04 ނޮވެމްބަރ 2023 - 14:31
ސިސްޓަމަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބައެއް ހިދުމަތްތައް މިއަދު ލަސްވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނިން ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވެފައި ވަނީ އިމިގްރޭޝަން ކައުންޓަރުތަކުގައި ބޭނުންކުރާ ސިސްޓަމްތަކަށް ކަމަށެވެ. އޭގެ ސަބަބުން ފަސިންޖަރުންނަށް ހިދުމަތް ދިނުމުގައި ލަސްތަކެއް ވެދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
We are experiencing technical issues at both emigration & immigration counters @VelanaAirport. We expect delays in the passenger process while technical teams are working to resolve the issue. We sincerely apologize for any inconvenience this may cause.
— Maldives Airports Company Ltd - MACL (@MACLmedia) November 4, 2023
އެއާޕޯޓުގެ ފަންނީ މުވައްޒަފުން އެ މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
"އެކަމާ ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށްޓަކައި މާފަށް އެދެން،" ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުއްސަނދި އެ ކުންފުނި އެމްއޭސީއެލް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަކާސް
05 November 2023
އިމިގުރޭޝަންގެ ބޯޑާކޮންޓުރޯލް ސިސްޓަމް ސުލޯވެ ޑައުން ވާތީވެ ، ދެތިން ފުލައިޓު ޖައްސައިފިއްޔާ ތިތަން އޮންނަނީ ތޮއްޖެހިފަ.
އޮނަރަބްލް އަފީފު ދީދީ
04 November 2023
މިދައުލަތުގެ ސައިޒަކީ ގޮޅައެއްވަރުގެ ރަށްގަނޑެއްކަމަށް ހަދައިގެން ރާއްޖެ ދެމިނޯންނާނެ. ދިވެހިރައްޔިތުންގެ ހިތްތަކުގައިއޮތް ޤައުމިއްޔަތު ވަންތަކަމާއި ޤައުމީލޯބި ގެއްލިގެންނުދަނީސް ތިޔަ "އެއްރަށްދައުލަތް ސިޔާސަތު" ބަދަލުކުރާން ބޭނުން ނުވަނީތޯ. # ފަތުރުވެރިކަމުގެ ވިޔަފާރިއަށް ތިސަރަޙައްދުގައި އިންވެސްޓްކޮށްގެންތިބިބމީހުން ނުފޫޒު ބޭނުންކޮށްގެން ހަނިމާދޫ އަދި ގޭން އިންޓަރނެޝަނަކް އެއަރޕޯޓްގައި އަޅުވާފައިވާ "މަރުގެ ތަޅު" ނައްޓާލުމުން ތިކަން ހައްލުވާނެ.
ވައސޯރ
04 November 2023
ބަނގުލާ ކުދިންކޮޅެއް އެތެރެކުރަންޖެހުނީބާ