ޚަބަރު / ހދ. މަކުނުދޫ

ބަނދަރުގައި ގޮވީ ވެލްޑިން ކުރަން ބޭނުންކުރާ ގޭސް ފުޅިއެއް: ކައުންސިލް

ގޮޮވުމުގެ ސަބަބުން އިމާރާތެއްގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައި

ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުއްޓާ އިއްޔެ ގޮވީ ވެލްޑިން ކަހަލަ މަސައްކަތްތަކަށް ބޭނުން ކުރާ ގޭސް ފުޅިއެއް ކަމަށް ހދ. މަކުނުދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ގޭސްފުޅި ގޮވައި ދެ މީހުން ވަގުތުން ވަނީ މަރުވެފަ އެވެ. އިންޑިއާގެ އެ ދެ މީހުންގެ ހަށިގަނޑު އޮތީ ސިފަ ދެނެނުގަނެވޭ ވަރަށް ފިހި، އަދި ހަށިގަނޑުގެ ބައިބައި ވެސް ވަކިވެފަ އެވެ.

ހަވީރު 4:15 ހާއިރު ހިނގި ހާދިސާގައި މަރުވީ މަކުނުދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ ކޭއެސްއާރު ކުންފުނީގެ ދެ މުވައްޒަފުންނެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބިގް ފިޝް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. ކޭއެސްއާރަކީ ސަބް-ކޮންޓްރެކްޓަރެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް "މިހާރު" އަށް ވިދާޅުވީ ބާރުގަދަ އަޑާއެކު ގޮވާފައިވަނީ މަސްމާރުކޭޓުގައި އިރުދެކުނު ކަނުން 10 ވަރަކަށް ފޫޓު ދުރުގައި ބަހައްޓާފައި ހުރި ވެލްޑިން ފަދަ މަސައްކަތްތަކަށް ބޭނުންކުރާ ގޭސް ފުޅިއެއް ކަމަށެވެ. ފުލުހުންނާއި ސިފައިން ގުޅިގެން އެ ހާދިސާ ތަހުގީގުކުރާތީ އޭގެ އިތުރު ތަފްސީލެއް ކައުންސިލުން ނުދެ އެވެ.

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވި ހާދިސާގައި ބަނދަރުގައި ހުރި އިމާރާތެއްގެ ސީލިންގު ވެއްޓިފައި.--.ފޮޓޯ: އަބްދުލް ހަމީދު މުހައްމަދު

އެކަމަކު، އައުޒަމް ވިދާޅުވި ގޮތުގައި އެ ގޭސް ފުޅި މަކުނުދުއަށް ގެންދިޔަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް، އެ ފުޅި ގޮވުމާ ހަމައަށް ބަހައްޓާފައި ހުރީ ބަނދަރުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީ ދުވަހެއްގައި ބަނދަރު ސަރަހައްދުގައި މަސައްކަތެއް ކުރިއިރު އެ ތަނުގައި ނެތް މި ފުޅިއެއް. އެހެންވެ، އޭތީ ގޮވީ އެ މީހުންގެ ސައިޓަށް މޫވްކުރަން އެތަނަށް ގެންގޮސްފައި ހުއްޓާ ނުވަތަ އެ ސިލިންޑަރާ ޖެހިގެން ހުއްޓާ ކަމަށް ބެލެވެނީ،" އައުޒަމް ވިދާޅުވި އެވެ.

ހަވީރު ގަޑީގައި ބަނދަރު ސަރަހައްދަށް އާއްމު ގޮތެއްގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއެކު ގިނަ ބަޔަކު ނުކުމެ އުޅެ އެވެ. އެކަމަކު، އިއްޔެ އެ ހާދިސާ ހިނގީ އަސުރު ނަމާދަށްފަހު މީހުންނަށް ނުކުމެ ނޫޅެވެނިކޮށެވެ. ނަމަވެސް، ރަށުގެ ގިނަ ބަޔަކަށް އިއްޔެގެ ބާރު ގޮވުން އިވުނެވެ.

ކުރިން ދުވަހެއްގައި ބަނދަރު ސަރަހައްދުގައި މަސައްކަތެއް ކުރިއިރު އެ ތަނުގައި ނެތް މި ފުޅިއެއް. އެހެންވެ، އޭތީ ގޮވީ އެ މީހުންގެ ސައިޓަށް މޫވްކުރަން އެތަނަށް ގެންގޮސްފައި ހުއްޓާ ނޫނީ އެ ސިލިންޑަރާ ޖެހިގެން ހުއްޓާ ކަމަށް ބެލެވެނީ.-- އައުޒަމް

"ރަށުން ބޭރުގައި އުޅެފައި އަޅުގަނޑަށް ވެސް އާދެވުނީ 3:56 ހާއިރު. އަޅުގަނޑުގެ ގެއާ ބަނދަރާ ވަރަށް ދުރުވާނެ އެކަމަކު ގޭގައި ހުއްޓާ އަޑުއިވުނު އެއްޗެއް ގޮވައިގެން އުޅޭކަމަށް. ބެލެވެނީ ވޭވް އެފެކްޓުގެ ރިއެކްޓެއް ކަމަށް. ބޮޑު ގޮވުމެއް ގޮވާނެ ކަމަށް ލަފާކުރެވޭ." އޭނާ ވިދާޅުވި އެވެ.

ގޭސްފުޅި ގޮވައިގެން މަރުވި ދެ މީހުންގެ އިތުރުން، އެ ތަނާ 400 ފޫޓު ދުރުގައި ހުރި ހަޓެއްގައި ކޮފީ ބޯން ހުރި ފިރިހެނެއްގެ ގައިގައި ވެސް، ގޭސް ފުޅީގެ ބައިތައް ޖެހި އަނިޔާވެފައި އެބަހުއްޓެވެ. އެއާއެކު، މަސް މާރުކޭޓާއި އެ ތަނުގައި ހުންނަ ގުދަނާއި ރެސްޓޯރެންޓް ބައެއްގެ ބިއްލޫރިތައް ތަޅައިގެން ގޮސް ސީލިންގު ވަނީ ވެއްޓިފަ އެވެ. އޭގެ ތެރެއިން މި ވަގުތު ބޭނުންކުރަނީ ގުދަނެވެ. އެއީ ނަރުދަމާ މަސައްކަތްކުރާ މީހުންނަށް ކުއްޔަށް ދީފަ އެވެ.

މަކުނުދޫގައި ގޭސް ފުޅި ގޮވި ސަރަހައްދު: އެ ހާދިސާގައި ދެ މީހުން ވަނީ މަރުވެފައި. --ފޮޓޯ: ސޯޝަލް މީޑިއާ

އެ ސިލިންޑަރު ހުރި ސަރަހައްދުގައި ކައްކާ ގޭސް ފުޅިއެއް ހުރި ކަމަށް ވެސް މައުލޫމާތު ލިބުނަސް އެކަން ކަށަވަރުނުވާ ކަމަށް އައުޒަމް ވިދާޅުވި އެވެ.

މަރުވި ދެ މީހުންގެ އާއިލާއަށް ވެސް މިކަން ވަނީ އަންގައިފަ އެވެ. އޭގެ ތެރެއިން އެކަކަކީ މުސްލިމެކެވެ. ކައުންސިލުން ބުނީ ރާއްޖޭގައި ވަޅުލާން އާއިލާއިން އެދިއްޖެނަމަ ކައުންސިލުން އޭގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް، އާއިލާއިން އަދި ގޮތެއް ނުނިންމަ އެވެ.

މި ހާދިސާއާއެކު، ގޭސް ފުޅީގެ ރައްކާތެރިކަމާ މެދު ރަށުގެ ގިނަ ބައެއްގެ ކަންބޮޑުވުން އެބަހުރި ކަމަށާއި ފުލުހުންގެ ތަހުގީގަށް ފަހު ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

18 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 94%
icon angry icon angry 0%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުޖީ

22 October 2023

އަހަރެންމީ ބައްސާމުނަމަ ނުކެރޭނެ ހެދުމެއްވެސް ލާން. ހުސްމުންޑުގަނޑެއް އަނދެގެން ހުންނާނީ. ލަދުން. ހައްގެނުވާނެވިއްޔާ އެހާ ބޮޑު ކެއްސެ ފުޓްބޯޅައަށްދީފައި ކަމެއްވީކަމެއްވެސް ނޭގޭ ކަމަށް ހެދިގެން ހުންނަން.

The name is already taken The name is available. Register?

ދޮޅުރޯނާ

23 October 2023

ސާބަހޭ! ގޭސްފުޅިއެއް ގޮވައިގެން ލިޔެފަ އޮތް ހަބަރެއްގަ ކޮން ބައްސާމެއް އެފް އޭ އެމެކޭތަ ތި ކިޔަނީ؟ ހޭބަލި ވިޔަސް ބޮޑުވަރު.

The name is already taken The name is available. Register?

އެސެޓިލީން

22 October 2023

އެސެޓިލީން ފުޅިއަކަށް ވެދާނެ. އޭގެ ފުޅިއަކަށް ގެއްލުމެއް ލިބިގެން ޑީކޮމްޕޯސް ވާން ފައްޓާތާ އެތައްއިރެއް ފަހުންވެސް އެކްސްޕްލޯޑް ވެދާނެ. "acetylene cylinder explosion" ގޫގްލް ކޮށްލާ.

The name is already taken The name is available. Register?

ސަލީމު

22 October 2023

މުދަލާއިޕެސިންޖަރުންއުފުލާކަޑުބޯޓްފަހަރުގާކާގޯގެގޮތުގާމިފަދަތަކެތިއުފުލުންމަނާކޮއްރާއްޖޭގެއެކިހިސާބުތަކައްމިފަދަތަކެތިއުފުލަންޚާއްސައުޅަދުތަކެއްޚާއްސަސލާމަތީފިޔަވަޅުތަކާއެކުހަމަޖައްސަންއެބަޖެހޭ މާލޭނޯތުހާބަރުގާ ކައްކާގޭސް ހެލްތްއޮކްސިޖަން އިންޑަސްޓީރިއަލްއޮކްސިޖަން ބެލޫންގޭސް އޭސީގޭސް ފަދަހުރިހާއެއްޗެއްއާއްމުމުދަލާއެކުލޯޑްކުރަމުންދާމަންޒަރުފެނޭ ކައްކާގޭސްފުޅިލީކުވާތީވާޖަހާފާމޫދައްލާފާހުރޭ މިކަންކަންކުރަނީއެކަށީގެންވާސަލާމަތީކަންކަންހުރެގެނެއްނޫން

The name is already taken The name is available. Register?

ޑރ.ބަނބުކެޔޮ އާދަނު

22 October 2023

"ބެލެވެނީ ވޭވް އެފެކްޓުގެ ރިއެކްޓެއް" އޭ!! ސަހަރޯ އޭ، ގޮވައިގެން ދާއިރު އުފެދޭނީ ބުލާސް ވޭވްސް.ޢެގައި ހުންނާނީ ބާރުގަދަ އެނާޖީ ވޭވެސް އަދި ތާމަލް ޝޮކް ވޭވްސް. މި ވޭވް ޖެހިފަ އިންސާނާ މަރުވަނީ ހިތަށް ނޫނީ ފުއްޕާމެޔަށް ގެއްލުން ލިބިގެން ނޫނީ އިންޓާރނަލް ބުލޯޑިން އަކުން

The name is already taken The name is available. Register?

ރޯނޭ

22 October 2023

ތިކިޔަނީ އެކައްޗެއް. ހަމަ ވޭވް އިފެކްޓެއް

The name is already taken The name is available. Register?

ގާޒާގެ އަޑު

22 October 2023

ކަލޭމެނަށް ތިޔަ ފެނުނީ ގޭސްފުޅިއެއް ގޮވިތަން. ފަލަސްތީނުގައި މިއަށްވުރެ ބޮޑެތި އެތައް ހާސް ގޮވުންތަކެއްގައި މުސްލިމުންގެ އެތައް ބަޔަކު ފިސްފިސްވެ ކުދިކުދިވެ އަނދައިގެން އެބަދޭ. ތިއީވެސް ވިސްނާބަޔަކަށް އިބުރަތެއް.

The name is already taken The name is available. Register?

ބުޖަޑާ

22 October 2023

އަހަރުމެން ވިސްނާނީ ކިހިނެތް. މުނާޖާގޮވިމާ ނިދަނީ. ހޭލެވުނިއިރަކު ހޭލައިގެން ދޮރުމަތީ ހުރެ ފެގެއް ދަމާލީމާ އެދުވަހުގެ ކަން އޭނައަށްނިމުނީ. ވަޒީފާއަށް ދަނީއެއްނުން. ދެން އެހެން އެކްސިސްޓްވަނީ.

The name is already taken The name is available. Register?

ނޫސްކުދިންނޭ

22 October 2023

ވެލްޑިންގ ކުރަން ބޭނުންކުރާ ކަހަލަ ގޭސް ފުޅިއެކޭ ބުނާނަނަމަ އެފަދަ ފުޅިއެއްގެ ފޮޓޯ ޖަހާލިނަމަ މި ކަހަލަ ޚަބަރެއް ގެންނައިރު. އެފަަދަ ފުޅި ހުންނަ ގޮތް ނޭނގޭ އަދި ނުފެނި ތިބޭ ރައްޔިތުންނަށް އިތުރަށް ހޭލުންތެރިވެވޭނެ ކަމަކަށްވާނެ.

The name is already taken The name is available. Register?

ނަޓާ

22 October 2023

ބަލަ ގޭހަކީ ފެންނަ އެއްޗެއްތަ

The name is already taken The name is available. Register?

ކަޓާނަޓާ

22 October 2023

ބަލަގަ ނަޓާ. ހޭދެބައިވެފަތަ. ފުޅިހުންނަގޮތުގެ ވާހަކައޭ އޭނައެބުނީ. ހަމަ ފޯނެެއް އޮތީމަ ނުކިޔާ ކޮމެންޓްކޮށްލީދޯ.

The name is already taken The name is available. Register?

ހަސަނު

22 October 2023

މަ ހިތަށް އަރަނީ ގޭސް ފުޅިއެއް ތިޔަވަރު ގޮވުމަކުން ގޮވާފާނެ ބާވައޭ....

The name is already taken The name is available. Register?

ބސ10

22 October 2023

ދެންހިތައްއަރުވާލާ ތިހާދިސާ ކޮންމެ މިނެޓަކުރިޕީޓު އެވަނީ ގާޒާގަ

The name is already taken The name is available. Register?

ރިޕޯޓަރު

22 October 2023

ނޫނޭ! އެއީ މީގެ އެތައްހާސް ގުނަ ބާރުގަދަ ގޮވުނެތަކެއް އެހެރަ ބޮޑެތި ހިޔާ ފުލެޓުވަރު ޓަވަރުތައް އަޅިއަށް ވެފަ އެހުންނަނީ

The name is already taken The name is available. Register?

ނަގިއްޔާ

22 October 2023

އެއްޗެއް ގޮވައިފިތާ، އެއީ ޕޮއިންޓަކީ. ވެލްޑިން ފުޅިއެއްތޯ، އަސާރަ ފުޅިއެއްތޯ، ބަނޑުހަރުވެގެން ބޮޑުކަމު ނުދެވޭ މީހެއްގެ ބަނޑުތޯ އެއީ ބަލަން ޖެހޭއެއްޗެއްނުން. މިއޮތް ތަރައްގީ ޒަމާނުގައި ފަޅިމިލިލީޓަރަކަށް އެޅެނީ ކިހާވަރަކަށް ގޭސްތޯ އެގޭ ޒަމާނެއްގައި ކަންނެތްކަމާ ފަރުވާކުޑަވެގެން އިހުމާލުވެގެން ކަންކަން ބޮއްސުން ލައިގެން ދާހިސާބަށް ދާންޖެހުމަކީ މައްސަލައެއް.

The name is already taken The name is available. Register?

ނޮޓް ރިއަލީ

22 October 2023

ގޭސް އެޅުމުގެ ތެރެއިންނެކޭ ނެތް ދޯ ބުނެފަ. ފަހަރެއްގަ ވެދާނެ އެސަޓަލީން ފުޅިއެއް ދިމާ ތެދަށް ނުބޭއްވުނީމަ ކަމަށްވެސް. ކޮން ވައްތަރެއްގެ ގޭހެއްކަމެއް ނުބުނޭ. އެކަމަކު ދެފުޅި ހުންނާނީ އެސަޓަލީން އާއި އޮކްސޯޖަން ކަމަށް ވެދާނެ.

The name is already taken The name is available. Register?

ފޯބިއާ

22 October 2023

ރައްޔަތުން މިތިބީ ގެސްފުޅިފޯބިއާ ޖެހިފައި. އެހާވެސް ގޭސް ފުޅިދެކެ ބިރުން. ދެންނޭގޭ ގޭސްފުޅިއަށް ގޭސްއަޅާއިރު މިގެންގުޅޭ މިންގަޑެއް އެގޭހާވެސް އެއްޗަކީ ބޭރުމީހުން އަހަރުމެންގެ ސައިކަލްތަކަށް ވައިޖަހާގޮތައް އެއްވެސް ބެލުމެއްނެތި ހިތުހުރިވަރަކަށް ޖަހަންޏާ ގޭސްފުޅިއެއް ފެންނައިރަށް އަހަރުމެންޖެހޭނީ ފައިވާން އަތައްނަގައިގެން ދުއްވާގަންނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454