ޑީ އެންޑް ޕީގެ މާލޭ ފިހާރަ. ގިވްއަވޭ ޕްރޮމޯޝަން ކުރިއަށްދާނީ އިންސްޓަގްރާމުގައި-- ފޮޓޯ: ޑީ އެންޑް ޕީ
22 އޮކްޓޯބަރ 2023 - 11:29
މެދުއިރުމަތީގެ މަޝްހޫރު ސެންޓް ބްރޭންޑު، ޑީ އެންޑް ޕީގެ ރާއްޖޭގެ ފިހާރައިން އިންސްޓަގްރާމުގައި ގިވްއަވޭ ލިބޭ ޕްރޮމޯޝަނެއް ބާއްވައިފި އެވެ.
ޑީ އެންޑް ޕީ ޕާފިއުމަމް ބްރޭންޑުގެ މި ގިވްއަވޭ ޕްރޮމޯޝަންގައި 3،500ރ. އަށްވާ ޑީ އެންޑް ޕީގެ އުފެއްދުންތައް ލިބޭނެ އެވެ. އެ ފިހާރައިން ބުނީ، މިއީ އެ ބްރޭންޑްގެ ތަކެތި، ތަޖުރިބާކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
ޑީ އެންޑް ޕީ ޕާފިއުމަމް އަކީ 1999 އިން ފެށިގެން ތުރުކީގައި އުފައްމުން އަންނަ، ދުނިޔޭގެ މަގްބޫލު ބްރޭންޑެކެވެ.
ގިވްއަވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ޑީ އެންޑް ޕީ ޕާފިއުމަމްގެ އިންސްޓަގްރާމް، ފޭސްބުން އަދި ޓިކްޓޮކް އެކައުންޓުތައް ފޮލޯ ކުރުމަށްފަހު، އިންސްޓަގްރާމު ސްޓޯރީގައި ގިވްއަވޭ ޕޯސްޓް ޝެއާ ކުރުމަށްފަހު، ޕޯސްޓަށް ލައިކް ކޮށް ތިން ރައްޓެހިން ޓެގް ކުރަން ޖެހޭނެ އެވެ. މި ގޮތަށް ޕޯސްޓަށް ލައިކްކޮށް، ޝެއާ ކޮށް އަދި ރައްޓެހިން ޓެގް ކުރާ މީހުންގެ ތެރެއިން އެއް ކަސްޓަމަރަކަށް 3،500ރ.ގެ އަގު ހުރި ޑީ އެންޑް ޕީ އުފެއްދުންތަކުގެ ޕެކޭޖެއް ލިބޭނެ އެވެ.
އެ ފިހާރައިން ބުނީ، މިމަހުގެ 31 ގައި ނަސީވެރިފަރާތް ހޮވުމަށްފަހު، އެ ފިހާރައިގެ އިންސްޓަގްރާމު ޕޭޖުގެ ސްޓޯރީގައި ޝެއާ ކުރަނެ ކަމަށެވެ.
އެންމެ މަތީ ފެންވަރުގެ މި ބްރޭންޑުގެ ސެންޓު ލިބެން ހުންނަނީ، އެކަށީގެންވާ ހެޔޮ އަގެއްގަ އެވެ. ތަފާތު އެކި ބާވަތްތަކުގެ ވަސްތައް ހިމެނޭ މި ބްރޭންޑުގެ 50 އެމްއެލް އާއި 100 އެމްއެލްގެ ފުޅީގެ ސެންޓު ލިބެން ހުންނާނެ އެވެ. އެ ބްރޭންޑުގެ 500 އަށް ވުރެ ގިނަ ޕްރޮޑަކްޓްތައް ވަނީ ތައާރަފްކޮށްފަ އެވެ. އަދި 100 އަށް ވުރެ ގައުމުގެ 51 ސިޓީން ލިބެން ހުރެ އެވެ. އަދި އެ ބްރޭންޑުގެ 500 އަށް ވުރެ ގިނަ ފިހާރަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަހުއްޓެވެ.
ޑީ އެންޑް ޕީގެ މާލެ ފިހާރަ ހުންނަނީ ޗަމްޕާ ސެންޓްރަލް ހޮޓެލް ކައިރީ ރަތްދެބައިމަގުގަ އެވެ. އެ ފިހާރައިން އެ ބްރޭންޑުގެ ސެންޓާއި ކޯލޯނާއި އެހެން ބައެއް ސެންޓުގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ. ޑީ އެންޑް ޕީގެ ގިވްއަވޭ އާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިންސްޓަގްރާމު، ފޭސްބުކް އަދި ޓިކްޓޮކް ޕޭޖުގައި ހިއްސާކުރަނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy