ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

ހުޅުމާލެއިން ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި ކުރީގެ މުވައްޒަފެއްގެ މައްސަލައެއް ޕީޖީއަށް

އެޗްޑީސީ: އުސޫލުން ބޭރުން ގޯތި ދިން މައްސަލާގައި ފުލުހުން އެޗްޑީސީއަށް ވަދެ ވަނީ ބަލައި ފާސްކުރަން ފަށާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

21 އެޕްރީލް 2025 - 19:28

14 comments

ހުޅުމާލެ 2 އިން ބިމެއް ވިއްކާނެ ކަމަށް ބުނެ އެޗްޑީސީގައި ކުރިން އުޅުނު މުވަޒަފަކު އޮޅުވާލައިގެން ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.

އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަގާމުގައި އޭރު ހުރި ސީވިންޑް، ފުތިހަ ޝާކިރު 2022 ގައި ހުޅުމާލެ 2 އިން 2،600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް ބުނެ އެ ކުންފުނީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓު ސްލިޕްތަކެއް ތައްޔާރުކޮށް، 550،000ރ. އަމިއްލަ މީހެއްގެ އަތުން ނެގި ކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން މިއަދު ބުންޏެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން އެދުނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ އެވެ. ބިން ވިއްކާނެ ކަމަށް ބުނެ ފުތިހަ ހޯދާފައިވާ ފައިސާ ވެސް އެ ދައުވާގެ ތެރެއިން ހޯދަން އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

14 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 60%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

22 April 2025

ތިޔަ ކަހަލަ ސްކޭމް ހަދާ މީހުންގެ ފޮޓޯއާއެކު ވަނަވަރު ހާމަކުރަންޖަހޭ.

The name is already taken The name is available. Register?

ޕިސް

22 April 2025

ފުތިހަ އޭނ؟؟؟؟

The name is already taken The name is available. Register?

ޏަނާ

21 April 2025

ތި ރިޝްވަތު ދިން މީހާއަށް ވެސް ދައުވާ ކުރެވެންވާނެ! ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމަކީ ކުށެއް!

The name is already taken The name is available. Register?

ޖަމީލާފަރީދު

22 April 2025

އެމީހާ އެކަމުގެތެރޭގައި ވަނީ ނިޔާވެފަ ދެއްތޯ.

The name is already taken The name is available. Register?

ނަފާ

21 April 2025

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން ރަސްމީކޮށް އިއުލާން ނުކުރާ ބިމަކަށް ބައިމިލިއަން ރުފިޔާ ދެއްކުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ.މި މައްސަލައާ ގުޅިގެން އިތުރު ތަހުގީގުތައް ކުރިއަށްދާއިރު، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާކޮށް، ޝަފާފުކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ރައްޔިތުން އުއްމީދު ކުރާ ކަން ފާހަގަކުރެވެއެވެ.

The name is already taken The name is available. Register?

މހއމ

22 April 2025

ވަޓް އިޒް ޝަފާފުކަމާއެކު؟ ޕްލީޒް އެލޮބޮރޭޓް.

The name is already taken The name is available. Register?

އަރަ ބެދި

21 April 2025

ތިތާ ގައި ގިނަވާނީ ޕުރައިވެޓު ސުލީޕު! އަދި ތިތާގެ ބޮޑު މީހާ އިން ފެށިގެން ޓައި އިން ކަރުގައި ވާންކޮށޮގެން އެނބުރޭ ބުރޯ އިން ދިރި އުޅެނީ ޕުރައިވެޓު ސުލީޕުން ހޯދާ.. އިން

The name is already taken The name is available. Register?

ދަލޭކަ ދައިތަ

21 April 2025

ބަލަ ރިޝްވަތުގެ ފައިސާއިން ބިމެއް ލިބިގަންނަން އުޅުން ގޯސްނުވެގެން އުޅެނީ ކީއްވެބާ؟ ދޭމީހާ އާ ލިބިގަންނަމީހާ އާ ދެމީހުންވެސް މިކުރަނީ ކުށެއް.

The name is already taken The name is available. Register?

މހއމ

22 April 2025

އޭނާ ސްކޭމް ވީމާ ކަން ނޭނގެ.

The name is already taken The name is available. Register?

ކޮރަލް

21 April 2025

ސޮރެއް ވީމަ މައްސަލަ ބަލަނީ އެވެ. ވެރި އެއް ވީމަ ގޮތެއް ނުހެދެ އެވެ.

The name is already taken The name is available. Register?

ސަރޫ333

21 April 2025

ފުތިހާ ތީ ހަމަ އަސްލުވެސް ބޮޑު ވ .

The name is already taken The name is available. Register?

މިއައު

21 April 2025

ފުރަތަމަ ކަމަކަށް ތިހާ އަނދިރީގަ ހަމައާ އުސޫލުން ބޭރުން މުވައްޒަފަކަށް ލާރި ދީގެން ތިކަން ކުރަން ވިސްނުންވެސް ގޯސް. އެކަމު މިއީ ރާއްޖެ، ތިކަހަލަ ގޮތަކަށް ކަޓަކުން ނޫން ގޮތަކަށް ކަމެއ ވުމަކީ ނާދިރު ކަމެއް

The name is already taken The name is available. Register?

މަލްދައްތަ

21 April 2025

މިސަރުކާރުގެ ފަޒުލް އެމްޑީ ކަމުގަ އެޗްޑީސީގެ މުވައްޒަފުން ތެރެއިން ވައްކަންކުރި ބައެޢް މުވައްޒަފުންސަސްޕެންޑް ކޮށްފަ އަލުން ވަޒީފާއަށް ނެރެފަ ،އޮއްބާލީ ކުންފުނީގެއެސެޓްސް އިން ވައްކަންކުރުމާއި، ނާޖާއިޒު ފައިދާނެގުން މާ ބޮޑުކަމަކަށް މި ސަރުކާރުންނުދެކޭ

The name is already taken The name is available. Register?

މހއމ

22 April 2025

އެވެސް ވަކި ލެވެލް އެއްގެ ބައެއް ކުރީމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454