30 އޮކްޓޯބަރ 2023 - 10:35
ހުޅުމާލޭގެ ބިންތައް ވިއްކުމާ ގުޅޭ އެއްވެސް މުއާމަލާތެއް، ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ނުހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް އަންގައިފި އެވެ.
އެ ކޮމިޝަނުން އިއްޔެ އެކަން އެންގީ އާބަންކޯ އިން ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތުތަކެއް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރި މުއާމަލާތްތަކެއް ނިންމުމަށް އެކަމާ ގުޅޭ 40 އައިޓަމެއް އާބަންކޯ އިން ދެން އެންމެ އަވަހަށް ބާއްވާ ބޯޑު ބައްދަލުވުމަކަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެކަމާ ގުޅިގެން، ހުޅުމާލޭގެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް މި ވަގުތު ނުހިންގަން އާބަންކޯ އަށް އިއްޔެގެ ވަގުތެއްގައި އަންގާފައިވާ ކަމަށް އެނގިފައި ވެ އެވެ.
ނަމަވެސް އާބަންކޯ އިން ނިންމަން އުޅޭ ބިމުގެ މުއާމަލާތުތަކާ ގުޅޭ ތަފުސީލެއް އަދި ނުލިބެ އެވެ.
އާބަންކޯ އިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހުޅުމާލެ އިން 60 ބިމެއް ވިއްކަން ނިންމައިފަ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ހުޅުވައިލީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިން ބީލަމުގެ އުސޫލުން ވިއްކުމަށެވެ. ބިމުގެ އަގު ފެށޭ އަގަކީ އެ ކުންފުނިން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3،500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒު ރަށީދު
30 October 2023
ހިލޭބެހިޔަސް ދައުލަތަށް އެއްޗެއް ލިބޭ ގޮތަށް ވިއްކައިގެން ނުވާނެ.
ރައިކާން
30 October 2023
އޭސީސީގަ އުޅޭ މުއިޒުގެ އެޖެންޓަކީ ކާކުތަ؟
ކޮލަރާޑޯ
30 October 2023
ބަރާބަރު ނިންމުމެއް. އެހެން ނޫނީ ހުރިހާ ގެެއްލުމެއް ލިބޭނީ ހަމަ ނިކަމެތި ރައްޔިތުންނަށް. މިފަހަރު އޭސީސީގެ ސްޓޭންޑަށް ތާއީދު ކުރަން،. އޭސީސީ 100
ހަބީބު.
30 October 2023
ހުޅުމާލެޔަކީ މާލޭގެ ރައްޔިތުންނައް ގޯތި ދިނުމައް ހިއްކިބިމެއް ތިގޮތައް ފައިސާ ވެރިންނައް ވިއްކައިގެންނުވާނެ
ކާޅުގުއި
30 October 2023
ބޮޑެތިވަގުން ހިފާ ހައްޔަރުކުރާ ދުވަސް ފެށޭނެ ނޮވެމްބަރު11 ވާ ހޮނިހިރުދުވަހު އަރާ އިރާ އެކު. ކުޑަގޮޅިތައް ފުރިބާރުވާނެ. އާ ޖަލެއް ރައްޔިތުންގެ ޓެކްސް ލާރިން ވަގުން ބައުތިއްބަން ހަދަން ނުޖެހޭނެބާއޭ ހިތައް ހަމައަރަނީ. ފޯރި ހުންނާން ދޯ.
ކޮރަލް
30 October 2023
ވެރިކަން ނިމުމުގެ ފަހު މަރުހަލާގަ ބަހާ ވިއްކާ ޖިބައްލެވުނު އެއްޗެއް ލާނެ އެވެ. ދެން އަލަށް ވެރިކަމަށް އަންނަ މީހާ އެމައްސަލަ ތައް ބަލާ ހުކުމް ކުރަން ވީ އެވެ.
އަސޭލ
30 October 2023
މި އޭސީސީ މީ ޕޮލިޓިކަލް ޓޫލް އެއް ދޯ. މި އެންގުން ތައް ނެރޭ މީހުންގެ ނަންތައްވެސް ހޯދާފަ ހާމަކޮއްބަލަ. އަދި ސަރުކާރެއް ބަދަލެއް ނުވޭ ސަރުކާރު ބޭނުންކަމެއް ކުރެވޭނެ ގާނޫނާ ގަވައިދާ އެއްގޮތުގެ މަތިން. ޔާމިނުދައުރުގަ ހިންގި އެއްކަމެއްވެސް މިމީހުނަކައް ނުބެލުނު. ދެން އަންނަ ސަތުކާރެއްގައި މިތަން އުވާލަން ގޮވާލައް، ބޮޑެތި ބަޖެޓު ދީފަ ކަމެއް ނުކުރެވޭ، މިތަން އުވާލާފަ، ކޮމަންވެލްތު ގެ އެސްޕަޓީސް އާ އެކު އާމުވައްސަސާ އެއް އުފަދަން ވެފޭ،
ކޮލަރާޑޯ
30 October 2023
ކަލޭމެން ބޭނުން ކަމެއް ނުވީމަ ޓޫލަކަށް ވެފަ ބޭނުން ކަމެއް ވާ ފަހަރު މި ވަނީ ގައުމީ އަބްތޯލުންނަށް، ހަމަ ޖެހޭ ވާހަކައެއް ދައްކަބަލަ
ކީއްވެތަ
30 October 2023
އޭސީސީ މިއީ ގާނުނަށްވުރެ މަތީގައި އުޅޭ ބައެއްތަ؟ ބަަލަ އާބަންކޯ އެއީ ރިއަލް އެސްޓޭޓް ހިންގާ ބައެއް. ގައުމަށް އާވެރިއަކު ހޮވުނީމަ އެމީހުން ވިޔަފާރިއާ މުއާމަލާތް ހުއްޓާލަން ޖެހޭތަ؟ ނޫނީ ތިޔަ ވިދާޅުވަނީ މުޅި ދިވެހިރާއްޖެއަކީ ވެރިމީހާ ބޭނުންގޮތަކަށް މޮޑެން އޮތް ފުށްގަނޑެކޭ ތޯ؟ ދެން އަހަރުމެން ރައްޔިތުންނަށް އަނެއްކާ އަންގާނީކީ ނޫން ވެރިމީހާ ހުވާކުރަންދެން ނުކައި ނުބޮއި ތިބޭށޭ.
އެބިންކާ
30 October 2023
ވަރަށް ރަނގަޅު ނިންމުމެއް. ވޯޓާގާތްކޮށްފަ ހުޅުމާލެ ފޭސް 2 ން ހިލޭ ގޯތި ބެހީ އެބިންތައް ގަނެގެންތޯ ބަލަންޖެހޭނެ. ހިންގާފަހުރި ޖަރީމާތައްވެސް ހޯދައި ބަލައި ހާމަކުރަންވާނެ.
ސޭކުބެ
30 October 2023
މިނިސްޓްރީ އޮފް ކޮންކްރީޓް އެންޑް ބިލްޑިންގްސް