އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ފަތުރުވެރިޔާ ޕޮލިސް ސްޓޭޝަން ގޮނޑިއެއްގައި އޮށޯވެގެން.--
31 އޮކްޓޯބަރ 2023 - 15:48
ޗައިނާގެ ޓޫރިސްޓު މީހާ ރާއްޖެ އިން ފޮނުވާނުލެވެނީ އޭނާ އެ ކަމަށް ދެކޮޅު ހެދުމުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އެއީ މި މަހުގެ 19 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަންތަނަށް ކުޅުޖަހައި، އަޑުގަދަކުރި މީހެކެވެ. އޭގެ ފަހުން އޭނާ ފުރަތަމަ އުޅެމުން ދިޔައީ އެއާޕޯޓުގަ އެވެ. ފުލުހުން އޭރު ބުނީ އެ މީހާ އަށް ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހު، އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން މިދިޔަ ހަފުތާއާ ހަމައަށް އޭނާ ދިރިއުޅެމުން އައީ މާފަންނު ޕޮލިސް ސްޓޭޝަންގަ އެވެ. އެ މީހާ އަށް ނަސޭހަތް ދިނުމުން ވެސް އުޅުނީ އެ ތަނުގައި ކަމަށް ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ މައްސަލާގައި އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޓޫރިސްޓު މީހާ ރާއްޖެ އިން ފުރަން އޮތީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
ނަމަވެސް ޗެކިން ވުމަށް ފަހު، އިމިގްރޭޝަން ކްލިއަރެންސް ވެސް ނިންމައި، އޭނާ ފްލައިޓަށް އެރުމަށް ދެކޮޅު ހެދީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެހެންވެ، ފްލައިޓުން އޮފްލޯޑު ކުރުމުން، އެއާޕޯޓުގެ ވެއިޓިން އޭރިއާގެ ގޮނޑި ބަރީގައި ނިދައި، އެއާޕޯޓު ބޭނުންކުރާ މީހުންނަށް އުނދަގޫވާ ގޮތަށް އެ މީހާގެ އަމަލުތައް ހުރުމުން ޓޫރިސްޓް ޕޮލިހުން އިމިގްރޭޝަނާ ހަވާލު ކުރި ކަމަށް ވެސް އިމިގްރޭޝަނުގެ ބަޔާނުގައި ވެ އެވެ.
މަނުޖެހުން ހިންގި ފަތުރުވެރިޔާ ޕޮލިސް ސްޓޭޝަން ތެރޭގައި ދިރިއުޅެމުންދާ ކަމަށް ފުލުހުން ބުނޭ.--
އެކަމަކު، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި މި ވަގުތު އަންހެނުން ބަހައްޓަން ވަކި ހާއްސަ ޖާގައެއް ނެތުމުން އޭނާ އަށް ވީ އެންމެ އަވަހަށް ފުރުމަށް އެންގި ނަމަވެސް އެ ޓޫރިސްޓުގެ ފަރާތުން އެކަމަށް އެއްބާރުލުން ނުލިބުނު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ މެދުވެރިކޮށް، އޭނާގެ އާއިލާ އަށް ގުޅައި، ފުރުވައިލުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކޮށްދިނުމަށް މިހާރު ފޮރިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި އެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ނަމަވެސް އޭނާގެ އަމަލުތައް ހުރި ގޮތުން، ފޮރިން މިނިސްޓްރީން އިންތިޒާމުތައް ހަމަޖެހެންދެން ވެސް ފުރުމާ ހަމައަށް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓުމަށް ނިންމީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސްބުނުމީހާ
02 November 2023
ތިގޮތަށް މީހުންނަށް ފުރުޞަތު ދެވިގެންނުވާނެ. ޤާނޫނު ތަކާއި ޤަވާއިދު ތަކުގެ ދަށުން އަދަބުދިނުމަކީ ދިވެހިންނަށް އެކަނި އޮންނަ ކަމަކަށް ތިޔަހެދެނީ. ތިމީހާ ބަހައްޓަންޖެހޭނީ ފުލުހުންގެ ބެލެމުގެ ދަށުން ޖަލށްނލެވިފައި. މައްސަލަ އިމިގުރޭޝަނުން ކުރިޔަށް ގެންގޮސް މީހާ ފޮނުވާލަންވީ. ނުވިތާކަށް ޗައިނާ އެމްބަސީ އާއިވެސް ހަވާލުކުރެވެންވާނެ. ބަސްނޭހީމާ ވެސް ހަމަ އޯކޭ. ގޮތް ހުސްވި ސަރުކާރުތަމީ.
ަސޭޑް
01 November 2023
ގާނޫނުތަކަށްވުރެ މަތީއުޅޭ މިކަހަލަ ވިޔާނުދާ މީހުން ޖަލަށްލާ
ޗައިނާ
02 November 2023
ޗައިނާ އިން ޖެހޭނެ، އޭނަ ބެލުމުގެ ހުރިހާ ހަރަދެއް ކަވަރ ކުރަން، ނޫނީ ރާއްޖެ އައިސް އެންމެން ތިހެން ހެދީމާ ރާއްޖެ ޖަލުބހަރަދު ވެސް ކުރަން ޖެހޭނީ
ޑެރަ
01 November 2023
ޗައިނާ އެމްބަސީން ކީއްވެބާ އަލައިނުުލަނީ
ވިކިލީކްސް
31 October 2023
މީނާގެ އަސްލު މައްސަލަ ސާފުކުރަން އެބަޖެހޭ. މީނާގެ އަތުގަ ހުރި ފައިސާތައް ދިވެއްސަކު ނެގީމަ އެމައްސަލަ ނުބަލަން އުޅެނީތަ؟ ނޫނީ މީނަ ނުލަފައީތަ. ރާއްޖޭގެ ގަވާއިދުތަކާ ގާނޫނުތައް މުގުރާ ބިދޭސީން ވަގުތުން ޑީޕޯޓް ކުރެވެން ޖެހޭނެ. ފުއްޕަންޏާ ކޯޓަށް ވައްދާ.... މީނާ ކުރިމިނަލްކޯޓަށް މުއްދަތު މަޖިލީހަށްވެސް ނުގެންދެވެނީތަ؟ މުޖުތަމައުގެ ސަލާމަތަށް ނުރައްކާކުރަންޏާ ހޯމްމިނިސްޓްރީން އަންގާ ތަނެއްގަ ބަހައްޓަން ގާޒީ ކައިރީގަ ދައުލަތަށް ދެންނެވޭނެ.
ކުޑަކަތީބު
31 October 2023
ދެކޮޅު ހަދަނީ ކީއްވެގެންކަން ބުނެދީފާންންް!
ބޮރިސް
31 October 2023
ޗައިނާމީހެއް. އެގައުމެ އެންބަސީއެއް އެބަހުރި. އޭނަ ދާން ބޭނުންނުވަންޏާވެސް އެތަނުގައި ބަހައްޓަންވީނުން ގޮތެއް ނިމެންދެން އަހަރުމެންތަ ބަލަންޖެހޭނީ. ނޫން އޭނަ އެއުޅެނީ އަހަރުމެންލައްވާ ޗައިނާ ދިމާލަށް ނުބައިއެއްޗެހި ކިއުއްވަން
ތިއީ އިންޑިއާ މީހެއްނަމަ ނިމުނީ
31 October 2023
ތިހާ ލަދުހަޔާތްކުޑަކޮށް އިންޑިއާ މީހަކު އުޅޭނަމަ އެއުޅޭ ބައިގަނޑު އަނގަ ހުއްޓާ ނުލާނެ އެވެ.
ކެތިނަކަތް
31 October 2023
މީގައުމެއްތަ؟ ދެންބުނެބަލަ އިންޑިޔާ ސިފައިން ބާލާނެގޮތެއް.
ކަބީދު
31 October 2023
މިވަގުތަކަަށް އޮތް އެންމެ ޕޯޓެންޓް ވެޕަންއަކީ ނަސޭހަތް ދިނުން،
ބައްޕީލެހެރީ
31 October 2023
މިވަރުން ކިހިނެއް އަހަރުމެން ބޮޑުކަމަކާ ކުރިމަތިލާނީ، ކުރަންވެއްޖެ ހާލަތެއްގައި ހަގުރާމައެއްވެސް. މިކަމާގުޅޭ ހުރިހާ މިނިސްޓްރީއޮތް އެއޮތީ ޕެރެލައިޒްވެފަ އަންހެނަކު ބޮޑާހޭކީމަ.