މިފްކޯގެ އާ ލޯގޯ -- ފޮޓޯ: މިފްކޯ
01 ނޮވެމްބަރ 2023 - 17:40
މިފްކޯ އިން ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި ހިދުމަތްކުރާތާ 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިވެހިވަންތަ ގޮތަކަށް އެ ކުންފުނީގެ ލޯގޯ ބަދަލުކޮށްފި އެވެ.
މި ލޯގޯ ފާސްކުރީ މިދިޔަ ޖޫން މަހު އެ ކުންފުނީގެ ބޯޑުންނެވެ. މި ލޯގޯ މިއަދުން ފެށިގެން މިފްކޯއިން ވަނީ ބޭނުން ކުރަން ފަށައިފި އެވެ.
މި ބަދަލު ގެނައީ ކުރީގެ ލޯގޯ އަކީ އެ ލޯގޯ ވުޖޫދަށް އައި ދުވަސްވަރާ އަޅާބަލާއިރު ފުރިހަމަ އަދި މިހާތަނަށް ކުންފުންނީގެ ހުރިހާ ކަމެއްގައި ބޭނުންކުރި ލޯގޯ އަށް ވިޔަސް މިހާރުގެ ޑިޖިޓަލް މީޑިއާތަކުގައި އެ ލޯގޯ ބޭނުން ކުރަން ދަތިތަކާ ކުރިމަތިވާތީ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ އަލަށް ތައާރަފް ކުރި ލޯގޯ ފަރުމާކުރީ ފަންނީ ތަޖުރިބާކާރުންނާ އެކު ގިނަ މަސައްކަތްތަކެއް ކުރެވި، ކުރީގެ ލޯގޯގެ ކުލަތައް ބޭނުންކޮށްގެން ކަމަށެވެ. މިފްކޯގެ އާ ލޯގޯގައި ބޭނުން ކޮށްފައިވަނީ، އެ ކުންފުނީގެ ނަން ރަމްޒުކޮށްދޭ ތާނަ އަކުރުތަކެވެ. އަދި މި ޑިޒައިނުން މިފްކޯގެ އެންމެ އަގުހުރި އަސާސް ކަމަށްވާ ދިވެހި މަސްވެރިކަން ރަމްޒުކޮށްދޭ މަހުގެ ސިފަ ފެންނާނެ އެވެ.
މިފްކޯއިން ބުނީ އެކުންފުނީގެ ބްރޭންޑް "ފަސްމީރު" ގައި ވެސް ދިވެހިވަންތައް އާދަކާދަތަކާއި ސަގާފަތް ހިމެނޭ ފަދަ މަންޒަރުތައް ކުރިއަށް އޮތްތަނުގައި ހިމަނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ބޯ
02 November 2023
މި ލޯގޯ އެއްބާ ؟
ހިފަހައްޓާލާ
01 November 2023
ދިވެހިންނަށް މިމީހުންހަދާ މަސްދަޅު އިންޓަރނޭޝަމަލް މަރކެޓައް ވިއްކޭތޯ. ނޫނީ ހަމައެކަނި 2މީހުންނަށްތޯ މިބޭރުކުރެވެނީ؟
ތިރީސް
01 November 2023
30 އަހަރު ވީމަ ލޯގޯތަ ބަދަލުކުރަން ފެނުނީ! ޚުންފުނީގެ ލޯގޯ އެއްގޮތަކަށް އޮވެ ގިނަދުވަސްވުމުން ކުންފުނީގެ ހައިބަތު ރަމްޒުކޮށްދޭ! ލޯގޯ ބަދަލުވުމުން ހައިބަތަށް އުނިކަން އާދޭ! އަދި އާ ލޯގޯގަ އެއްވެސް ޗސްބެއްވެސް ނެތް
ސަސި.
01 November 2023
މިފްކޯ މުޅިން އެހެން ލެވެލްއަކަަށް ޖައްސާލީއެއްނު.
ޢަލީ...
01 November 2023
ތިލޯގޯ އަކުން މަހުގެ ސިފައެއް ނުފެނޭ
އަބްޑޫޅް +
02 November 2023
މަސް ދޯންޏެއްގެ ސިފަ ފެނޭ. ވައަތްފަރާތުގަ ދިރުނބާކޮޅު، އަނެއްފަރާތުގަ ހުންގާނުދުންޏާއި ކޮޅުފަސްކޮޅު، މެދުގަ ފަލި.
ޒިބޫން
01 November 2023
ފެނަކަ ރީބްރޭންޑް ނުކުރޭބާ؟؟
48343
01 November 2023
މިގައުމުގާ މައްސަލައަކީ އިރުއިރުކޮޅާ ލޯގޯއާ ކުޅޭތީ.
ނަފްޒާ
01 November 2023
ކުންފުނީގެ މާލީ ހާލަތު ކިތަންމެ ދަށުގައި އޮތަސް ނުވަތަ ރީބްރޭންޑިންގުން ކުންފުންނަށް އިތުރު މަންފާއެއް ނުކުރިޔަސް ބޮޑު ހަރަދުކޮށްލައިގެން ރީބްރޭންޑު ކުރުން އޮތީ ސަރުކާރުގެ ކުންފުނިތަަކަށް. މިކަހަލަ މަންފާއެއްނެތް ކިތަންމެ ހަރަދެއް ސަރުކާރު ކުންފުނިތަކުން ކޮށްލާ
އ އަހްމަދު
01 November 2023
މިލޯގޯ ޑިޒައިންކުރަން ކިހާޚަރަދެއް ދިއަތޯ؟އަޅެމިސުވާލުގެޖަވާބުން ޝަނާޔަށް ހޯދާދެވިދާނެތަ؟