ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ފަނޑިޔާރު ޝަކީލަށް ރިޓަޔަމަންޓް ދޭން ހަނި ގޮތަކުން ޖޭއެސްސީން ފާސްކޮށްފި

ފަނޑިޔާރު ޝަކީލް: އޭނާ އަށް ރިޓަޔަމެންޓް ދޭން ވަނީ ފާސްކޮށްފައި

ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގައި ހުންނެވުމަށް ފަހު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި އަހުމަދު ޝަކީލް ރިޓަޔާކުރައްވަން ފުރުސަތު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.

ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި ޝަކީލް ހުށަހަޅުއްވާފައިވާ ރިޓަޔަމެންޓް ފާސްކުރީ ތިން މެންބަރުންގެ ވޯޓުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ވަކީލުންގެ މެންބަރު އަބްދުއްމާނިއު ހުސެއިން އަދި އާންމުންގެ މެންބަރު އައިމިނަތު އުމްކުލްސޫމްގެ ވޯޓުންނެވެ. ބައްދަލުވުމުގައި ހަތް މެންބަރަކު ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި އެކަމަކު ވޯޓު ދެއްވި މެންބަރުން ފިޔަވައި އެހެން މެންބަރުން ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ވަނީ އެނގިފަ އެވެ.

މިކަމާ ބެހޭ ގޮތުން ޖޭއެސްސީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔަމެންޓް ލިބޭނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްފި ނަމަ އެވެ. ރިޓަޔާމަންޓާ އެކު ފަނޑިޔާރުންނަށް ކޮންމެ މަހަކު ވެސް ފައިސާގެ އެލަވަންސް ހަމަޖެހެ އެވެ.

ފަނޑިޔާރު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި، އޭނާ އަށް ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ނުރުހުން އަމާޒުވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމަށް ފަހުގަ އެވެ. ޝަކީލް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް އައްޔަންކޮށް މާގިނަ ދުވަސްތަކެއް ނުވެ ފެމެލީ ކޯޓަށް ބަދަލުކުރި އެވެ. އެއީ، 2017 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ފޮނުވާލުމަށް ނިންމެވުމާ އެކު އެވެ.

އޭގެފަހުން އަނެއްކާވެސް ޝަކީލް، ކްރިމިނަލް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރު ތެރޭގައި، ސަރުކާރާއި ޖޭއެސްސީ ބަދަލުވެފައިވަނިކޮށެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމާ އެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުނީ އެ ހުކުމާ ހެދި އެވެ.

ޔާމީންގެ ލީޑަޝިޕްގެ ދަށުން ހިންގާ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުމުގެ މަރުހަލާ ކުރިއަށް ދާއިރު، އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ފަނޑިޔާރު ޝަކީލްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ސަރުކާރު ބަދަލުވުމުން ފަނޑިޔާރު ރިޓަޔަކުރެއްވުމަކީ މީގެ ކުރިން ވެސް ހިނގާ ކަމެކެވެ.

17 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 15%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަތަންޔާހޫ

03 November 2023

ތިހާ ފަސޭހައިން ތިކަން ވެގެން ނުވާނެ. ތިކަން އަބުރާލަން ޖެހޭ

The name is already taken The name is available. Register?

ކަތްދައްތަ

02 November 2023

ރިޓަޔަ ކުރާ ގަވާއިދަށް ބަލާއިރު 200ކޭ އެއްފަހަރާ ދީފަ މަހަކު މަދުވެގެން 30 ކޭ ލިބޭނެ ކަމަށް މިބަލަނީ. ގޯހެއް ނެތް. ދެން ހާސްކަން ފިލާކަހަލަ ކުދިކުދި މަސައްކަތް ކޮއްލައި މަޖިލީހަށް ކުރިމަތިލައި ރީތި ދިރިއުޅުމެއް އުޅެލެވޭނެ. ކޮންދިން މަސައްކަތުގެ އަގު ދައުލަތުން ވަޒަން ކޮށްފި.

The name is already taken The name is available. Register?

އަބްޑޫޅް +

03 November 2023

30ކޭ އެއީ އެއްޗެއް ނޫން. ހަފްތާ އަކަށް ބެންކޮކަށް ޖައްސާލައިފިއްޔާ އެ މަހު އުޅެން ޖެހޭނީ ނުކައި.

The name is already taken The name is available. Register?

ޤާޟީ މުޙައްމަދު ނަޢީމް

02 November 2023

ކަމެއް ގޯސްކޮށް ނުކުރާނަމަ ދައުރު ބަދަލުވުމާ ދިމާކޮށް ޤާޟީއަކު އިސްތިއުފާ / ރިޓަޔަރ ކުރަންވީ ސަބަބެއް ނުފެނޭ. ކޮރަޕްޝަން އިންތިހާ

The name is already taken The name is available. Register?

އ އަހްމަދު

02 November 2023

ހަގީގަތުގަ މިވަގުތަކީ ތިބާވަތުގެކަންކަން ކުރެވިގެންވާނެވަގުތެއްނޫން މިވަގުތުހިނގަންވާނީ ސަރުކާރުބަދަލުވުމުގެ ކަންކަމާ ރައްޔިތުންނައް ދޭންޖެހޭ ޚިދުމަތުގެކަންކަން އެނޫންކަމެއް ނޮވެމްބަރ 17 ގެކުރިން ކުރުމުގެފުރުސަތު އޮވެގެންނުވާނެ ވެރިކަން ބަދަލުވުމުގެދުވަސްވަރު އެއްވެސް ސަރުކާރަކަށް މިފުރުސަތު އޮތުމަކީ ނުރައްކާތެރިކަމެއް

The name is already taken The name is available. Register?

ކޮރަލް

02 November 2023

ލިބޭ އަދަދު ހާމަ ކޮށްލަ ބަލާށެވެ. ރާއްޖެ އިން ބޭރުގަ އުޅެވޭ ވަރު ވާނެ ހެން ހީވެ އެވެ .

The name is already taken The name is available. Register?

އުދުހޭ

02 November 2023

20 އަހަރު ވަންދެން މަސައްކަތްކޮށްގެންނޫނީ ރިޓަޔަރމަންޓް ބެނެފިލްޓްސް ނުލިބޭގޮތަށް ހަދަންވީ. އެކަމަކު ކޮންމެ ސަރުކާރެއްގައިވެސް އެކަން ނުކުރަނީ ސިޔާސީ ޖަރީމާ ހިންގަން.

The name is already taken The name is available. Register?

މިކަންއިސްލާހުކުރޭ

02 November 2023

މިކަންވެސް އިންސާފުވެރި ގޮތަކަށް ކުރަންއެބަޖެހޭ. ރިޓަޔާކުރަން މަގުބޫލު އުޒުރެއް ނުވަތަ އުމުރެއް އޮންނަންވާނެ. ނޫނީ ފެންނާނީ ކޮންމެ ފަސްއަހަރަކުން ރިޓަޔާކުރާ މީހުން. އަދި އުމުރުން 18 އަހަރުގައިވެސް ރިޓަޔާކުރަން ފަށާފާނެ. ބޮޑު މަގާމެއް ހޯދާފައި ދުވަސްކޮޅަކުން އިސްތިއުފާދިނީމައިވީ. އޭރުން މުޅިއުމުރަށް ބޮޑެތި އިނާޔަތްތައް ނަގައިގެންތިބެ އެހެނިހެން ވަޒީފާއާއި ވިޔަފާރިކުރެވޭނެތާ.

The name is already taken The name is available. Register?

ހިންނަވަރު ބޮސް

02 November 2023

ފުރަތަމަވެސް ކުރަންވި ކަމަކީ މިކިޔާ ޖުޑިސަރީ ތައް އުވާލުން. މިއީ، ބޭނުން ބައެއް ނޫން. ބޭނުން ތަންތަނެއް ނޫން. ރައީސް މައުމޫނުގެ ޖުޑިސަރީއަށްވުރެވެސް މިހާރުގެ ޖުޑިސަރީ ކަންކަން ގޯސް.

The name is already taken The name is available. Register?

ވާނުވާ ނޭނގިފަ

02 November 2023

7 މީހުން ބައިވެރިވީ 3 މީހުން ވޯޓްގަ ބައިވެރިވީ އެންޑް އެ 3 މީހުންގެ ވޯޓުން ނިންމޭތަ؟ ބައްދަލުވުމުގެ ބައިވެރިންގެ އަޣްލަބިއްޔަތެއްނޫންތަ؟ ވޯޓުގައި ބައިވެރިވާ މީހުންގެ އަޣްލަބިއްޔަތު މިހެން ނަގަން ވެއްޖެއްޔާ އެކަކު އެކަނިވެސް ނިންމާތަން އަންނާނެ

The name is already taken The name is available. Register?

އޯކިޑް ސްޕްރޭ

02 November 2023

ހިސާން ވޯޓު ދިނީމާ ފާސްވީ.

The name is already taken The name is available. Register?

ތަކުރޭ

02 November 2023

އެމީހުން އެމީހުންގެ ގަވާއިދު ހަދާފަ އޮތީ އެހެން ވޯޓުގަ ބައިވެރިވާ މީހުންގެ އަގުލަބިއްޔަތުން. އެހެންވީމަ އެކަކު ވޯޓުގަ ބައިވެރި ވޯޓު ދީގެންވެސް ވާނެ. އިންޓަނޭސަނަލް ބެސްޓް ޕްރެކްޓިސް ކަންނޭގެ. އަހުންނަށް ނޭގެ އެކަމެއް

The name is already taken The name is available. Register?

ގަބުޅި ޒަކީ

02 November 2023

ހަބަރު ފުރިހަމަވީސް ތިޔަވަކީލް ގެ ރިޓަޔާމަންޓް އެލެވެންސަށް މަހަކު ކިތައް ރުފިޔާއަޢި އިނާޔަތުގެ ގޮތުގައި ލިބެނީ ކޯޗެއކަން ލިޔެލިނަމަ. ޔާމީން އަށް ބޮޑުހުކުމެއް ޖަހާފައި ޕީއެމް ވެރިކަމަށް އައީމާ ތެޅިފޮޅިގެން ރިޓެއާރ ކުރާ އުމުރުގެ ބޭފުޅެއްވެސް ނޫންތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454