދިނުމުން އެކަމަށް ޝުކުރުވެރި އެއެއްޗެއް ކިޔާލުމަށް ވަގުތު ދޭންވީނޫންހެއްޔެވެ.
މައިކިޔާކަރޫ
17 October 2023
ތަފްސީރުއިލްމު ކިޔަވާތާ 10 އަހަރުވީއިރުވެސް ފޮތެއް ލިޔެވޭވަރަށް އެއްޗެއް ނޭގިގެން މަ މިއުޅެނީ. ޔުނިވަރސިޓީ ދޫކޮށްފަ ފަނޑިޔާރު ކައިރިޔަށް ދާންމިޖެހުނީ
ނައީމާފާނު
18 October 2023
އަސްލު ވިސްނާލަން ޖެހޭ ކަމެއް. މިސްރާއި ސައޫދީން ކިޔަވައިގެން އަންނަ ކުދިންގެ ކިބަޔަކު ނުހުރޭ ކުރީ ޒަމާނު އުޅުނު އިލްމިވެރިންގެ ހުންނަ ފެންވަރު. ފޮތް ލިޔާ މީހަކު ނެތް. މީހުން އިތުބާރުކުރާ މީހަކު ނެތް
މުރަނގަގަސްދޮށުމާލިމީ
17 October 2023
މަވެސް މިއުޅެނީ ރޮކެޓް ސައިންސާބެހޭ ފޮތެއް ލިޔަން. އެންމެންވެަް އެފޮތް ގަންނަންވާނެ.
ޝުމޮން
17 October 2023
ޔަހޫދީން އުޅޭގޮތެއްތީ. މަޖަލެއްނޫން.
ވަން މޯ
18 October 2023
ޝުމޮން ތިއުޅެނީ އަރަބިން އުޅޭގޮތަށް، އެއްވެސް މަޖަލެއް ނޫން
އައިމިނާ
17 October 2023
ވ.ޝުކުރު. މި ފަދަ ފޮތެއް ނެރުއްވީތީ.
އައިމިނާ
17 October 2023
ޚުލާސާކޮށް ވީމަ ފަސޭހަވާނެ. ބަލާނަން ލިބޭތޯ. ވަރަށް ބޮޑަށް ބޭނުންތެރި ފޮތެއް.
ރަމަ
17 October 2023
އެކިއެކި ދީނީ ޢިލްމުވެރިން ދިވެހި ބަހުން ލިޔެނެރުއްވި ޤްރުއާން ތަފްޞީރު މިހާރުވެސް ރާއްޖޭގައި މަދެއްނޫން އަދި ދުނިޔޭގެ އެކިޤައުމިތަކުން އެޤައުމެއްގައި ވާހަކަދައްކާ ބަސްބަހުން ނެރެފައިވާ މިފަދަ ފޮތްތައް އަދިމާގިނަ ފޮތުގެ ބޭރުގައި ޖަހާ ނަމަށް ކުދިކުދި ބަދަލުގެނެސް މިނެރެނީ ހަމަ އެކައްޗެއް.
ރަމަލު
17 October 2023
ތެދު ވާހަކައެއް. ގުރުއާނުގެ އާޔަތްތަކާއި އެއާޔަތްތަށް ބާވައިލެއްވި ސަބަބުތަށް ބަދަލުނުވާތާ 1400 އަހަރު ވެއްޖެ. އެހެނަސް އެކި ޒަމާނުގަ އުޅޭ އެކިބަސް ބަހުން މޮށޭ މީހުންނަށް ފަހުމު ވާގޮތަށް ތަފްސީރު ލިޔެވިދާނެ.
އެނގޭމީހާ
17 October 2023
އަޅެ ބުނެލަބަލަ ތިޔައިން 3 ތަފްސީރުގެ ނަން
އިއްޒަތު
17 October 2023
ޤްރުއާނުގެ ތަފްޞީރެއް އަލްއަޒުހަރު ޔުނިވަރސިޓީން މީގެ 15 ވަރަކަށް އަހަރުކުރިން ކިޔަވާވިދާޅުވެ ނިމުނު ދިވެހި ދަރިވަރުންތަކެއްވަނީ ލިޔުއްވާ ޗާޕްކޮށް ނެރުއްވާފަ އެފޮތްތައް ދިވެހިރާއްޖޭގެ ރަށްރަށަށް ބެއްސެވީހިލޭ! މީ އަނެއްކާ ކޮންއާކަމެއް ހިމަނައިގެން ލިޔެނެރުއްވި ތަފްޞީރެއްބާ!
ވަސްވަނދު
17 October 2023
ކޮބާ ތިޔަ ތަފްސީރު؟
މޫސަބެެ
23 November 2023
އަހަރެމެން ނުދެކެން ތިޔަބުނާ ފޮތެއްް.
ޢިލްމު
17 October 2023
ޤުރުޢާނުގެ ތަފްސީރަކީ ކޮންމެ ކޮންމެ މީހަކަށް ލިޔެވޭނެ އެއްޗެއް ނޫން، އެވަރުގެ ޢިލްމެއް ކޮންމެ ކޮންމެ މީހެއްގެ ކިބައިގައި ނުހުންނާނެ. ތިމާއަށް ވިސްނޭގޮތް ފޮތުގައި ލިޔެފައި ނެރުމަކީ ނުރައްކާތެރިކަމެއް. ބޮޑެތި ޢިލްމުވެރިންގެ ތަފްސީރު ފޮތުގައި ވެސް ލިޔެފައި ހުންނަނީ އެތަކެއް ދަލީލިލުތަކެއް ގެނެސްފައި އެ ބޭފުޅުންނަށް ވިސްނޭގޮތް ހާމަކުރުމަށްޓަކައި.
ބިސްރިހަ
17 October 2023
ރަނގަޅު ވާހަކައެއް. ފަނޑިޔާރުކަމަކީވެސް ހުރިހާ އެންމެނަކަށް ކިުރެވޭނެކަމެއް ނޫން. އަރަބި ބަސްވެސް އެނގެނީ މަދުބަޔަކަށް.
ސަލީމު އިދުރީސް
17 October 2023
ދެއްތިބުނާ ވަރު މީހެއް ފާހަގަ ކުރާނީ ކިހެނެންތޯ ކޮންމެ މީހަކުވެސް ހުންނާނީ އެމިހެއްގެ އަމިއްލަ އައް ވިސްނޭ ގޮތްނޫންތޯ؟ އަޅުގަނޑު ކުރިމާތީގަ ނުހިގާކަމެއް ގަބޫލުކުރާނީ ބުއްދީގެ ހަމަތަކުން ގަބޫލު ކުރެވޭވަރު ކަމެއް