ޕްރޮމޯޝަނަލް ނިއުސް / މޯލްޑިވްސް އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކުން އުޖާލާ ކޭޝް ތައާރަފްކޮށްފި

އެމްއައިބީ. އެމްއައިބީއިން ވަނީ އުޖާލާ ކޭޝް ތައާރަފްކޮށްފައި-- ފޮޓޯ: މިހާރު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އުޖާލާ ކޭޝްގެ ނަމުގައި ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށްފި އެވެ.

އެމްއައިބީއިން ބުނި ގޮތުގައި މި ފެސިލިޓީ ބޭނުންކޮށްގެން ޒަރޫރީ ބޭނުންތަކަށް ފައިސާ ހަރަދު ކުރެވޭނެ އެވެ. އެގޮތުން ސިއްހީ ފަރުވާ ކުރުމަށާއި، ޑެޓް ރިފައިނޭންސް ކުރުމަށާއި، މަރާމާތު ކުރުމަށް ބޭނުންވާ ފައިސާގެ އިތުރުން މޫސުމީ ކާރިސާ ތަކުން ލިބޭ ގެއްލުން ފޫ ބެއްދުމަށާއި، ގެ ބަދަލުވުމަށް ބޭނުންވާ އެޑްވާންސް ފައިސާ ދެއްކުމަށާއި ގެދޮރު ގަތުމަށް ބޭނުންވާ އިކުއިޓީ ހޯދުމަށް ވެސް އެ ފެސިލިޓީން ފައިސާއަށް އެދެވިދާނެ އެވެ.

އެމްއައިބީގެ ފައިނޭންސިން ފެސިލިޓީއަށް އެދުމަށް އެމްއައިބީ އެޕްލައި-ނައު ޕޯޓަލުން އުޖާލާ ފައިނޭންސިން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ އެވެ. އުޖާލާ ފައިނޭންސިން ލިމިޓް ހަމަޖެހުމުން ފައިސާ އަށް އެދެވޭނެ އެވެ. އެމްއައިބީ އިން ބުނީ ލިބޭ ލިމިޓުގެ 30 ޕަސެންޓާ ހަމައަށް ކޭޝް ފެސިލިޓީ ބޭނުން ކުރެވޭނެ ކަމަށެވެ. އިތުރު ލިޔުމަކާ ނުލައި މި ފެސިލިޓީއަށް އެދެވޭނެ އެވެ.

ކޭޝް ޕެސިލިޓީއަށް ލިބޭ ލިމިޓުގެ 30 ޕަސެންޓަށް ވުރެ ގިނައިން ނަގާ ނަމަ ސަޕޯޓިން ޑޮކިއުމެންޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އުޖާލާ ކޭޝް ތައާރަފްކުރި ނަމަވެސް ކުރިއެކޭ އެއްގޮތަށް އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ތަކެތި ހަމަ އެ ލިމިޓް މެދުވެރިކޮށް ހޯދޭނެ ކަމަށް އެމްއައިބީއިން ބުންޏެވެ.

10 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލ.އަތޮޅު

23 October 2023

ތައާރަފްކުރާ ކޮންމެ ހިދުމަތަކަށް ކޭސްކާޑް ބަދަލްކުރަންވެއްޖިޔާމު ނެތް ސަލާމަތެއް...ވަރަށް ވާހަކަ މިބުނީ..

The name is already taken The name is available. Register?

ޑެޓޭ

23 October 2023

ކޮންވެންޝަނަލް ބޭންކިންގ އާއި އިސްލާމިކް ބޭންކިންގެ ތަފާތަކީ އެއްބަޔަކު ފާޅުގައި އިންޓްރެސްޓް އެނަމުގައި ނަގާއިރު އަނެއްބަޔަކު އިންޓަރެސްޓް ޙަރާމްކުރެއްވި ފަރާތަށް އޮޅުވާލައި ނަންބަދަލުކޮއްގެން އިންޓްރެސްޓް ނެގުން. އެވެސް ކޮންވެންޝަނަލް ބޭންކިންގގަ ނަގާވަރަށްވުރެ ބޮޑުތަނުން ބޮޑުކޮށް.

The name is already taken The name is available. Register?

ހަލީމް ބާއި

23 October 2023

ތެދުފުޅެއް

The name is already taken The name is available. Register?

ހެލޯ100

23 October 2023

42000 ރުފިޔާގެ ތަކެތި ނެގީމާ، ތިމީހުންގެ ފައިދާގެ ތެރެއަށް މަމެން އަތުން 11000 ރުފިޔާ ނެގީމާ އެކަން ކަޑަވެގެން މިއުޅެނީ. މިކަމަށް ހައްލެއް ބޭނުން ވެގެން މިއުޅެނީ. މީ ހައްލުނުވެއޮތް ހައްލުކުރާން ބޭނުންވާ ކަމަކީ. ބަޔަކު އަތުން ފައިދާއެއް އަތުލިޔަސް މިދެން ބޮޑުވަރުހެން މަށަށް ހީވަނީ. ނަމުން ފަލަސްތީން، ކަމުން ހަމަ އިޒްރޭލް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 October 2023

ރިއަލްއެސްޓޭޓް ވިޔަފާރި ކާމިޔާބުކަމާއިއެކު ހިންގާ ޤައުމުތަކުގައި އެކަންކުރާގޮތަށް (ސޯޝަލް ހައުސިންގ ވެސް) ޕްރޮޖެކްޓް އިއުލާންކުރުމާއިއެކު ކުރިމަތިލާންފުރުސަތުދީ ލިބޭނެފަރާތްތައް ކަޑައަޅާ އިމާރާތް ނިމުމުގެކުރިން ފައިސާ ދައްކާން ޖެހޭގޮތަށް (އިންސްޓޯލް މަންޓް އުސޫލުން) ކަޑައަޅާ ފްލެޓާއި ޙަވާލު ވުމުގެކުރިން ބެންކް އާއި އެކު އެއްބަސްވުންހަދާ އަގުއަދާކޮށްނިމެންދެން އިމާރާތް ބެންކާއި ޙަވާލުކުރޭ. އެހެންނޫނީ މާލޭމީހުންގެ ކިބައިން ސަލާމަތް ނުވާނެ.

The name is already taken The name is available. Register?

ސުވާލު

22 October 2023

ރިބާ އަށް ނުވާ ގޮތަށް މިކަން ކުރަނީ ކިހިނެތް ؟ އަނބުރާ ދައްކާއިރު އެއްވެސް މިންވަރަކަށް އިތުރަށް ފައިސާ ނުނަގަނީ ތޯ ؟

The name is already taken The name is available. Register?

ސޯޓުބެ

23 October 2023

އިތުރަށް ނެގިޔަސް ރިބާ އަކަށް ނުވާނެ ބުރޯ. ޝަރުތު ކޮށް މަހުން މަހަށް އިތުރުކުރާކުރުން ރިބާއަށް މިވަނީ. ފިކްސް ކޮށް ދައްކަން ޖެހޭ އަގެއްގަ ރިބާ ނުހިމެނޭނެ. މިސާލަކަށް: މުދަލެއް ގަނެފަ މުދަލެއް އަލުން ވިއްކާމި ލަނީ ކަސްޓަމަރަށް. ފައިސާ ވެސް ހަމަ މި ގޮތަށް މިވަނީ. އިތުރަށް ނަގަނީ ފީއެއް. އެ ނުވާނެ އިތުރެއް ހަމަ އޮވެގެނެއް.

The name is already taken The name is available. Register?

އަބްޑޫޅް +

23 October 2023

އެއަށް "އަލް-ފައިދާ"، ނުވަތަ، "އަލް-ޚަރަދުކަނޑާ އަލް-ބާކީ" މިހެން ކިޔުމުން ތިޔަ މައްސްލަ ހައްލު ވީ.

The name is already taken The name is available. Register?

ޥސހސޖދ££؛884

22 October 2023

މި ސްކީމް ހަލާލް ވަނީ ކިހިނަކުން ކަން ކިޔާލަދިންނަމަ ސަޅިވީސް… ފައިސާ ބަދަލު މި ކުރެވެނީ މި މުއާމަލާތުގަ.. މުދަލެއްނޫން…

The name is already taken The name is available. Register?

ބައޮނައިސް

22 October 2023

ޝުކުރިއްޔާ. ވަރަށް ފަސޭހަ މިހާރު. ކަސްޓަމަރ ސާވިސް އިތުރަށް ރަނގަޅުކޮށްލަދެއްވުން އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454