ޕަރިނީތީ ރާއްޖެ އައިސް އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓުކުރި އޭނާގެ ފޮޓޯއެއް.
18 އޮކްޓޯބަރ 2023 - 07:01
މިފަހުން ކައިވެނިކުރި ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ޕަރިނީތީ ރާއްޖެ އައީ މިދިޔަ ހޯމަ ދުވަހު އެވެ. ބައެއް މީހުން ހީކުރީ އޭނާ ރާއްޖެ އައީ ކައިވެންޏަށް ފަހު ހަނީމޫނަށް ކަމަށެވެ. އެކަމަކު، ކަންތައް ވީ އެހެނެއް ނޫނެވެ.
އޭނާގެ އިންސްޓަގްރާމްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އޭނާ ރާއްޖެ އައީ ހަނީމޫނަށް ނޫން ކަމަށާއި މިއީ "ގާލްސް ޓްރިޕް"އެއް ކަމަށެވެ.
ޕަރިނީތީގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއް.
ޕަރިނީތީ އޭނާގެ އެންމެ ގާތް ރައްޓެހިންނާއި އާއިލީ ގޮތުން ވެސް އެންމެ ގާތް މީހުންނާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ވޮލްޓޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގަ އެވެ.
މި ދަތުރުގައި އޭނާ ނަގާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި އަންނަނީ ހިއްސާކުރަމުންނެވެ.
ޕަރިނީތީ އާއި އިންޑިއާގެ ސިޔާސީ ލީޑަރެއް ކަމަށްވާ ރަގަވް ޗާދާ ކައިވެނިކުރީ މިދިޔަ މަހު 24 ގަ އެވެ. އެމީހުންނަކީ ކޮލެޖުގައި ކިޔެވި ދުވަސްވަރުން ފެށިގެން ވެސް ރައްޓެހިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
19 October 2023
ކީއްވެތަ ވަލްޑޯފް އެސްޓޯރިއާ ކަހަލަ ތަންތަނައް މިކަހަލަ ސީ ގުރޭޑު މީހުން ސްޕޮންސާކޮއްގެން ގެންނަނީ.... ކުރީ ދުވަހަކު މީނަ އުޅުނު ޕެރަޑައިސް ރިސޯޓައް ގެނެސްގެން....
ބަރުބާދު
18 October 2023
ހަނީމޫނައްގޮސް ވަކިކުރާނެ އާކަމެއްނެތިއްޔާ ވާނީތިހެން.!!!!
ޕަރުނިތީ
18 October 2023
ރާއްޖެ އައިފަހުން ހަނީމޫނު މަތިން ހަނދާންވީ! ހަނީމޫނު ކަންތަކާއި އެ ކޮޅަށް ދެވުނީމާ ވިސްނާނަން
2023
18 October 2023
ޕަރީ އޮޅުވާލީ ފިރިމީހާއަށް..... ބޮއިހަލަކި