އިންފަންޓީނޯ (ކ) އާއި ބައްސާމް ބައްދަލުކުރައްވަނީ: މި ވަގުތަކީ ބައްސާމް އާއި އެފްއޭއެމްގެ ވެރިންނަށް އެންމެ ޕްރެޝަރު ދަނޑިވަޅު --- ފޮޓޯ: އިންފަންޓީނޯ އިންސްޓަގްރާމް
26 އޮކްޓޯބަރ 2023 - 11:33
އެފްއޭއެމްގެ ވެރިންނަށް އެންމެ ބޮޑެތި ފާޑުކިޔުންތަކެއް އޮތް ދަނޑިވަޅުގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފްރާންސްގެ ޕެރިހަށް ވަޑައިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލު ކުރައްވައިފި އެވެ.
ފީފާ އާއި އޭއެފްސީ އަދި ބައިނަލްއަގުވާމީ އެހެން އިދާރާތަކުން އެފްއޭއެމަށް ދޭ ފައިސާ އެ އިދާރާގެ ބައެއް ވެރިން ނަހަމަގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތުގައި، ފުލުހުން މިދިޔަ އާދިއްތަ ދުވަހަށް ފަހު އެފްއޭއެމްގެ އޮފީހަށް ވަދެ ކުރިއަށް ގެންދިޔަ ތަހްގީގަށް ފަހު، މި ދަނޑިވަޅަކީ ބައްސާމް އާއި އެފްއޭއެމްގެ ވެރިންނަށް އެންމެ ޕްރެޝަރު ދަނޑިވަޅެވެ.
ފުލުހުން، އެފްއޭއެމަށް ވަދެ ފެށި ތަހުގީގުގައި، ބައިނަލްއަގުވާމީ އިދާރާތަކުން އެފްއޭއެމަށް ފޮނުވާ ފައިސާ އެ އެސޯސިއޭޝަނުގެ ބައެއް ވެރިންނާއި އެ މީހުންނާ ގާތް ގުޅުން އޮންނަ ބައެއް ކުންފުނިތަކުގެ އެކައުންޓުތަކަށް ފޮނުވާ ކަމުގެ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ލިބިފައިވާކަން ވެސް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އިންފަންޓީނޯ އާއި ބައްސާމް ޕެރިހުގައި ބައްދަލުކުރައްވަނީ: އިންފަންޓީނޯ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމާ ބެހޭގޮތުން ބައްސާމާ އެކު މަޝްވަރާ ކުރިކަމަށް --- ފޮޓޯ: އިންފަންޓީނޯ އިންސްޓަގްރާމް
ޝޯޝަލް މީޑިއާގައި އިންފަންޓީނޯ ވިދާޅުވީ ބައްސާމާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒާ ބައްދަލުކޮށް ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.
"(ރާއްޖޭގެ) ފުޓްބޯޅަ ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާކޮށް، އަހަރެމެންގެ މި ހިތްގައިމު ކުޅިވަރު މި ރީތި ގައުމުގެ އިތުރު އަންހެން ކުދިންނާއި ފިރިހެން ކުދިންނާ ހަމައަށް ގެންދެވޭނެ ގޮތްތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާ ކުރިން،" ސޯޝަލް މީޑިއާގައި އިންފަންޓީނޯ ވިދާޅުވި އެވެ.
"ފީފާއިން އަބަދުވެސް މިތިބީ މި ޖަމިއްޔާގެ ހުރިހާ މެމްބަރު އެސޯސިއޭޝަންތަކަށް އެއްބާރުލުން ދޭން. އެއީ އެކަން އަހަރެމެން ވަރުގަދައަށް ގަބޫލުކުރާތީ."
ޖެނަރަލް ސެކްރެޓަރީ ޖަވާޒް (ކ) އާއި އިންފަންޓީނޯ އާއި ބައްސާމް އަދި ފުޓްބޯޅައިގެ އޮފިޝަލަކު ޕެރިހުގައި --- ފޮޓޯ: އިންފަންޓީނޯ އިންސްޓަގްރާމް
ފުލުހުން އެފްއޭމަށް ވަނުމުން، ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމަކު މިހާތަނަށް ފީފާއިން އެފަދަ އެއްވެސް ނިންމުމެއް ރާއްޖެއާ ބެހޭގޮތުން ނިންމާފައެއް ނެތެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް، "މިހާރު" ޖިނާއީ ތަހްގީގެއް ކުރަން، ފުލުހުން އެފްއޭއެމަށް ވަދެގެން ރާއްޖެ ސަސްޕެންޑް ނުކުރާނެ ކަމަށެވެ. ވައްކަމެއް ނުވަތަ ކޮރަޕްޝަނެއް ހިންގާ ނަމަ އެފްއޭއެމަށް ފުލުހުން ވެދަ ބަލަން ފީފާ އާއި އޭއެފްސީން ދެކޮޅު ނުހަދާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ވެސް ކުރިން ކުރެއްވި އާޒިމް ވިދާޅުވީ، ފީފާ އިން މައްސަލައިގެ ތެރެއަށް ވަންނާނީ، އެފްއޭއެމްގެ ލީޑަޝިޕަށް، އެ އެސޯސިއޭޝަން ހިންގަން ހުރަސްތައް ކުރިމަތިކުރާ ހާލަތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން މަޖުބޫރުކޮށްގެން ވަކި ބަޔަކު އެފްއޭއެމް ލީޑާޝިޕަށް ގެންނަން މަސައްކަތްކުރާ ހިސާބުން ފީފާ އިން ވަންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހިބަދޫފެލޭސްޓޭޑިއަމް
27 October 2023
ބައްސާމް މަހިބަދޫ ފުޓްބޯޅަދަނޑު ޕެލޭއައްވެސް ނޭގި ޕެލޭގެ ނަމަށް ބަދަލުކޮށްލާފަ ދިޔަގޮތައް ހަބަރެއްނުވޭ... ކުރިންވެސް އޮތް ދަނޑުއޮތީ ހަމައެކަނި ނަންބޯޑެއް ޖަހާލެވުނީ
ރައްޔިތުންގެ އަޑު
27 October 2023
ދާންވީކީ ފީފާގެ ރައީސް ކައިރިޔަކަށްނޫން. އިސްތިއުފާ ދީފައި ގެއަށް އަންހެނުން ކައިރިޔަށް.
ބަރުބާދު
26 October 2023
އޯކޭ ތީނަ ފީފާ ނުލިބުނިއްޔާ ތާންގަކައް އެރިއޮތަސް.
ދަތުރު
26 October 2023
ތިދަތުރުތަކައް ބޭކާރު ހަރަދުނުކޮއް ދަރަނިތައް އަދާކޮއްބަލަ.
ބޮއިކޯ
26 October 2023
މިދައްކަނީ މުއަޒަފުންނާ ގެންނަ ކޯޗުންނަށް މުސާރާ ނުދީ ތަންތަނަށް ދަރާފައިއޮތްތަނެއްގެ ވާހަކަ. ދެން މިއިވެނީ އެތަނުގެ އެކައުންޓަށް ފީފާއިިން ޖަމާކުރާއެތިކޮޅު ރައްޓެހިންގެ އެކައުންޓަށް ޖަމާވަމުން ދިޔަވާހަކަ. މިހިސާބަށް މިކަން ގޮއްސަވަނިކޮށް މިކަމުގެ ޝާމިލްވާ އެންމެ މުހިންމު "ޕާސަން އޮފް އިންޓަރަސް" ގެއްލިއްޖެ. ރާއްޖެއަކުނެތް. ޕެރިހުގައި. މީކިހިނެތްވާކަމެއް. ރިހާކުރުފުޅިއެއް ވަގަށް ނެގި މީހެއްނަމަ އޭނާގެ ޕާސްޕޯޓް އޮންނާނީ ހިފަހައްޓާފަކަންނޭގެ
މޯޑް
26 October 2023
ބަންސާމްވެސް ޗަރުކޭސް ނުދަށްކާ އިސްތިއުފާދީ
ކެނެޑީ
26 October 2023
އަހަރުމެން މިއޮއް މުސްކުޅިވަނީ އަދިމިއުޅެނީ އެއްކަމެއްވެސް ނުވެ އަވަހަށް އުޅެންވީ ފަންޑު ފޮއްޓެއް ހުޅުވަން އެއީދެން މިހާރު ހުރިހާވެސް އުންމީދަކީ
5
26 October 2023
ބައްސާމު އެނެގީ އޭނާ ބޭނުންވާ ފޮޓޯ.
ޕެލޭ
26 October 2023
ދެމީހުން ނަކީ ވެސް ވަރަށް ކރއޕޓ ދެ މީހުން .
ސަރީފާއްތަ
26 October 2023
ތިގޮތަށް ގަދަކަން ދައްކަން ނޫޅެ އިސްތިއުފާދީ. ތިމަގާމް ނުލިބިގެން އުޅޭ އެތެއް ބަޔަކު އެބަތިބި. ހަމަ ނުފޫޒާއި ފައިސާ ގެ ދަހިވެތިކަމުގައި.