ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަޕޯޓަރުން އެމަނިކުފާނާ ސަލާންކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
31 އޮކްޓޯބަރ 2023 - 22:24
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތަށް އާންމުންގެ 1،000 މީހުންނަށް ވަދެވޭނެ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ފިރުޒުލް ވިދާޅުވީ މުއިއްޒު ރައީސުލްޖުމްހޫރިއްުޔާ ކަމުގެ ހުވާކުރެއްވުމަށް އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތަށް ހާއްސަ ދައުވަތުގެ ގޮތުގައި 3،500 ބޭފުޅަކަށް ޖާގަ ހަމަޖައްސާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމުންގެ 1،000 މީހަކަށް ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ. އެ ރަސްމިއްޔާތު ބާއްވަނީ އެންމެ ހަރަދު ކުޑަކޮށް އިންތިޒާމުތައް ކުރެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ މައިދާނުގައި ބާއްވާ ގޮތަށް ނިންމާފައިވާ އެ ރަސްމިއްޔާތު މޫސުން ގޯސް ދުވަހަކާ ދިމާވެއްޖެ ނަމަ ބާއްވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22.9 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން މިހާރު އަންނަނީ ޖުމްހޫރީ މައިދާން ބަންދުކޮށް ރަސްމިއްޔާތަށް އެ ސަރަހައްދު ތައްޔާރު ކުރަމުންނެވެ.
އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންނަނީ އިންތިހާބީ ރައީސްގެ އޮފީހާ ގުޅިގެން ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮޖޭން
02 November 2023
މުއިއްޒުގެ ވިސްނުން ހަމަ ތަފާތީ
ހުޝާމު
01 November 2023
ތީ އަހަރުން މުއިއްޒު އަށް ތާއީދު ކުރާ ސަބަބަކީ. ހުރިހާ ރައްޔިތުން ބައިވެރި ކޮށްގެން ކުރާތީ ކަންކަން
ގާސިމު
01 November 2023
އަހަރެން ހީކުރީ އެއްވެސް އާމު މީހަކަށް ނުވަދެވޭނެ ކަމަށް. އެކަމަކު މި ހަބަރު ފެނުނީމަ ވަރަށް ހެޕީ
ޖިހާދުު
01 November 2023
ކަލޯ ވަރަށް އުފާވެއްޖެ. މަވެސް ދާނަން ހުވާކުރާތަން ބަލަން
ޔައިޝްް
01 November 2023
މިހާ ބޮޑަށް ރައްޔިތުންގެ ބައިވެރިވުން އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތެއް ނެތް މީގެ ކުރިޔަކުން
ސުހުރާބޔ
01 November 2023
މާ އަގު ބޮނޑު އެގޭތޯ، ތިކަން ކުރާއިރު ގަ ، ލޭބާރ ކޯސްޓް ހަމަ ޒީރޯ، އެމީހުން ނަށް ދޭން ވާ އެތި ކޮލު ލަނީ ސިފައިންގެ އެކަން ހިންގާ މީހާ ގެ ޖީބަށް. އަދި މީގެ އިތުރަށް ވެސް ނުއަގުގެ ކޯޓު ކުރާނީ، ގިނަ ފަހަރު ދެރަކަމަކީ ، ގިނަ މަސައްކަތް ތައް އަން އޯގަނައިޒް ކޮށް ހިނގާތީވެ. ވަރަށް ގިނަ އިން މިފަދަ ކަން ކަމުން ބޮޑު ފައިދާ އެއް އެބަ ނަގާ ސިފައިންގެ މިފަދަ ކަން ކަން ހިންގާ މީހުން.
ބޮޑުރިޔާ
01 November 2023
ހުވާކުރާ ރަސްމިއްޔާތު ޖުމުހޫރީ މައިދާނުގައި ބާއްވަނީ އަނެއްކާ ރައީސް އޮފީހާ ކައިރިވީމަތަ އުޅޭގޮތުން ހަމަ އަހާލީ ކިހާވަތަކުންދާނެބާ އަނެއްކާ
މުނާލް
01 November 2023
22 މިލިއަން ހަރަދު ކޮށްގެން ރައްޔިތުން ބައިވެރިކުރަނީއޭ ކިޔާފަ އެންމެ 1000 އާއްމުންގެ މީހުންނަށް ދައުވަތު ދެނީ؟ މިކަން ސިމްޕަލޮކޮށް މަޖިލީހުގައި ބޭއްވޭނެ. ރަށެއްގެ ފަޅުފުންކުރިއްޔާ މާރަނގަޅުވާނެ. ނޫނީ އެމް އާރް އައި މެޝިނެއް އައިޖީއެމްއެޗް އަށް ގެނެސްދިނިއްޔާކީއްތަ ތިހެން ފައިސާ އިސްރާފުނުކޮށް؟
ލަބްޔާ
01 November 2023
ބޭނުމެއް ނޫން ތިތަން ބަލަން ދާކަށް. މީ ދެން ކޮން ބޭކާރު ޚަރަދެއް. އަހަރެމެންނަކީ އެމެރިކާ ފަދަ މުއްސަނދި ތަނެއް ނޫން. ރައްޔިތުންގެ މަޖިލިހުގައި ތިކަން ކޮށް ނިންމާލެވޭނެ. ޓީވީން ބަލަން ބޭނުން ބަޔަކަށް ފެންނާނެ. ރައީސުން ތިމާގެ ބޮޑާކަން ދައްކަން ކުރަން އުޅޭ ކަމަކާ ވައްތަރީ ގަލޮޅުދަނޑާއި ޖުމްހޫރީ މައިދާނުގައި ހުވާކުރުމަކީ.
ބޮނޑޮ ބަތް
01 November 2023
އެ އެއްހާސް މީހުންގެ ލިސްޓުގައި ޕީޕީއެމްގެ އެކަކު ވެސް ނެތް! ވަރަށް ބޮޑު ބޭ އިންސާފެއް