މޯލްޑިވްްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި ބޮޑު ހިޔާނާތުގެ މައްސަލާފައި އެ ކޯޕަރޭޝަނުގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏަކާ ދެކޮޅަށް މަނީ ލޯންޑްރިން ގެ ދައުވާ ކުރަން ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަކަށް ފަހު އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ޒިޔަތުގެ އާއިލީ ކުންފުންޏެއް ކަމަށްވާ އެމްއެޗްއާރް ޓްޜޭޑިން ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކުރުމަށެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހިންގީ ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ އެސްސޯއެފް ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްގެންނެވެ.

އޭސީސީން މިއަދު ބުނި ގޮތުގައި އެމްއެޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ދައުވާކުރަން ފޮނުވީ އެސްއޯއެފަށް ޖަމާކުރި ފައިސާގެ ތެރެއިން 325،000 އެމެރިކާ ޑޮލަރުގެ އެކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައި ވާތީ އެވެ.

އެ ކުންފުނިން ހިންގާ "ތަރުކާރީ ފިހާރަ" އެއްގެ އެކައުންޓަށް ފައިސާ ޖަމާކުރީ 2014 ވަނަ އަހަރާއި ދެމެދެދު، އެކި ފަހަރު މަތިން ޗެކް މެދުވެރިިކޮށް ކަމަށް ވެސް އޭސީސީން ބުންޏެވެ. އެ ފައިސާ އަކީ ޑޮލަރު ވިއްކުމުގެ މުއާމާލަތަކުން ލިބުނު ފައިސާ ކަމަށް ދައްކަން އެކުންފުނިން މަސައްކަތް ކުރި ނަމަވެސް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

"...އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ އދ.ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީ އަށް ދެއްކި 50,000.00 ޑޮލަރު (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އެމްއެޗްއާރްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށްވާ ޢަބްދުﷲ ޒިޔާތު މެދުވެރިކޮށްކަމާއި އެ ޗެކު އެމްއެޗްއާރްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށްށްވަނީ ހޯދިފައި،" އޭސީސީން މިއަދު އާއްމު ކުރި މައުލޫމާތުގައި ބުންޏެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ އދ.ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކޯޕަރޭޝަނަށް ދެއްކި 50,000.00 ޑޮލަރު (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އެމްއެޗްއާރް ގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ހިޔާނާތުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށްވާ އަބްދުﷲ ޒިޔާތު މެދުވެރިކޮށްކަމާއި އެ ޗެކު އެމްއެޗްއާރް ގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.