ފުލުހުން އަތުލައިގަތް މަސްތުވާއެއްޗެހިތަކެއް: ޑްރަގް މައްސަލައެއްގައި މީހެއްގެ ކުށް ސާބިތުވާ ކަމަށް ހުކުމްކުރި ފަހުން އެ މައްސަލަ އަނބުރާ ގެންދަން ޕީޖީން މަސައްކަތް ކުރުމުން ހައި ކޯޓުގެ ފާޑުކިޔުންތައް ދައުލަތަށް ވަނީ އަމާޒުވެފައި --- ފޮޓޯ/މިހާރު
24 އޮކްޓޯބަރ 2023 - 12:46
މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ހައި ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމާފައި ވަނިކޮށް، އާންމު މަސްލަހަތަށްޓަކައި ކަމަށް ބުނެ އެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން މަސައްކަތް ކުރުމުން ހައި ކޯޓުގެ ފާޑުކިޔުންތައް ދައުލަތަށް އަމާޒުވެއްޖެ އެވެ.
މާލޭގެ ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާ އެކު، ހައްޔަރުކުރި މީހެއްގެ މައްޗަށް ދަށު ކޯޓުގައި ކުށް ސާބިތުނުވެ ސަލާމަތްވުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ ދައުލަތުންނެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމާފައިވެ އެވެ.
އެ މީހާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަޖިލިސް އިއްޔެ ބާއްވަން ހަމަޖައްސާފައި ވަނިކޮށް، ދައުލަތުން ހައި ކޯޓަށް ސިޓީ ފޮނުވީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ "އާންމު މަސްލަހަތެއް" މި ވަގުތު ނެތުމުން އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ.
އެކަމާ ގުޅިގެން ކުރި ހައި ކޯޓުގެ ހުކުމުގައި ވަނީ ދައުލަތުން އެ މައްސަލަ އިސްތިއުނާފްކޮށް އަދި އެ މީހާގެ މައްޗަށް ކުށް ސާބިތުކުރަން ވަކާލާތު ކުރުމަށް ފަހު ކޯޓުން އެ ގޮތަށް ނިންމުމުން ކުއްލިއަކަށް އާންމު މަސްލަހަތުގެ ނަމުގައި މައްސަލަ އަނބުރާ ގެންދަން އުޅުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ. ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކަށް އަދަބު ނުދީ ދޫކޮށްލުމަކީ ގާނޫނު ބޮލާލައި ޖެހުން ކަމަށް ވެސް ހުކުމުގައިވެ އެވެ.
"އަދަބު ކަނޑަނޭޅުމަކީ ދައުލަތުން އެ ބުނާ އަދި ޝަރީއަތަށް ފަހުމު ނުވާ އާންމު މަސްލަހަތަށް ވުރެ މުޖްތަމައުގެ ހައްގަށް ނުވަތަ މުޖްތަމައުގެ މަސްލަހަތަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ދެކެމެވެ. އާންމު ހަމަ ދެމެހެއްޓޭނީ މުޖްތަމައުގެ އިޖްތިމާއީ މިންގަނޑަށް އުނިކަން އަންނަ އަމަލުތަކަށް އަދަބު ކަނޑައެޅިގެންނެވެ. ހައްގު އަދަބު ކަނޑަނޭޅުމަކީ ގާނޫނުގެ ހަމަ ބޮލާލައި ޖެހުމެވެ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ދައުލަތުން އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވިޔަސް، ހައި ކޯޓުން ނިންމީ ކުށް ސާބިތުވާ ކަމަށް ނިންމާފައި ވަނިކޮށް އެގޮތަށް މައްސަލަ އަނބުރާ ގެންދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެހެންވެ، އެ މީހާ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރުގެ ޖަލު ހުކުމެކެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު އަހުމަދު ޝަކީލާއި ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމީދުވބެެ
25 October 2023
ރައްޔިތުނެގެ ކިބައިންނޯ ވެރިކަން ފެށިގެން އަންނަނީ، އެކަމު ރައްޔިތުން ބޭނުންވާ ގޮތަކަށްނޫން މިބައިމީހުން ޙުކުމްކުރަނީ، އިސްލާމީ ދަވްލަތެއްގައި ޙާކިމާ ޒިންމާވާން ނުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ، ރައްޔިތުން ނިކުމެ ޕީޖީ ހަވަރައްދޭންޖޭހޭވަރު އެބަ ކުރޭ..
ބަރުބާދު
24 October 2023
ތިވަރުންދަންޏާ ޖަލުގަ ހުކުމްތަންފީޒުކުރަމުންދާމީހެއްގެ މައްސަލަވެސް އަނބުރާގެންދަން ޕީޖީ އަންގަފާނެ!!!. މޭޒުތަންދޮށުން ކިހާވަރެއްގެ ކުޅިގަނޑެއް ހިންގިގެންބާ ތިވަރުވާނީ؟.
ހެލޭހެލޭ
24 October 2023
އައްދިއްޔޯތް މިއީވާ ދައުލަތެއް!!!! ދެންފެންނާނީ ޕުރެސް ރިލީޒެއް ނުކުންނަތަން. ޒިންމާ ނަގާނެމީހަކުނުވާނެ. މިވަރުވެގެންދާއިރު ރައްޔިތުންގެ މަޖިލީހަށް ހީވެސްނުވޭ!!!! ނޫނޭ! ނޫނޭ! ކަލޭމެނަށް ހަމަސާބަސް!!!! 1
އިސްދިސް
24 October 2023
މިއީ ވަކި މީހަކަށް ވެރިކަން ލިބުނީމާ އަނބުރާ ގެންނަންޖެހޭ ޒާތުގެ މައްސަލަޔަކީތަ؟
ފފފފފ
24 October 2023
ހައިކޯޓުން އަދުލު އިންސާފު ހިފަހައްޓައިފި. ﷲ ތިޔަ ފަނޑިޔާރުންނަށް އެކަމުގެ ހެޔޮ ޖަޒާ ދުނިޔެއާ އާޚިރަތުގައި ދެއްވާށި. އާމީން. މިހާރު މިއޮތީ ބަތްކައްކާ ކުޅޭ ދައުލަތެއް. "އާއްމު މަސްލަހަތު"ނަމުގައި ﷲ ގެ ހުކުމްތައް މިގައުމުގައ ތަންފީޒު ނުކުރޭ! ރައްޔިތުންގެ ތެރެއިން ބަޔަކު ސިޔާސީ މީހުންގެ ނިވަލުގައި ތިބެ ﷲ ކަނޑައަޅުއްވާފައިވާ ހުދޫދުން ބޭރުވިޔަސް އެމީހުންގެ މަސްލަހަތަށްޓަކައި ﷲ ގެ ހުކުމްފުޅުތައް ބޮލާލާ ޖަހަނީ. މިވެރިކަން ނިމުކަމަށްޓަކައި ﷲ އަށް ހަމްދު.
ހަސަނު
24 October 2023
މަށަށް ފެނެ ފުލުހުނުން ފޮނުވަން ޕުރޮސިކިއުޓަ އޮފީހަށް.. ރަނގަޅަށް އެބަ ބަލަން ޖެހޭ، ރިސްވަތާ މަނީލައުންޑަރިންގ އާ އެޒާތު ގޯސް ކަންކްތައްތަކެއް އެބަ ހިނގާ ވަރަށް ބޮޑު..
ފެންވަރު
24 October 2023
މިގައުމުގެ ޕީޖީގެ ހުރި ފެންވަރު ތިޔަ ފެންނަނީ. ގާނޫނު އެންމެ ބޮޑަށް ނެގެހެއްޓެނީ ޔާމީނާ ޖެހުނީމަ. އެގޮތަށް އެހެން ކުށްވެރިންނާމެދު ކަންކުރަން ނުކެރޭ ތި ޕީޖީއަށް.
ފފފފފ
24 October 2023
ޔާމީނާ ޖެހުމުންވެސް އެކުރާ ކަމަކީ ބީޖޭޕީ އަންގާ ގޮތެއްގެ މަތިން ކަންކުރުން. އެއީ އަދުލު އިންސާފެއްނޫން. ފާސިގު ބަޔަކު ގޭގަ ބޭތިއްބުމަށް ޕީޖީން ހުށަހަޅައިގެން އެމީހުން ލައްވާ ނެގި ބަޔާންތަކެއްގެ މައްޗަށް ﷲ ގެ އެންގެވުންތަކާ ހިލާފަށް ހެކި އުފައްދައިގެން އިންސާނުންގެ މައްޗަށް ހިންގާ އަނިޔާވެރި ޖަރީމާއެއް އެއީ. މިއަދު ޔާމީން މާދަމާ އަޅުގަނޑު އަނެއްދުވަހުން ކޮންމެވެސް އެހެން މީހެއް. ނިމުމެއް އަންނާނީ އަދުލު އިންސާފު ގާއިމުވުމުން. ނޫނީ މިފަދަ އަނިޔާ.
ދޮރާށި
24 October 2023
ކޮބާތޯ އެމީހާއަކީ. ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހެއްވިއްޔާ އެމީހާގެ ވަނަވަރު އާންމުނަން އެނގޭނެގޮތް ހެދުމަކީ ނޫސްވެރިންގެވެސް ޒިންމާއަކަށް ވާނެކަމަށް ގަބޫލުކުރެވެއެވެ.
ވެދާނެނޫ
24 October 2023
ޕީޖީ ބިރުގަތް ގޮތަށް ނޫސްވެރިންވެސް ބިރުގަނެދާނެ.
58989
24 October 2023
އެމީހާގެ ވަނަވަރު މާދަމާ ހައިކޯޓުގެ ހުކުމްތަކުގައި ފެންނަގޮތަށް އެކޯޓުގެ ވެބްސައިޓުގައި އިންނާނެ. ހަމަ ބަލާލާފަ ރައްޔިތުންގެ އާއްމު މަސްލަހަތައްޓަކައި އެމީހާއަކީ ކާކުކަމާ އެމީހާއާ ސިޔާސީ މީހުނާ އަދި ހާއްސަކޮށް މަޖްލިސް މެންބަރުންނާއި ޕީޖީއާ ހުރި ގުޅުން ރައްޔިތުން ހޯދާ ދެނެގަންނަންވީ. މިގައުމު މިހާރު މިއޮތް ހާލަތަކީ ވަރަށް ނުރައްކާތެރި ހާލަތެއް. 2018 ގައި ވެރިކަން ބަދަލުވެގެން ދިއުމަކީ މިގައުމު ހަލާކުގެ ތެރެއަށް ވެއްޓުނު ސަބަބު.
ތުނޑުހަސަނު
24 October 2023
ސާބަހޭ ޕީޖީ. ނުފޫޒުން އެއްކިބާވެވިފައި ހުންނާނީ ތިޔަހާކަށްވަރަށް. ޢާންމު މަސްލަޙަތު އޮންނާނީ ކުށްވެރިން ދޫކޮށްގެނެއްނޫން. ކުށްވެެރިންނަށް ޙައްގު އަދަބު ދެވިގެން ނޫންގޮތަކަށް ޢާންމު މަސްލަޙަތު ނުހިފެހެއްޓޭނެ.