ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އައިއެސްގެ ފައުޖެއް ދަތުރުކޮށްފައި އަންނަނީ. --ފޮޓޯ:އޭޕީ
07 ފެބުރުއަރީ 2017 - 20:40
ހަނގުރާމަކުރަން ސީރިއާއަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ތުރުކީން ދިވެއްސަކު އަތުލައިގަނެ ރާއްޖެއާ ހަވާލުކޮށްފި އެވެ.
އެނގިފައިވާ ގޮތުން، މި މީހާ ރާއްޖެ ގެނައުމަށް ފަހު އިއްޔެ ރޭ ފުލުހުން ވަނީ އެ މީހާ މާލޭގައި އުޅުނު ގެޔަށް ވަދެ ފާސް ވެސް ކޮށްފަ އެވެ. މި މީހާ ތުރުކީން ހައްޔަރުކުރީ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ.
ހައްޔަރުކުރި މީހާ އާއި ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމާގައި ދިވެހިންގެ އެތައް ބަޔަކު ބައިވެރިވެފައި ވާއިރު މީގެ ކުރިން ވެސް ވަނީ ބައެއް މީހުން ސީރިއާއަށް ދާން ދަތުރުކުރަނިކޮށް ހައްޔަރުކޮށްފަ އެވެ. އަދި ބައެއް މީހުންނަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ އަދި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމަކީ ވެސް ކުށެކެވެ. އަދި ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާން ދިއުމަކީ ވެސް ކުށެކެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖެއިން ބޭރުގެ ހަނގުރާމަތަކަށް ގޮސްފައިވާ ދިވެހިންގެ އަދަދަކީ 49 އެވެ. ނަމަވެސް ސީރިއާ އަށް ހަނގުރާމަ އަށް ދާ މީހުންނާ ގުޅޭ ގޮތުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 100 އަށް ވުރެ ގިނަ އެވެ. އަދި ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި މި އަދަދު 200 އަށް އަރާނެ އެވެ.
ހަނގުރާމާގައި އުޅެނިކޮށް ބައެއް ދިވެހިން މަރުވެފައިވާ ކަމަށް އެ މީސްމީހުންގެ އާއިލާތަކުން ކަށަވަރުކޮށްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
07 February 2017
މިކަހަލަ ރެޑިކަލް ފިކުރުގެ މީހުން ރާއްޖޭގައިދަނީ އިތުރުވަމުން. މިމީހުން ހަމަ މަގަށް އަޅުވަން އެބަޖެހޭ. އެކަމު ޝޭޚުން އުޅެނި މޫނުބުރުގާއަކާ ހެދި.
ޙަސްން
07 February 2017
ތިއިން އެކަކުވެސް ރާއްޖެ ގެންނާނެ ކަމެއްނެއް... އަދި މޯލްޑިވިއަން އިން ސީރިޔާއައް ޑައިރެކްޓް ފުލެއިޓް ބާއްވްންވި ވަންވޭ ޓިކެޓެއް 10ޑޮލަރައް.. އޭރައް ދާންބޭނުން ވާމީހުން ގޮސްހުސްވާނެޔެނުން
ކުމާރު
07 February 2017
ތި އަތުލާ ގަނެވުނީ އަދި ހަގީގީ ޓެރަރިސްޓެއް
ބަލަ
07 February 2017
ކީއްކުރަންތަ ގެނައީ؟ އެތާ ޖަލުގަ ބެހެއްޓިނަމަ
ދެޓްވޭ
07 February 2017
ހަނގުރާމައަށް ދިޔަ ދިވެއްސަކު ތުރުކީން ހައްޔަރުކޮށް ރާއްޖެ ގެނައުން އެއީ މަމެން މިރާއްޖެ ރެޑިކަލްސް އުސޫލު ތަކާއި ދުރަށް ގެންދިއުމަށް ޓަކައި ކުރާ މަސައްކަތަށް ލިބުނު ކުރިއެެރުމެކެވެ. އައި ވޯންޓް އިޓް ދެޓް ވޭ..