ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ: ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ތަދައްހުލްވާން ޑިމޮކްރެޓްސް އިން ވަނީ ނިންމައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
31 އޮކްޓޯބަރ 2023 - 20:53
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދަ ޑިމޮކްރެޓްސް ޕާޓީން ތަދައްހުލްވާން މިއަދު ނިންމައިފި އެވެ.
ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް އިން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެއީ މަޖިލީހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް ގަބޫލުކުރައްވާތީ ދުސްތޫރީ އެ މައްސަަލައިގެ ތެރެއަށް ތަދައްހުލުވާން އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމުން މައްސަލަ ކުރިއަށް ނުގެންދެވިގެންނެވެ.
"ގަވާއިދުގައި، ގާނޫނު އަސާސީގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ލިޔެފައި ވަނިކޮން ދެން އެ ކަމެއް އެހެން ގޮތަކަށް ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެހެންވީމާ އަޅުގަނޑުމެއްނެއް ނޫން މަޖިލިސް ހުއްޓުވާލައިގެން މި އުޅެނީ. އާދެ އަޅުގަނޑުމެން ތަދައްހުލްވާނަން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަށް ހައްލު ހޯދުމަށް،" އާޒިމް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އާޒިމް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
އާޒިމް ވިދާޅުވި ގޮތުގައި، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އާޒިމް ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނުއަސާސީއާ ހިލާފުވެފައި ކަމަށާއި އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވީ ނަމަވެސް އެ ޖަލްސާއަށް މިނިސްޓަރު ވަޑައިނުގަތުމުންނެވެ.
އެގޮތަށް މިނިސްޓަރު ނިންމެވީ ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާތީ މިއަދުގެ ޖަލްސާ އަށް ބަޖެޓް ހުށަހަޅަން ވަޑައިނުގަތުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ލަފާ ދެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާމީހާ
01 November 2023
މަޖިލީހުގައި ތިމާމެން މެންބަރުންގެ ކަންކަން އަމިއްލައަށް ހައްލުކުރަން ނޭނގޭ މީހުން މަޖިލިސް މެންބަރުންނަށް މިތިބެނީ. ދެން ކިހިނެން މިމީހުން އަދި އެހެންބަޔަކު އަމަލުކުރާނެ ޤާނުނެއް ހަދާނީ. ތިމާމެންގެ އަމިއްލަ ކަންކަމާބެހޭ ގޮތުންވެސް ދެކޮޅުޖެހޭ ގަވައިދެއް ހަދާލަން ނޭނގެ!! ހިތުން މިވަރުގެ ބައެއް ނެތް!!
އައްޔަ
01 November 2023
މިއާޒިމްއަކައް ނުފެނޭތަ އިތުބާރުނެތްކަމުގެ މައްސަލަަ ހުށައަޅާފަ އޮއްވާ މަޖިލީހުގެ އެހެންމައްސަލައެއް ކުރިޔައް ނުގެންދެވޭނެ ކަމައް މަމިލީހުގެގަވާއިދުގަ ލިޔެފައޮއްވައެއް,މުއިއްޒުހުވާކުރުމުގެ ރަސްމިއްޔާތައް ހުރަސްއެޅުމުގެ އެއްވެސް ނިޔަތެއް އެމްޑީޕީ އަކުނެއް,އާޒިމް ނެގިނެގިފަޖެހުނަސް ﷲ އިރާދަކުރެއްްވިއްޔާ ތިނަސީދު މިފަހަރު ދުރުކުރާނެ, އިންޝާ ﷲ,
އަލިފުޅު3
01 November 2023
އަންނި އަށް އޭނާގެ ސައިޒު މިހާރު އެގެން ވެއްޖެ، ހަމަ އެންމެ 15 ހާސް. ދެން. ގޭގަ އޮވެބަލަ!
ޞޑގސ
01 November 2023
މިނަޝިދު ދަސްކޮށްދޭ ގޮތަށް ޑިމޮކްރަސީ ދަސް ކޮށްދޭނެ މީހަކު ހޯދަން ލާހިކެއް ނޫން. ވަރަށް ސަލާން
މިލިއަނާ
01 November 2023
ނަސީދުގެ މުޅި ސިޔާސީހަޔާތް ބަނަކޮށްލި މީހުންނަކީ އީވާ އާއި އަލީ އާޒިމް.
ޢިބޫ
01 November 2023
ދެންވެސް އެޖެންޑާކޮއްފަ ބަހުސްއައް ހުޅުވާލާއިރައް މައްސަލަ އަބުރާނަގާނެ އެމް ޑީޕީގެ އަގުވެއްޓި ގަޓުގެއްލިއްޖެ
ބޭޒާރުވާނެ
01 November 2023
ވަންނަންވާނެ. ވަނީމަ ބޮޑަށް ބޭޒާރުވާނީ.
ހެހެހޭ
01 November 2023
އެމެރިކާ ވައްނާނެ ކޮންމެ ދޭތެރެއަކައް އިޒުރޭލު މީހުންގެ ދިފާއުގަ. ފަލަސްތީނޫގަ ގަދަބާރުން އެތިބީ އިޒުރޭލުން އަތްގަދަކޮއްގެން އެކަން ދައްނާނެ މުޅި ގައުމު… ޕުލީސް ކޮމަންޓް ލައިދީ
އަބްޑޫޅް +
01 November 2023
ޕޮސްޕޮސް.
ހުދުއައިނު
01 November 2023
ޢަދި ތިޔަ ޑިމެކްރޭތުންގެ އެތެރޭގެ ހުޅުފަޅާއިގެން އެކަކު އަނެކަކައް ވަގައް ގޮވާނެ.
ހަސަންބޭ
31 October 2023
އަހާ! ނުވަދެ ބޭރުގައިބާ މިތިބީ. މިއޮތްހާ ދުވަހު މަހީކޮށްގެން މިއުޅެނީ މައްސަލަ މިއުޅެނީ ޑިމޮކްރެޓްސް އާއި ޢެމްޑީޕީ މެދުގައި ކަމެއް. މިއަކީ މަޖިލީހަކާއި މެންބަރުންނަކާއި އޮތްކަމެއް ނޫންކަމަށް.