ވަކީލް މައުމޫން ހަމީދު: އިޒްރޭލާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު ރާއްޖެއަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
04 ނޮވެމްބަރ 2023 - 21:57
ފަލަސްތީން ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، އިޒްރޭލާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށް، ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަންކަމުގެ މައްޗަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ރާއްޖޭގެ އިހުތިސާސް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންވެ، ފަލިސްތީނަށް އެހީވުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ މުޖުތަމައުގެ އިސްނަގަންދެން މަޑުކުރުމުގެ ބަދަލުގައި ފަލަސްތީނަށް ދެމުންދާ ބޮޑެތި ގެއްލުންތަކާއި ޖަރީމާތަކާ ދެކޮޅަށް ފަލަސްތީނަށް އެހީވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް." ބާ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ވަކީލް މައުމޫންގެ ޕޯސްޓްގައިވެ އެވެ.
#Maldives in its Penal Code having declared universal jurisdiction over gross violations of #InternationalLaw, there is scope to take action to help #Palestine against the #GenocideinGaza #PalestineHolocaust without waiting for the "international community" to show some spine. https://t.co/jG0NpjbHDg pic.twitter.com/JZe6iB3HNw
— Maumoon Hameed (@maanhameed) November 4, 2023
ގާނޫނުލް އުގޫބާތުގެ 13 ވަނަ މާއްދާގައި ބުނީ ކުށްކުރީ ކޮންތަނެއްގައި ކަމުގައި ވިޔަސް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ވިޔަސް ބައިނަލްއަގުވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއްގައި ދައުވާ ކުރުމުގެ ބާރު ދިވެހި ދައުލަތަށް ލިބިގެންވާ ކަމަށެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގެ ސަބަބުން އެ ކުށުގެ އަމަލުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް ލިބިދޭ ބާވަތުގެ ކުށްތަކުގައި ވެސް ދައުވާ ކުރެވޭނެ ކަމަށް ވެ އެވެ.
ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލަން އިޒްރޭލުން މިދިޔަ މަހުން ފެށިގެން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި 10،000 އެއްހާ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި 4،000 އެއްހާ ކުޑަކުދިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަށިކަމަނާ
06 November 2023
ކޭއެފްސީ މެކްޑޮނާލްޑް ޕިއްޒާހަޓުން ކާގެން ދޭ ފޭސްބުކާ ޓްވިޓާގަ ދައުވާކުރަން
ބޭރުއަލިބެ
05 November 2023
ބައިނަލްއަގުވާމީ އޭ އެކިޔާ ނިޒާމު މިއޮތީ ހަމަހަ އިންސާފެއް ލިބޭގޮތަށް ހެއްޔެވެ. އދ އާ ސަލާމަތީ މަޖްލިސް މިއޮތްގޮތުން ދުނިޔޭގައި ހަނގުރާމަ ނޫންއެއްޗެއް ނޯންނާނެއެވެ. އިންސާނީ ހައްގުތަކޭ ޖެނީވާކޮންވެންޝަނޭ ދެންއޮތް އެއްޗެކޭ ކިޔާނެކަމެއް ނެތެވެ.
ސަރަފްދީން
05 November 2023
މީނަވެސް އަނެއްކުޅިވަރު ފެއްޓީދޯ ކޮއްމެވެސް އެއްޗެކޭކިޔާ ފައި މަޖްލިސްގެ މެމްބަރުކަމަށް ކުރިމަތިލާން.
ވައިތަރ
05 November 2023
ކަލޯ ފުއްނާބު ފުއްޕާލީ ދޯ.
ނުތިބޭނެ
05 November 2023
ގާނޫނުތައް ލިއުމުގެ މާ ކުރިން މާތްﷲ އާ ރަސޫލާ އަންގަވާފައިވާ ގޮތަށް މުސްލިމުން ތަބާވާނަމަ ފަލަސްތީނުގެ މުސްލިމުން މަރާތަން ބަލަން މުޅި ދުނިޔޭގެ މުސްލިމުން އެހެން ނުތިބޭނެ. އަސްކަރީ ބާރުތަކާ ފައިސާގެ ބާރު އޮތް މުސްލިމް ގައުމުތަކުން އެހެން އެ ތިބެނީ ހަނގުރާމައަކަށް ނިކުތުމުން ދުނިޔަވީ މަންފާތައް ނެތި ގޮސް އަރާމު ދިރިއުޅުމުން މަހްރޫމުވެދާނެތީ. މާތްﷲ އެންގެވި ކަންކަމަށް ފުރިހަމައަށް ތަބާވުމުގެ ސިފައާ ހިތްވަރު މުސްލިމު ވެރިންގެ ކިބައިގަ ނެތީ
ޗޯކީދާރު
05 November 2023
މީނާވެސްމީ ސީނާ ޒާހިރު ރައްޔިތު އަހަންމަދުގެ ނަމުގައި ނޫހުގައި ސިޔާސީ ލިޔުންތައް ލިޔެ މިނިސްޓަރު ކަންލިބުމުން ހައްޕުކީގޮތަށް އުޅޭ މީހެއް. ކުރިން ނޫސްތަކުންވެސް މީނާގެ ފާޑުކިޔުންތައް ވަރަށް ގިނައިން ފެނޭ. ބާވެ ހަސްނެތިފައި އޮތް ބާކައުންސިލްގެ ރައީސްކަން ލިބުމުން ހައްޕު ކިޔާގެން ހުންނަމީހެއް. މިހާރަކު އެއްވެސް ކަމަކަށް ފާޑުކިޔާ ނޫޅޭ. ކޮންމެ މީހަކުވެސް އުޅެނީ މަތީ މަގާމެއްލިބޭތޯ ރައްޔިތުވެގެން.
ރަދުން
05 November 2023
ރިލެވެންޓްވާން ކޮންމެ ފަދަ އެއްޗެއްވެސް ކިޔާފާނެ. ރާއްޖެއިން ދައުވާކުރީމަ، އެ ކޮށްގެން މިސާލަކަށް ޙުކުމް ކުރިޔަސް އެވާނީ ރަމްޒީ ކަމަަކަށް، ކާކު ނޫނީ ކޮން އިދާރާއަކުންތަ ނުވަތަ ކޮން ގައުމަކުންތަ އެ ތަންފީޒް ކޮށް އިސްރާއިލަށް ފިޔަވަޅު އަޅަނީ؟؟
ރަދީފު ބިން ރަފައިދާ
05 November 2023
އަހަރެމެންނަކީ އަހަރެމެންގެ އަމިއްލަ ގައުމުގާ ގާނޫނެއް ތަންފީޒުކުރާބައެއްނޫން. ދެން އެހެންމީހުންލައްވާ މިކަންކުރުވާނީ. އެމީހުން ވަބަރު ކަނޑާލީޔަސް އަހަރެމެން ނިމުނީ.
ޗތފ×ގތގ
05 November 2023
ފުރަތަމަ އިންސާފު ހޯދައިދޭންވީ އެކި އެކި ހާޖަތު ޖެހިފައި ތިބި ދިވެހިންނަށް.. އޭގެ ފަހުގައި އެހެން ބަޔަކަށް ކަމެއް ކޮށްދޭން އުޅުން ރަނގަޅުވާނީ..
ބަރުބަރީ
05 November 2023
އިޒުރައީލުން ފަލަސްތީނުގެ ބިން ފޭރިގެން އުޅެނީ ޤާނޫނުތައް ނޭންގޭތީކީނޫން އެމެރިކާއާ ޔޫރަޕުން އެމީހުންނަށް ވާގިވެރިވާތީ. ކޮންމެހެން ރިލެވެންޓްވާންވެގެން ބޭކާރު ވާހަކަ ދެއްކުމުގެ ކުރިން ތިމާގެ އަމިއްލަ ޤަޢުމުގަ ހުރި ތަފާތުކުރުންތަކަށް އެޑުރެސްކޮށްބަލަ ފުރަތަ.
ފަތަހަކުރުން
05 November 2023
ކޮން ބިމެއް ފޭރުނީ. މުޅި ދުނިޔެ ފަތަހަ ކުރީ މުސްލިމުން. އެހެންމީހުންގެ ބިންތައް. އެއީ ފަލަސްތީނެއް ނޫން. އިސްރާޢީލް. މީލާދުން 639 ވަނަ އަހަރު އަރަބިން އިސްރާޢީލް ހިފައި ނަން ބަދަލް ކުރީ ފަލަސްތީނަށް. ސާފް ވެެއްޖެތަ
ބުރުސީ
05 November 2023
ކިތަންމެ ކަޑަވިއަސް ވެސްޓަކު އަބަދަކު ބާރެއް ނޯންނާނެ! ކޮބާ ރޯމަނުން؟ ނަޕޯލިއަން؟ ހިޓިލަރު؟ ކުރުސީއަށް ހަމައެކަނި މައްސަލައަކަށްނުވަނީ ފަލަސްތީނުގެ ކުޑަކުދިން މެރުމާ މާލޭ-ރާއްޖެތެރޭ ތަފާތުކުރުން! އެންމެނަށްވެސް އިނގޭ ތީ ކޮންގެއެއްގެ ބައެއްކަން. އީވާ އަދި އަންނިގެ ޓުވީޓަކުން ނުފެންނާނެ ގަތުލުއާންމާ އިދިކޮޅަށް އަމިއްލައަށް އެއްވެސް އެއްޗެއް ބުނެފަ އޮތްތަނެއް