ޔާމީން: އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާ ހޯދުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
08 ނޮވެމްބަރ 2023 - 14:32
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާ ހޯދުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ މައްސަލަ ހައި ކޯޓުގައި އޮތުމުން ޖޫރިމަނާ ތަންފީޒުކުރުން މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ އަންގައިފަ އެވެ.
ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޖޫރިމަނާގެ ފައިސާ ހޯދުމުގެ މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން އަންގާފައިވާތީ އެ މައްސަލަ މިވަގުތު ސިވިލް ކޯޓުގައި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލަ އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ނިމުމަކާ ގާތަށް ވަނީ ގޮސްފަ އެވެ.
ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވިޔަސް، އެމަނިކުފާނުގެ ސިއްހީ ސަބަބުތަކަށްޓަކައި މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓނ އަދުރޭ
09 November 2023
ޤައުމުގަ 35 އަހަރުން މަތީގެ މީހުންނަށް އެގޭނެ ޔާމީނު ވަރައްރަންގަޅަށް. އެތަނަވަސްކަން ލިބުނު ގޮތެއްއޮއްނާނެ ފުރަތަމަ ބަލަން ޖެހެނީ އެލިބުނުގޮތް.
ފޮނިޓައްޕު ހަސަނު
08 November 2023
ތިޔަ ދެވުނީ ކުށްކުރާ މީހުންނަށް ވަރަށް ބޮޑު ހިތްވަރެއް. ދައުލަތަށް ހިޔާނާތްތެރިވުމާއި ދައުލަތުން ބޮޑެތި އަދަދުން ވައްކަން ކުރިއަސް އެކަޝީގެންވާ އަދަބެއް ނުދެވޭ.
ވަން ޑޮލަރ ލޮލީ
08 November 2023
ވަރަށް ބޮޑު ޕުރޮފިޓެއް މި ލިބުނީ!