މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތާ އެކު ދައުލަތުން ހަދާފައިވާ ޕްލީބާގެއިން އެއްބަސްވުން ދައުލަތުން އުވާލައިފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޒިޔަތު ދައުލަތާ އެކު ޕްލީބާގެއިން އެއްބަސްވުމެއް ހަދާފައިވަނީ އޭނާގެ މައްޗަށް އުފުލި 32 ދައުވާ އަށް އެއްބަސްވުމަށާއި އަދި އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތު ކޮށްފަ އެވެ. އެއީ އޭގެ ބަދަލުގައި ލުއި އަދަބެއް އޭނާ އަށް ދޭ ގޮތަށެވެ.
އެނގިފައިވާ ގޮތުގައި އެ އެއްބަސްވުން ދައުލަތުން ބާތިލުކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އޭގެ ސަބަބެއް އަދި ނޭނގެ އެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް އެކަމާ ބެހޭގޮތުން އެއްޗެއް ނުބުނެ އެވެ.
ޒިޔަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކެކެވެ.
ޒިޔަތު މިހާރު ގެންދަނީ 11 އަހަރުގެ ޖަލު ހުކުމަކާއި އިތުރު އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އޭނާގެ އިތުރުން އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ވެސް ދައުލަތުން ޕްލީ ބާގެއިން އެއްބަސްވުމެއް ހެދި އެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބުގެ މައްޗަށް 20 އަހަރު ޖަލު ހުކުމެއް އިއްވައި އަދި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އޭނާގެ މައްޗަށް ކޮށްފަ އެވެ.