ޑިމޮކްރެޓްސް ޕީޖީ މެންބަރުން މަޝްވަރާ ބައްދަލުވުމެއްގައި: ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮއްވާ އެ ގަރާރު އެޖެންޑާ ނުކުރުމަށް ޕީޖީ ގުރޫޕުން ވަނީ އެދިފައި -- ފޮޓޯ: މަޖިލިސް
02 ނޮވެމްބަރ 2023 - 15:18
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ގޮތެއް ނުނިންމަނީސް، އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ނުކުރަން ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުން މަޖިލީހުގެ އިދާރާގައި އެދިއްޖެ އެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ އަމީންއާއްމަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން އެ މައްސަލައާ މެދު ބަހުސްކޮށް ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުން އެ މައްސަލައިގައި ގޮތެއް ނިންމުމަކީ މަޖިލީހުން އަމަލު ކުރަމުން އަންނަ އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކަށް ވެސް ފެތޭ ކަމެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ބަހުސްކޮށް ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ކޯޓަށް ނުފޫޒު ފޯރާނޭ މަސައްކަތެއް ކަމުގައި [ދެކެން]،" އާޒިމްގެ ސިޓީގައި ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރު ހަތަރު ފަހަރަށް އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމްގައި ހުންނެވުމުން ޖަލްސާތައް ނުބާއްވަ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނަށް ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލައަށް ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތަދައްހުލުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުސީ ލައިޓް
03 November 2023
ބަރުލަމާނީގަޑު ހާދަ މަޖަލޭ.
ލަދު އެންޑް ހަޔާތު
03 November 2023
ބަލަ މި ހުރިހާ ދުވަހު ކޮން ކޯޓެއްގައި މައްސަލަ އޮވެގެންތޯ އެކަން ނުނިމި އޮތީ؟ އެއީ ކެނެރީގެ ކޯޓުގަ އުތަ؟
އާވަސް
02 November 2023
49 މީހުންގެ ސޮޔާ އެކު ހުށައެޅީމަ ގަދަފައި ވިއްދާފަ ހުރުން ވަރަށް ޑިމޮކްރެޓިކް ދޯ
ސްމާ
03 November 2023
49 މީހުނަށް ޕްރޮޖެކްޓްތަކުގެ ފައިސާ ދޫނުކުރާނެ ކަމަށް ބުނެ ބިރުދައްކައި މަޖުބޫރުކޮށްގެން ކުރުވާ ސޮޔަކަށް ވޯޓު ލިބޭނީ ކިހާ ވަރަކަށްބާ؟ އަދި މުއިއްޒު ހުވާ ކުރުމަށްފަހު އެސޮތަކަށްވާނެ ގޮތެއް ބަލާލަން ފުރުސަތު ލިބޭނެ ނަމަހީ!
ނޮވެމްބަރ ރެއިން
02 November 2023
މިވަރު މީހުން އަހަރުމެން ތިޔަ މަޖްލީހުގެ އިއްޒަތަށްޓަކައިވެސް ހޮވުން ހުއްޓާލަން އެބަޖެހޭ. މީމިކަން ވާންޖެހޭ ގޮތް ނޫންކަން ޤާނޫނު މާބޮޑަށް ނޭގުނަސް އެބައެގޭ ހަމަބުއްދިން ވިސްނާލީމަ ކޮންމެ މީހަކަށްވެސް.... ޢެކަމަކު ޤާނޫނު ހަދަން ހަވާލުމިކުރެވެނީ ދުވާލާއި ރޭގަނޑުވެސް ވަކިނުވާ މީހުން ކަހަލަ..
މިއޮތީ
02 November 2023
ޕާޓީއެއްގައި އުޅޭ ބައެއްގެ ލަދު ހަޔާތް ނެތަސް މިއީ ދެން ބޮޑުވަރު!! ދައުލަތުގެ ބާރުތަކަކީ ކަލޭމެންގެ އަމިއްލަ މިލްކެއްތަ؟؟ ކޮބާ ރައްޔިތުންގެ ޙައްޤު؟؟ މިވަރު މީހުން މިތިބެނީ ރައްޔިތުން ތަމްސީލު ކުރަން. ކީއްކުރާނީ...ހަމަ އަހަރެމެންގެ ހާލަތު
ދޮޅި ހުސޭނު
02 November 2023
ދައުލަތުގެ އެއްބާރުން ކުރާ ކަމަކާ އަނެއް ބާރުން ކުރަން އުޅޭ ކަމަކާ ގުޅުމެއް އޮންނާކަށް ނުޖެހޭ. ހުރިހާވެސް މައްސަލައަކީ ނަޝީދަށް ހަޤީޤަތް ޤަބޫލުނުކުރެވުން. ވެރިކަމަށް ބޫތުކެއުން. ކިތަންމެ ނުރުހުނަސް ތިޔަ ގޮނޑިން ފައިބަންޖެހޭނެ ދުވަހެއް އަންނާނެ. ޑިމޮކްރަސީގެ ހަމަތައް އެހެން މީހުންނަށް ދަސްކޮށްދިނުމުގެ ކުރިން އެހަމަތަކުން އަމިއްލައަށް އަމަލުކުރަންޖެހޭ. އެހެންނޫނީ ތިއީ އެއްވެސް ތާކުންތާކު ޖެހޭ މީހެއް ނޫން. އެއްވެސް ގަދަރެއް ނެތް މީހެއް.
އެދުރުބޭބެ
02 November 2023
މި ޑިމޮކްރެޓްސްގެ އަސްލު ބޭނުމަކީ މިގޮތަށް މަރުތަޅު އަޅުވާފަ ބާއްވައިގެން 17 ނޮވެމްބަރގަ މުއިއްޒު އަށް ހުވާ ނުކުރެވި 18 ވަނަ ދުވަހުގެ 00:00 މިނެޓް އިން މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމާ ހަވާލުވުން. ހަމަ ހިލާ އެހެންވިޔަ ނުދޭން މުއިއްޒުއަށް ވޯޓުދިން އެންމެނާ އެމްޑީޕީގެ އެންމެހާ މެންބަރުން މިތިބީ ހޭލާ. އާނދޮގޭ!
އަލީމު
02 November 2023
މިއީދޯ އެއްކަލަ ނިޒާމުބަދަލުކުރަން އުޅުނު ގްރޫޕް! ނިޒާމުބަދަލުކޮއްލީމަ މިއިންމީހަކު މަގާމުން ދުރުކުރެވޭނީ ކިހާ "ފަސޭހަ" އިންކަން މިހާރު އެއޮތީ ވަރަށްރީތި ކޮށްފެންނާން!
ތަމަންނާ
02 November 2023
މަސީހު ނުވޭ މިހާރު އެކައްޗަކަށް ވެސް
ދެބަންދިހާރުު
02 November 2023
ސުޕްރީމް ކޯޓުގަ އޮތް މައްސަލައާ މަޖިލީހަށް ނަޝީދުގެ މައްސަލަ އެޖެންޑާކުރުމާ ކޮން ބެހޭކަމެއް؟ މަޖިލީހަށް ނަޝީދުގެ މައްސަލަ އެޖެންޑާ ކުރަނީ ޑެންގޫއިން ރަނގަޅުވެގެން ނައިބަށް މަޖިލީހަށް އާދެވިދާނެކަމަށް ބަލާފަ. ސ ކޯޓުގަ އޮތީ ނައިބު ޑެންގޫ ޖެހިފަިތޯ ނޫންތޯ ބަލަން ލާފަ އޮތް މައްސަލައެއް ނޫން. ނައިބަށް ނާދެވޭ ޙާލުގައި އެހެން މީހަކު ރިޔާސަތަށް ލެވޭނޭ އަދި ނަޝީދު މައްސަލަ ނުނިންމާ އެހެން މައްސަލައެއް ކުރިއަށް ނުގެންދެވޭނޭ ބުނެ މިދެކަމަށް ގޮތެއް ނިންމަން.