ވިޔަފާރި

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ފާސްކުރަން މަޖިލީހަށް ހުށަހަޅައިފި

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ބަޖެޓަށް އިތުރު 6.5 ބިލިއަން އިތުރު ކުރަން މަޖިލީހަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މަޖިލިސް

މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރަން އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން ރައްޔިތުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މިއަހަރު ދައުލަތުގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.

ބަޖެޓަށް އިތުރު ކުރަން ހުށަހެޅި އަދަދުތަކުގެ ތަފްސީލު

- ޖުމްލަ ރިކަރަންޓް ހަރަދު: 3.1 ބިލިއަން ރުފިޔާ

- ކެޕިޓަލް ހަރަދު: 3.3 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން ރިކަރަންޓް ހަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރާނެ އެވެ. އަދި އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅާފަ އެވެ. އާސަންދައަށް އިތުރު ކުރި 1.2 ބިލިއަން ރުފިޔާއާ އެކު އާސަންދައަށް ކުރާ ހޭދަ 2.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.

ކެޕިޓަލް ހަރަދު އިތުރު ކޮށްފައިވަނީ ޕީއެސްއައިޕީއަށް ކުރާ ހޭދަ އިތުރުވުމުންނެވެ. އަލަށް ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރެއިން ޕީއެސްއައިޕީއަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ބަޖެޓަށް އިތުރުކުރި 6.5 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ރިކަރަންޓް ހަރަދު 31.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.

މިދިޔަ އަހަރު ވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އިތުރު 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ. ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރުން ފެށިގެން އަހަރުގެ މެދު ތެރެއިން އަންނަނީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަމުންނެވެ.

ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ނ. ގައި ބުނާގޮތުން މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީޙުން ފާސްކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބަޖެޓުން ހަރަދު ކޮށްގެން ނުވާނެ އެވެ. އަދި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ބޭނުންވާނަމަ، އެއް މަސް ދުވަސް ކުރިން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް މާލިއްޔަތު ގާނޫނުގައި ބުނެ އެވެ.

މިއަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މި މަސް ނިމުމުގެ ކުރިން ސަރުކާރުން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.

17 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2222

19 October 2023

މިއީ ކެމްޕެއިނަށް ކޮށްލި ބޭކާރު ކަންތައްތަކުގެ ނަތީޖާ.

The name is already taken The name is available. Register?

ޑިމޮކްރަސީ

19 October 2023

ތަންދޮރު ނުދަންނަ މީހުން ވެރިންނަށާއ ވެރިންގެ އަރިހުބޭކަލުންނަށާއި ރައްޔިތުންގެ މަންދޫބުންނަށް ލީމަ ވާނެ އެތިވަމުން ތިދަނީ މުޅި ޤަވްމުގަ ހުރިއްޔާ ހުރިހާ އެއްޗަކާ މީހުންނެއްވެސް ތިވަނީ ކުރިއަށް އޮތް 50 އަހަރަށް ދަރަންޏައް އަގުމަގު ކޮށްނިމިފަ

The name is already taken The name is available. Register?

މާމާނު

19 October 2023

މާމަގެ ފައްޓަރުބައި ވިއްކިއަސް ދަރަނި އަދާ ނުކުރެވޭނެ: ދިވެހިން ދާންޖެހޭނީ މަހަށް. މިއީ ހަގީގަތް.

The name is already taken The name is available. Register?

ކައުންސެލަރު

19 October 2023

މިމީހުން (މިނިސްޓަރު) ކައިރީ އަހާބަލަ ކަލޯއަށް ސެޓްފިކެޓު ދިނީ ކޮންތާކުން ކޯއްޗެއް ކިޔެވީމަތޯ؟ އެވަރަށް ލޯނުނަގައިފި، ޓީބިލް ވިއްކައިފި، ފައިސާ ޖެހުން އަތުފަރިތައަކަށް ހަދައިފި، އެވަރަށް ކައިފި. ރައްޔިތުން ނުކުމެ ލޯހުއްޓަ ބޯދުއްވާނުލާކަން ރަނގަޅު

The name is already taken The name is available. Register?

ދިވެހިދަރަނިބޯ

19 October 2023

100 ބިލިއަން ދަރަނި. ދަރިންގެ ދަރިންވެސް އުޅޭނީ ދަރަނިން ސަލާމަތް ނުވެގެން. ޢަދިވެސް ދިވެހިން އުޅެނީ އިންޑިޢާ އައުޓެއްގަ. މުއިއްޒުވެސް އެއީ ހަމަ ސުމެއް. ބަލަ ދިވެހިން އެބަޖެހޭ ހަރުދަނާ ވެރިން ގައުމަށް އިސް ކުރަން. ދިވެހިން އެބަޖެހޭ ހަރުދަނާ ވިސްނުން ގެންގުޅެން.

The name is already taken The name is available. Register?

ފެންސު

19 October 2023

ކަލޭ އަރާބަލަ ވެރިކަމެއް.

The name is already taken The name is available. Register?

ކޮރަލް

19 October 2023

ބޭރުން ލޯން ނަގައިގެންނާ ޓީބިލް ވިއްކައިގެން 5 އަހަރު ދުވަހު ސަރުކާރު ހިންގާލީ އެވެ. ދެން އެފައިސާ ޓެކްސް ތައް ބޮޑު ކުރީމަ ދައްކަން މިޖެހެނީ ރައްޔިތުންނެވެ.

The name is already taken The name is available. Register?

ތުނޑުހަސަނު

19 October 2023

ބަޖެޓް ހުސްވާން ޖެހުނީ ރައްޔިތުންގެ ފައިސާއިން ބަޖެޓް ނުކުރާ ކަންކަމަށް ޚަރަދުކޮށް ހުސްކުރުން. ގޯތި ދިނުމުގެ ނަމުގައި ބިންހިއްކުމަކީ ބަޖެޓުގައި ނެތި ހަމައެކަނި އަމިއްލަ ސިޔާސީ އެދުމެއް ހާސިލުކުރަން ކުރިކަމެއް. ރައްޔިތުންނަށް އެކަން އެނގޭތީ ރައްޔިތުން ވޯޓު ނުދިނީ.

The name is already taken The name is available. Register?

އަބްދޫ

19 October 2023

ފާސްކުރި ބަޖެޓާއި ހިލާފަށް ހަރަދުކުރުން ގާނޫނުއަސާސީ ހުއްދަ ނުކުރާއިރު.މިފަދަ ހަރަދު ބެލެވޭނީ ހިޔާނާތަށް ސަޕްލިމެންޓްރީ ބަޖެޓަށް ނުވެއްދޭނެ.ސަޕްލިމެންޓްރީ ނުވަތަ ބަޖެޓަށް ފައިސާ އިތުރު ކުރެވޭނީ ބަޖެޓް ފާސްކުރި އިރު ކަނޑައެޅުނު އަދަދުން އަހަރުގެ ނިޔަލަށް ނުފުދޭ ކަމަށް ފެންނަނަމަ އެކަން ހަމަޖެއްސިދާނެ.އެކަމަކު ފާސްކުރި އަދަދަށް ވުރެ އިތުރަށް ހަރަދު ކުރިނަމަ ބެލެވޭނީ ހިޔާނާތްވީކަމަށް.

The name is already taken The name is available. Register?

ދަރަނި ދަރަނި

19 October 2023

އަހަރެމެން ގައުމުގެ މިހާރު ދަރަނި އޮތީ 100 ބިލިޔަނުން މަތީގަ. މިފަހުން ހިލޭދޫކޮއްލި ގޯތިތަކަކީ އެންމެ ކުޑަވެގެންވެސް 20 ނޫނީ 30 ބިލިޔަންވަރު. މިދަރަނިތަކުގެ ވަރައް ބޮޑުބަޔަކީ މިތަން ތަރައްގީކުރުމައް ހިގާނެހަރަދައްވާއިރު ކޮބާމީގެ އިންސާފަކީ. އަނެއްކޮޅުން ބޮޑުބިޔަ މަޝްރޫއެއްޖެއްސީމަ ދަރަނިތައް ނަގާ އޭގެ އިންޓަރެސްޓު މިހާރުން ފެށިގެން ދައްކަން ފަށަންޖެހޭނެ އެކަމަކު އެބޮޑުސަރަހައްދުން އެތަންތަން ލިބުނިމީހުންނައްފައިދާއެއްވާނީ އަދި ކޮންދުވަހަކުން.

The name is already taken The name is available. Register?

ދޮން ހަސީނާ

19 October 2023

އިތުރު 5 އަހަރު އިބޫސޯލިހް އަށް ދެވުނު ނަމަ ގައުމުގެ ހާލަތު ވެއްޓޭނެ ހިސާބު ވިސްނަވާ. މިދެންނެވީ އިބޫ އެލާރީގައި ޖެހޭވާހަކައެއް ނޫން. ގައުމު ހިންގަނީ ކައިރީގައި ތިބި ދެތިން މީހަކު. އެއްވެސް ކަމަކަށް އިބޫއަށް ނޫނެކޭ ބުނާކަށް ނުކެރޭ. އޯކޭ، އޯކޭ، މިގޮތްވެސް އޯކޭ، އެގޮތްވެސް އޯކޭ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454