ތިލަފުށީގެ ދެވަނަ ފިޔަވަހީގެ އޭރިއާ ބީ ހިއްކާ ނިމިފައި.-- ފޮޓޯ: އާބަންކޯ
31 އޮކްޓޯބަރ 2023 - 16:48
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ބައި ހިއްކާ ނިމިއްޖެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ނޫސްބަޔާނެއްގައި ބުނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ "އޭރިއާ ބީ" ހިއްކާ ނިންމައި، "އޭރިއާ އޭ" ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ހިއްކާ ނިމުނީ 39.6 ހެކްޓަރުގެ ސަރަހައްދެއް ކަމަށް ވެސް ބުންޏެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކަމުން އަންނަނީ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. އެއީ އޭރިއާ އޭ، ބީ އަދި ސީ އެވެ.
ތިލަފުށި 2 ވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގުޅޭ. #ThilafushiDevelopment#WithUrbanco pic.twitter.com/Qoczq7kUrT
— Urbanco (@hdcmaldives) October 31, 2023
"އޭރިއާ އޭ" ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައި ވަނީ 71.5 ހެކްޓަރުގެ ސަރަހައްދެއް ކަމަށް އާބަންކޯގެ ބަޔާނުގައި ބުންޏެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ހިއްކަނީ 151 ހެކްޓަރުގެ ސަރަހައްދެކެވެ. މި ޕްރޮޖެކްޓަށް ހަރަދުވާ ވަރެއް އާބަންކޯ އިން ނުބުނެ އެވެ.
މާލެ ސަރަހައްދުގެ އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ތިލަފުށީގެ ދެވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގަ އެވެ.
ތިލަފުށި ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެވެ.
ސީއެޗްއީސީއާ އެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލަން ޖެހޭ ގޮތަށެވެ.
އެ ކުންފުންޏަކީ ސިނަމާލެ ބްރިޖު ހެދި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ. މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ބްރިޖު މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެ ކުންފުންޏާ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ތިލަފުށީ ތަރައްގީގެ ޕްލޭނަކީ މާލޭ ސަރަހައްދުގެ ތަރައްގީގެ ޕްލޭނާއި ތިލަމާލެ ބްރިޖު ޕްރޮޖެކްޓާ ވެސް އެކީ ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެެޓް
01 November 2023
ހިއްކާ، ވިއްކާ ނިމިއްޖެ.
ގޯތިތައްފެނޭތޭ
01 November 2023
ފެނޭތަ. ގޯތިތައް އެހެރަ ފެނުން މައްޗަށް އަރަނީ. ވަކިމީހަކު އައިސްގެން ވާންއޮތްކަމެއް ނޫން އެއަކީ.
ބޮޑުމީހާ
31 October 2023
ހިކިފަސް ބޮޑެތި ރަށްތައް މިގައުމުގައި ހުރި އިރު ގައުމުގެ ބަޖެޓް މި ހުސްކޮށްލަނީ ކަނޑު ފަޅު ހިއްކުމުގައި. މާލެ ތޮއްޖެއްސުމުގެ ސިޔާސަތުގައި އެތަކެއް ޖީލެއް ގެދޮރު ނުލިބި ހިގައްޖެ. އަނެއް ޖީލުވެސް ނިމެނީ މިކަހަލަ ގޮތަކަށް
ހުވޭ
31 October 2023
ވަށައިގެން ހިއްކުމުގެ ބަދަލުފައި މުޅިފަޅު އެއްކޮށް ހިއްކަބަލަ.
ޑރ ޖާބެ.
31 October 2023
ޑރ މުއިައްޒަކީ ދުރުވިސްނޭ ކަންކަން އިގޭ އަދި ކަންތައް ކުރާނެ ރައީސެއް. އައް
އޮނަރަބްލް އަފީފު ދީދީ
31 October 2023
ދިވެހި ދައުލަތުގެ ޙަޒާނާއާއި ދައުލަތަށްލިބޭހާ މާލީއެހީއާއި ތަނަވަސްކަމުގެ އިތުރަށް އަންނާން އޮތް 4 ޖީލަށްވެސް އަރައިނުގަނެވޭވަރަށް ދަރަނިނަގާ (މިހާރުވެސް 200 ބިލިޔަން ޑޮލަރުގެ ދަރަނި ނަގާފައިވޭ) ކ.އަތޮޅުގެ ކަނޑު ފަޅު ހިއްކާފައި ރާއްޖޭގެ އެހެން ހުރިހާ ރަށްރަށުގެ "ދިވެހި ރައްޔިތުން" ބާކީކޮށް ވަކި ރަށެއްގެ ރަށްވެހިންނަށް މާލީ މަންފާ ލިބުމަށް މަގުފަހިކޮށްދިނުމަށް ތިކަންކަން ކުރަނީ ރާއްޖޭގައި މީހުން ދިރިއުޅެން ކަމުދާ އެހެން ރަށެއް ނެތީމަތޯ.!؟
ނަސީމާ.
31 October 2023
ގުޑު ޕޮއިންޓް. މަވެސް މިހުންނަނީ ހަމަ އަޖައިބު ވެ އަންތަރީސްވެފަމިމީހުން ކަންކަން ކުރާގޮތުން.
އެދުރުބޭބެ
31 October 2023
ގައުމު ތަރައްގީވެ ކުރިއަރަމުން ދާވަރަކަށް ކެޕިޓަލް ސިޓީ ވެސް ކުރިއަރަމުންދާނީ. އަދި މީގެ 10 އަހަރު ފަހުން މިހާރަށްވުރެ 3 ގުނަ އިތުރަށް އިމާރާތްތަކާއި ވަޒީފާތައް އުފެދިގެންދާނެ. އެކަމަކު ދެރައީ އެ ވަޒީފާތަކަށް މުޅިން ވެސް މި ނުކުންނަނީ ބިދޭސީން ކަމުގައިވާތީ. އެކަން އިސްލާހު ކުރަންވީ. ދިވެހިން ވަޒީފާތަކަށް ނުކުންނާނީ އެމީހުނަށް ވެސް ރަނގަޅު އެކަމަޑޭޝަން ކެއިން ބުއިން ދީގެން. ރަނގަޅު މުސާރަ ދީގެން. އޭގެ ފަހުން ހިނގާ ލ އަތޮޅާ ތިއަތޮޅާ ކުރަހަން.
އަފްރާސިޔާބު
31 October 2023
ބަލަ ދީދީ މިއުޅެނީ އެއްފަސްކުރާށޭ. ދީދީ މެން ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްގީ ކުރާށޭ ބުންޏަސް އެހެންވާކަށް ނެތް. "ދިވެހި ރައްޔިތުން" ބާކީ ނުވެ މިތަނަށް އެންމެން އަންނަންވީނުން. އެއިރުން ދީދީ ހިށި ރަށް އަފިރިންނަށް ޓޫރިޒަމަށް ކުއްޔަށް ދެވޭނީ. އާދޭ މިތަނަށް. އެންމެން އާދޭ.ލަސްނުވެ އާދޭ.
ގުދުގުދާބެއްޔާ
01 November 2023
މިމިހުރީ އަޖައިބުވެ އަންތަރީސްވެފަ އައްޑޫ މީހުންގެ ރޭސިސްޓް ކަމުން! ރޭގަނޑު ދަންވަރު 500 ގޯތި އައްޑޫއިން އެކަނި އައްޑޫމީހުންނައް ދިނީމާ މިއުޅޭ އަފީފު ދީދީމެން ތިބެނީ އެކަން ނުފެންނަކަމަށް ހަދައިގެން! އައްޑޫއިން ހިލޭ ގޯތި ދެނީ އެއީ ކަލޭމެންގެ ތަރިކަ މުދާގަނޑެއްތަ؟
ފައިސަލް.
01 November 2023
އަފީފު ދީދީގެ ވަރަށް މޮޅު ކޮމެންޓެއް.