ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ސިފައިންނާއި ފުލުހުންގެ ފްލެޓްތައް: ފުލުހުންގެ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓްތައް ދޫކުރުން މަޑުޖައްސާލަން އޭސީސީން ވަނީ އަންގައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
24 އޮކްޓޯބަރ 2023 - 11:17
ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތުގެ ކޮމާޝަލް ޔުނިޓްތައް ދޫކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް އަންގައިފި އެވެ.
އޭސީސީން މިއަދު ބުނީ ޕޮލްކޯ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުމާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާތީ، އެކަމާ ގުޅިގެން ކުރިޔަށް ގެންދާ އެންމެހާ ކަންކަން މަޑުޖައްސާލަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް އޭސީސީން އަދި ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުން މަޑުޖައްސާލަން އޭސީސީން ޕޮލްކޯ އަށް އެންގީ އެ ތަންތަން ވަކި ބަޔަކަށް މަންފާވާ ގޮތަށް ކުއްޔަށް ދޭން އުޅޭ ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓް އިމާރާތްތައް
ބްލޫ ހައުސިން ސްކީމްގެ ނަމުގައި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަން ފެށީ 2014 ގަ އެވެ. ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި އެ ފްލެޓްތައް ނުނިމި ނުވަ އަހަރު ފަހުން މިހާރު ވަނީ މަސައްކަތުގެ ބޮޑު ބައި ނިންމައިފަ އެވެ. މި ފްލެޓްތައް ލިބޭނެ 361 ފުލުހުން 2013 ވަނަ އަހަރު ކަނޑައަޅައި ބައެއް މީހުން ވަނީ ޑައުންޕޭމަންޓް ވެސް ދައްކައިފަ އެވެ.
މި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަކީ މި ސަރުކާރުގެ ވައުދަކަށް ވީ ނަމަވެސް އަދިވެސް މަސައްކަތް އެއްކޮށެއް ނުނިމެ އެވެ. އެ މަޝްރޫއު ކުރިން ހަވާލުކުރި ދެ ކޮންޓްރެކްޓަރުން ކަމަށްވާ ނޫމަޑި އާއި އައިލެންޑް އެކްސްޕާޓްއާ އެކު ހެދި އެއްބަސްވުން އުވާލައި މިހާރު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަންއާ އެވެ.
ސަރުކާރުން އެންމެ ފަހުން ބުނި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
25 October 2023
ނޫމަޑި ތީ މުއިއްޒުގެ އަތެއްވާ ތަނެކޭ ކިޔާ އަޑުއިވެނީ
ޟައައިން
24 October 2023
ތިތަންބަލާކަމުގައިވާނަ ދެންހުރިތަންވެސް ވެފައިވާގޮތް ބަލަންޖެހޭކަމައް ދެކެން
ބޮޑުމީހާ
24 October 2023
ކޮންމެ ތަނެއްގައިވެސް ކޮރަޕްޝަނާއި ވައްކަން. ސްކޫލްތަކުގައި ކޮރަޕްޝަނާއި ވައްކަން ކިޔަވައިދޭންވީ
ދަތިހާލުގައި އުޅޭ ބައްޕަ
24 October 2023
ފުލުހުންނަށް ކެއުން ބުއިމުގެ ދެނީވެސް ޕޮލްކޯ އިން އާންމުން ކާންދިން އިރަށްވުރެ ބޮޑު ބިލް ކުރާލެއް . ދައުލަތުން ފުލުހުންނަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ފުލުހުންނަށް ކާންދީ ބޯންދީ ބޭސް ފަރުވާ ކުރުމަށް ވަކިން ދައުލަތުން ދޭ ބަޖެޓު. ޕޮލްކޯ އަކީ ރާއްޖޭގެ އެންމެ ފައިދާވާ ވިޔަފާރި. ފިހާރަ ، މެޑިކަލް ކްލިނިކު ، ކޭޓަރިން ހިދުމަތް ، ރެސްޓޮރަންޓް ހިންގާ ..
ފުލުސްމީހާ
24 October 2023
ޑީސީޕީ މަންނާނު، ޑީސީޕީ ޢަލީ ރަޝީދު، ބަޝީރު، މުޙައްމަދު ރަޝީދު މިއީ އެތަންތަން ވަކި ބަޔަކަށް ނުދެވިގެން އެކަމާ ހަމަ ނިދި ނުނިދިގެން އުޅޭ ބޭފުޅުންނަކީ. އެތައް ހާސް ފުލުހުންނެއްގެ ޙައްޤުގައި އޭސީސީން އެޅުއްވި ހަރުދަނާ ފިޔަވަޅެއް މިއީ.
ޑޭޒް
24 October 2023
ތި ނުވާނެ އޭސީސީން ކަމެއް ބަލަނީ ކަމަކަށް. މުއިއްޒު ބުނެގެން އޭސީސީ މެމްބަރުން ކުރި ކަމަކަށްވާނީ
ހައިރާނެއްނުވޭ
24 October 2023
ތިއީ އަދި ކުޑަވަރެއް،.. ޔުނިފޯރމް އައިޓަމްތަކާއި، ކޭޓަރިންގ އާއި ފިހާރަ ހިނގުމުގައި ހިންގާ ކަރަޕްޝަން ގެ ބިތުފަންގި ނަގާބަލަ. މަތީ ފަޑީގައި ތިބީ ބޮޑެތި ވަގުން މުޅިންވެސް.
މުޖާ
24 October 2023
ހާދަހާ ވައްކަމަކޭ މިއޮތް ސާލިޙް މީހާ މިކުރަނީ. އީޖާދުވެސް އެހާމޮޅު. ކަރުދާހުން ކޮންކްރީޓްވެސް އުފައްދަން ފަށައިފި.
ސީޕީ
24 October 2023
ޥެރިންނަށްވެސް މޮޅުވާގޮތަށް ބަހާލާފައި އޮތީ
ގޮލި
24 October 2023
ވަރަށް ބަރާބަރު