ޚަބަރު / ރައްޔިތުންގެ މަޖިލިސް

ނަޝީދު ވަކިކުރާ މައްސަލަ މާދަމާ އަށް "ޕާކްކޮށް" ދެ ބަޖެޓް ހުށަހެޅުން އެޖެންޑާކޮށްފި

ނަޝީދު މަޖިލީހުގެ ރިޔާސަތުގައި: އިތުބާރު ނެތް ކަމުގެ މައްސަލަ ބާއްވައި، އެޖެންޑާކުރީ ބަޖެޓް ހުށަހެޅުން

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ މި ވަގުތަށް "ޕާކްކޮށް" މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓާއި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުން މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ފޮނުވާފައިވާއިރު، އޭގައި އޮތީ ދެ ބަޖެޓް ހުށަހެޅުން އެކަންޏެވެ. ނަޝީދުގެ މައްސަލަ ނެތެވެ.

އިއްޔެ އާއި މިއަދަށް ވެސް ނަޝީދުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ ސަލާމުގައި ހުންނެވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވުނެވެ.

ނަޝީދު މަގާމުން ވަކިކުރާ މައްސަލަ ދެން އެޖެންޑާ ކޮށްފައި ވަނީ އަންނަ ބުދަ ދުވަހަށެވެ.

މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މާދަމާ އަށް ވެސް ސަލާން ވިދާޅުވެފަ އެވެ. ނަޝީދުގެ މައްސަލަ އެޖެންޑާ ނުކޮށް، ބަޖެޓްގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފައިވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނުގައިވާ ގޮތުން މާދަމާ އަކީ ބަޖެޓް ހުށަހެޅުމަށް ލިބޭނެ އެންމެ ފަހު ދުވަސް ކަމަށް ވާތީ، ބަޖެޓް ހުށަހެޅުން މާދަމާގެ ޖަލްސާ އަށް އެޖެންޑާކުރީ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ. ނޮވެމްބަރު 1 ގެ ކުރިން، ބަޖެޓް ހުށަހަޅައި، އޭގެ މަސައްކަތްތައް މަޖިލީހުން ފަށަން ޖެހެ އެވެ.

މާދަމާ އަށް ބަޖެޓް ހުށަހެޅުން ތާވަލް ކޮށްފައިވާއިރު، އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ މައްސަލާގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ އެވެ. އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާ މައްސަލާގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

15 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

58987

31 October 2023

މޑޕ އަކީ ވަރަށް ގޮތްކުޑަ ބައެއްއުޅޭ ޕާޓީއެއް. މަޖިލީހުގެ ހަމަ އެންމެ ގޮނޑިއެއްވެސް ދޭވަރުގެ ބައެއްނޫން. މޑޕ މެންބަރުންގެ ރައްޔިތުންގެ މެންބަރުންނެއްނޫން. އެމީހުން ކުރާ ހުރިހާ ކަމެއްވެސް ކުރަނީ ހަމައެކަނި ޕާޓީއަށް ފައިދާކުރާގޮތަށް. ރައްޔިތުންގެ މަޖިލީހުގަ ތިބޭބަޔަކަށްވުރެ މޑޕ މަޖިލީހެއް ހިންގާ ބަޔަކާ ވައްތަރުވަނީ. ރައްޔިތުން ނިކަން ވިސްނަންޖެހޭކަންކަން މިހާރު މިފެންނަނީ.

The name is already taken The name is available. Register?

ފދފދ

31 October 2023

މިއީ ރައްޔިތުންގެ މަޖްލީހެއްނޫން. މޑޕ ގެ މަޖްލިސް. ރައްޔިތުން ހަމަހޭގަ 2024 ގަ މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް މޑޕ އަށް ނުދޭތި. ގައުމު ހުއްޓުވާ ރައްޔިތުންނަށް ޖެއްސުން ކުރަންއުޅޭ ބައެއް މޑޕ މެންބަރުންނަކީ.ފ

The name is already taken The name is available. Register?

ޞިލްފް

31 October 2023

އަސްލަމު ދެން ދަތްކުނޑިވިކާފަ ބަޖެޓު ފާސްނުކޮށް ތިބޭ

The name is already taken The name is available. Register?

އެޑަމް

31 October 2023

އެކިކަންކަމުގައި ގަދަދައްކާމީހުންގޮޑިން ބޭލުމަކީ ރައްޔިތުންނައްވަރައްފަސޭހަކަމެއް މިހާރު ގޮޑިންނުފައިބަންތިގަދަހަދާބޭފުޅާއަކީ މިހާރުއެއްފަހަރުރައްޔިތުންނުކުމެގޮޑިންބާލާފަހުރިމީހެއްދެންބާލާފިއްޔާތިވާނީ ރެކޯޑަކައް!ވީމާއެހެންނުވަނީީސްރީތިކޮންފައިބަންީނަސޭހަތްތެރިވަން!

The name is already taken The name is available. Register?

އަލީރާޖާ

30 October 2023

މިއީ ހާދަ ޚުދުމުޚްތާރުކޮށް ހިންގާ މަޖިލިހެކޭ!

The name is already taken The name is available. Register?

ސަސި.

30 October 2023

ގާނޫނު ހަދާ ތަނުގެ ހާލަތު، ދެން ކޮންކަމެއް ރަގަޅުުވާނެކަމަށް އުއްމީދު ކުރަންވީ. އަނެއްކާ ހިތްތިރި ރައީސްއަށް މި ކިޔާ އެއްޗެއް އެނގޭކަމަށް ނަހަދާވީއްޔަ

The name is already taken The name is available. Register?

ހަންނި

30 October 2023

މަޖިލީހުގެ އަމީންއާމް އާއި ކައުންސިލް ޖެނެރަލްގެ މައްޗަށް ދައުވާކުރަންޖެހޭ

The name is already taken The name is available. Register?

އެދުރުބޭބެ

30 October 2023

ދެން މާދަމާ އެމްޑީޕީ މެންބަރުން ބަޖެޓު ފާސްކުރަން އެއްބާރުލުން ނުދިނޭ ކިޔާފަ މައިނޮރިޓީ ލީޑަރ ވަރަށް އަޑުގަދަކޮށް ބަޔާން ވެސް ނެރޭނެ. މިއީ އެމީހުންގެ "ރޫހާނީ ބޮސް" އަޑީގަ ހުރެގެން ކުރުވާ ކަންކަން. މިހާރު ދެން އެންމެފަހުން ކަތިވަޅި ގެއްލި ކޮށި ދަނޑު ގެއްލި މަރިޔަމބު ވެސް ގެއްލެނީ. ދެން އެބޭފުޅާ އަށް އެންމެ ރަނގަޅުވާނީ އާޒިމުމެން ހަސަންކޮމެން ގޮވައިގެން ތާރީޚު ލިއުއްވަން ޕާކުގައި އުޅުއްވިއްޔާ.

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

30 October 2023

ކުޅިވަރުކުޅެފާބަހައްޓާ. ރައްޔިތުން ގޮތްނިންމާގޮތް މިހިރަ ބޯމަތިވެގެން އަންނަނީ.

The name is already taken The name is available. Register?

ބާބް

30 October 2023

ބަޖެޓަކީވެސް މަޖުލީހުގެ ގަވައިދުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަމެއް. އެކަމަކު ވަކި ކަމެއް ނޫނިއްޔާ ގަވައިދެއްގައި އޮންނަ ކަމަކަށް މިމީހުންނަކަށް ނުވޭ. މިއީ އަޖައިބެއް ކަހަލަ ކަމެއް ނޫންތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454