ދުނިޔެ / އަގްސާ ތޫފާން

ގާޒާ ހަނގުރާމަ ހުއްޓާލަން ބައިޑެން ބޭނުމެއް ނޫން

އެމެރިކާގެ ރައީސް ބައިޑެން.

24 އޮކްޓޯބަރ 2023 - 13:00

8 comments

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން މި ވަގުތު އެއްވެސް ވާހަކައެއް ދައްކަވަން ބޭނުން ނޫން ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން އިޒްރޭލާއެކު ވާހަކަ ވެސް ދައްކާނީ، ހަމާސް އިން އަސީރުކުރި އެންމެން މިނިވަން ކުރުމުން ކަމަށެވެ. އަދި ހަމާސް އިން ރަހީނުކޮށްފައި ތިބި އެންމެން، އެއްވެސް ޝަރުތަކާ ނުލައި މިނިވަންކުރަންޖެހޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

އޭނާ މި މޭރުމުން އިޒްރޭލުގެ ހަމަލާތަކަށް ހިތްވަރު ދެއްވި އިރު، އެމެރިކާގެ ހާރިޖިއްޔާ އިން އިއްޔެ ބުނެފައިވަނީ އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކަށް އެއްވެސް ހުއްޓުމެއް އައުމަކީ، ހަމާސް އަށް ލިބޭނެ މަންފާއެއް ކަމަށެވެ.

"އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމުގެ ނުވަތަ މެދުކަނޑާލުމުގެ މާނައަކީ، ވަރުބަލިކަން ފިލުވައި އަލުން ހަމަޖެހުމަށް ހަމާސް އަށް ދެވޭ ފުރުސަތެއް. އެ ފުރުސަތު ދީފިއްޔާ، އަނެއްކާ ވެސް ކުރިއަށް ވުރެ ފުރިހަމައަށް ތައްޔާރުވެ، އިޒްރޭލާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދޭން ފަށާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މެތިއު މިލާ އިއްޔެ ވިދާޅުވި އެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 200 އެއްހާ އަސީރުން އެއްވެސް ޝަރުތެއް ނެތި މިނިވަންކުރަން އެމެރިކާ އިން ގޮވާލި އިރު، މީގެ އެތައް އަހަރެއް ކުރިން ފެށިގެން އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު އަސީރުންގެ އަދަދު 10،000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ދައުވާއެއް ނުކޮށް، ހުކުމެއް ނީއްވައި އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްގެން ގެންގުޅޭތާ އެތައް އަހަރެއްވީ 8،000 އަށް ވުރެ ފަލަސްތީނުގެ އަސީރުން ހިމެނެ އެވެ.

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ބިމާހަމަވެފައިވާ އިމާރާތްތަކުން މީހުން ހޯދުމަށް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

ބައިޑެން ވިދާޅުވި ގޮތުގައި އިޒްރޭލުގެ އުދުވާނީ ހަމަލާތައް ކުރިއަށް ދިޔަ ނަމަވެސް، ގާޒާގައި ދިރިއުޅޭ އާންމުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހިކޮށްދިނުމުގެ މަސައްކަތް އެމެރިކާ އިން އަންނަނީ ކުރަމުންނެވެ. ނަމަވެސް ގާޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއ ބޭސް އަދި އެނޫން ޒަރޫރީ ސާމާނު ގާޒާ އަށް އެތެރެކުރެވޭ އިރު، އެއިން އެއްވެސް އެއްޗެއް ހަމާސް އަށް ނުލިބޭނެ ކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދާ ހަނގުރާމައިގައި ހަމާސް އިން ހައްޔަރުކުރި އަސީރުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ވަނީ މިނިވަންކޮށްފަ އެވެ. ފުރަތަމަ ދުވަހު ފުރަތަމަ މިނިވަން ކުރީ، އެމެރިކާގެ އަންހެނަކާއި އޭނާގެ އަންހެން ދަރިފުޅެވެ. އަދި އިއްޔެ ހަމާސް އިން ވަނީ، އަސީރުންގެ ގޮތުގައި ތިބި އިޒްރޭލުގެ ދެ އަންހެނެއްގެ ސިއްހީ ސަބަބުތަކަށްޓަކައި، އެ ދެމީހުން މިނިވަންކޮށްފަ އެވެ.

އޭގެ ބަދަލުގައި އިޒްރޭލު ސިފައިން މިހާރު ވެސް ގެންދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ސަހަރުތަކަށް އަރައި، ފަލަސްތީނުގެ ޒުވާނުން ހައްޔަރު ކުރަމުންނެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 18 ދުވަސް ވެގެން ދިޔަ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 5،080 އަށް ވުރެ މަތިވެފަ އެވެ. ގާޒާ އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށް އިޒްރޭލުން ބުނާއިރު، ގާޒާ އިން ޝަހީދުވި މީހުންގެ ތެރޭގައި 2،050 އަށް ވުރެ ގިނަ ކުޑަކުދިންނާއި 1،120 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

މި ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި މީހުންގެ ތެރެއިން 1،652 މީހުންނަކީ، ގާޒާގެ އަމާން ސަރަހައްދުތައް ކަމަށް ބުނެ އެ ތަންތަނަށް ދިއުމަށް އިޒްރޭލުން އެންގި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ފުނފުނޑުވެގެން ދިއުމުގެ ސަބަބުން ގެއްލިފައިވާ މީހުންގެ އަދަދު ވަނީ 1،500 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 830 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ އިން ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 15،200 އަށް ވުރެ މަތިވެފަ އެވެ. ދިރިނޫޅެވޭ ވަރަށް ބިމާ ހަމަކޮށްލި އިމާރާތްތަކުގެ އަދަދު 20،000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ އިމާރާތްތަކުގެ އަދަދު ވަނީ 181،000 އަށް އަރައިފަ އެވެ. ގެދޮރު ސުންނާފަތިވުމުގެ ސަބަބުން، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1.5 މިލިއަނަށް (ގާޒާގެ އާބާދީގެ 70 އިންސައްތަ) އަރައިފަ އެވެ.

މިދިޔަ 18 ދުވަހުގެ ހަމަލާތަކުގައި ގާޒާގައި ހުންނަ ފަލަސްތީނު ސަރުކާރުގެ 72 އޮފީސް އިމާރާތެއް ވަނީ ހަލާކުކޮށްލައިފަ އެވެ. 177 މަދަރުސާ އަށް ގެއްލުން ލިބިފައިވާ އިރު، އޭގެ ތެރެއިން 32 މަދަރުސާއެއް ވަނީ އަލުން އިމާރާތްކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިކޮށްލައިފަ އެވެ. އޭގެ އިތުރުން 32 މިސްކިތެއް ގޮއްވާލައި ނަސާރާއިން ތިން ފައްޅިއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 23 އެމްބިއުލާންސެއް، ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ އިރު، ހަތް ހޮސްޕިޓަލެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ސަލާމަތުން ހުރި ހޮސްޕިޓަލުތަކުގައި ވެސް ކަރަންޓާއި ފެން ލިބެން ނެތުމުން، އެކަށީގެންވާ ގޮތުގައި ފަރުވާ ދެވޭނެ އިންތިޒާމެއް ނެތެވެ.

އޭގެ އިތުރުން ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގާ އުދުވާންތަކުގައި، މިދިޔަ 16 ދުވަސް ތެރޭގައި ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ އަދަދު ވެސް މިހާރު ވަނީ 110 އަށް އަރައިފަ އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މި މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

8 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައިދަނު

26 October 2023

މިވަގުތު ދުނިޔޭގަ ހުރި އެންމެ ނުބައި ނުލަފާ ޓެރަރިސްޓު. މުޅިދުނިޔޭގާ ފިތުނައާ ލޭއޮހޮރުވުމަށް ހިތްވަރުދީ ފަންޑު ކުރާމީހާ.

The name is already taken The name is available. Register?

އުޚްތާ

25 October 2023

ޔާﷲ އިބަރަސްކަލާނގެ ވާގުފުޅާއި އެކު ކާރި މުސްތަޤްބަލެއްގަ ފްލައިޓަށް އަރަނިކޮށް ނަމަވެސް މި ބޭބެ ވެއްޓި އިޒްރޭލްގެ ޝެރޯން އަށް ޖެހުނު ހާލުޖައްސަވާ މީނާގެ ނިމުން ނެތި ކުރައްވާފާނދޭވެ. އަދި އިޒްރޭލަށް ވާގިދޭ ދުނިޔޭގެ އެންމެހާ ވެރިން ވެރިކަމުން ދުރުކޮށް ނަތަންޔާހޫގެ ނިމުން ވެސް ދުނިޔެއަށް މިސާލަކަށް ވާނޭފަދަ ގޮތަކަށް ނިންމަވާ ލޮބުވެތި ފަލަސްތީން ރައްޔިތުންނާ އެބިން މިނިވަން ކުރައްވާފާނދޭވެ. އާމީން

The name is already taken The name is available. Register?

ސަލީމުލް

25 October 2023

އަހަރުމެންގެ އިލްމުވެރިން ބުނާބަސް އަހައި ގުނޫތު ކިޔަންތިބެންވީ. އިލްމުވެރިން ވަނީ ކޮވިޑު ވެކްސިން ކާމިޔާބު ކޮށްފައި.

The name is already taken The name is available. Register?

ޔ‫ަހޫދީ ބައިޑެން ބިން ބުޝް ބިން އޮބާމާ ބިން ރޭގަން

24 October 2023

ފ‫ަސާދަ ކުރާ ޔަހޫދީންގެ ނިމުން ވަރަށް ގާތްވެއްޖެ

The name is already taken The name is available. Register?

ސިއްޕެ

24 October 2023

އެމެރިކާގެ ޕޮލިޓިކަލް ފަންޑް ކޮށްދެނީ ޔަހޫދީން ދެން އެމީހުން ކިހިނެތް އެހެން ބައެއްކޮޅަށް އަރާނީ. ވަކި ބަޔަކު ވެއްޖެނަމަ ހިއުމަންރައިޓްސް އަށް ވަކާލާތު ކޮށްދޭނެ. ވަކިބަޔަކަށް ވެއްޖެ ނަމަ އެމީހުންނަކީ ދުނިޔޭގަ ހުރި އެންމެ ގަދަޔަށް އިންސާނީ ހައްގުތަށް ހޯދަދީ މިނިވަންކަން ކަށަވަރު ކޮށްދޭ މީހުން. އެމެރިކާ އިސްކޮށް އޮވެ މުޅި އިސްލާމީ އުނމަތް ހަލާކު.

The name is already taken The name is available. Register?

ބަޔަކު ހަނގުރާމައެއްނުފަށައިގެން ތިބޭނީ..

24 October 2023

އޭގެ ތެރެއަށް ވަންނަން. އެމެރިކާ ސިފައިން އަބަދު ތަމްރީންކުރަނީ ހަނގުރާމަޔަށް އިޒްރޭލުގޮތަށް.ބޯ ނުކޮއްޕާ ދުލެއްނުކޮއްލާނެ.އޭރުން އެމެރިކާ ސަފައިންގެ ނަމުގަ ޓެކްސް ފައިސާނަގާ ކާލެވޭން.ތަރައްގީއަށާ ވެލްފެއްރ އަށް ހުންނަ ފައިސާބޭކާރު ކުރަނީ ފަގީރުންނަށް ނުދީ.މވ.ދުވަސްވެއްޖެއީރާން ފުނޑާނުލެވިގެން އުޒުރެއްފެނޭތޯ ހަމަނިދި ނުނިދޭތާ..އިރާގަށް އެރިގޮތަށް އިމޭޖިނަރީ ނިއުކްލިއަރ ހަތިޔާރު ހުރެއޭ ހީވެގެން. ދޭބަލަ ނޯތް ކޮރެއާގެ ހުރި ހަތިޔާރު ނައްތާލަން.

The name is already taken The name is available. Register?

ތާލިބާން.

24 October 2023

އެމެރިކާގެ ވެރިކަމުގައި ހުންނާނީ އަބަދުވެސް ޔަހޫދީ އަޅުކުއްޖެއް. ދެން ކިހިނެތް ޔަހޫދީންކުރާ ކަމެއް ހުއްޓުވޭނީ.

The name is already taken The name is available. Register?

ދއ

25 October 2023

ކީއްވެ އެމެރިކާ ލައްވާ ހުއްޓުވަން ތިއުންމީދު ކުރަނީ އެންމެ ބާރުގަދަފަރާތްވީމަތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454