ޚަބަރު / މުހައްމަދު އަމީން

ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް

އަމީން: އޭނާ 27 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި

08 ނޮވެމްބަރ 2023 - 15:36

21 comments

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރި މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީންގެ މައްޗަށް ދައުލަތުން ދައުވާކުރީ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން އުޅުމާއި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ.

އަމީންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ އެ ހުކުމުގެ ތަފްސީލެއް ނުލިބެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ދެ ދައުވާ ވެސް ސާބިތުވެ، އޭނާ 27 އަހަރަށް ޖަލަށްލާން މިއަދު ހުކުމް ކުރިކަން ވަނީ ކަށަވަރުވެފަ އެވެ.

އަމީންގެ ޝަރީއަތް ހިންގީ އާންމުކޮށް ހުޅުވާނުލައި، ސިއްރުކޮށްގެންނެވެ.

އޭނާ 27 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގެ ބޮމުގެ މައްސަލާގައި ވެސް ތުހުމަތު ކުރެވުނެވެ. އެ މައްސަލާގައި ރާއްޖެއިން ބޭރުގައި އޭނާ ހުއްޓާ އިންޓަޕޯލް ރެޑް ނޯޓިސްއެއްގެ ދަށުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި ނަމަވެސް 2012 ވަނަ އަހަރު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

އަމީނަކީ އެމެރިކާއިން ނެރުނު ޓެރަރިސްޓުން ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ.

21 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 16%
icon angry icon angry 51%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަރީރު

11 November 2023

ދުވަހަކުވެސް ދޫކުރަންޖެހޭ މީހެއްނޫން. ހަރުކަށި ފިކުރަކީ މާފިޔާއަށް ވުރެވެސް ނުރައްކާތެރި އެއްޗެއް.

The name is already taken The name is available. Register?

އަމީނާ އަލީ

09 November 2023

މައްސަލަ ހިނގާދިޔަގޮތާއި މުޙައްމަދު އަމީން ގެ ބަންދުގެ މުއްދަތުގައި ދައުލަތުގެ ފަރާތުން ދީފައިވާ އަނިޔާއަށް ބަލައި އާއިލާއިން މިކަންކަން ކުއްވެރިކޮށް 8 ނޮވެންބަރު 2023 ގައި ކުރެވުނު ޙުކުމް އިސްތިއުނާފް ކުރަން ނިންމައިފީމެވެ.

The name is already taken The name is available. Register?

މަރިޔަމް ދީދީ

09 November 2023

މުޙައްމަދު އަމީންގެ މައްސަލާގެ އަޑުއެހުންތައް ކުރިއަށް ގެންދާއިރު ޝަރީޢަތް ތާވަލް ވެގެން އަންނަނީ ސިޔާސީގޮތުން ދިވެހިރާއްޖެ އެންމެ ހަލަބޮލި ދުވަސްވަރު ނުވަތަ ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރީޢަތް އޮންނަ ދުވަހު ނުވަތަ ފަހުދުވަހުކަން ވަރަށް ބޮޑަށް ފާހަގަވެފައިވާކަމެއްކަން ފާހަގަކުރަމެވެ. ސިޔާސީ ގޮތުން ދުއްވާ ދެބޯގެރިއެއްގެ ގޮތުގައި އަމީނުގެ މައްސަލަ ގެންގެޅެފައިވާކަން ފާހަގަވެގެން ގޮސްފައިވެއެވެ.

The name is already taken The name is available. Register?

ދޫކޮށްލާ

09 November 2023

ހަމައެކަނި އެމެރިކާއިން ދިން ޖާސޫސީ މައުލޫމާތަށް ބަލައި ދިވެހި ލޮބުވެތި ރައްޔިތަކަށް 27އ ޖަލުހުކުމެއްޖެހުމުގައި ބައިވެރިވި އެންމެނަށް ހަލާކުހުއްޓެވެ. ޔައުނީ އެމެރިކާގެ ޖާސޫސީ މައުލޫމާތު ތަކަށް ބުރަވެ އިރާގަށް ބޮަންއަޅައި އެތަކެއް ހާސް ރައްޔިތުން މަރައި ނިމުނުފަހުން މިއެނގުނީ ޖާސޫސީ މައުލޫމާތު ސައްހަނޫންކަމެވެ. އެމެރިކާނުންގެ ޖާސޫސީ މައުލޫމާތުގެ ސައްޙަކަން ކަށަވަރުވެފައިނުވާތީ މިހިނދުން މިހިނދަށް މި ބޭފުޅާ މިނިވަންކުރުމަށް ހަރުއަޑުން ގޮވައިލަމެވެ.

The name is already taken The name is available. Register?

ގުރާ

09 November 2023

މަސްތުވާއެއްޗެހި ބޭނުންކުރާ މީހުން ހަމަ ދޫކޮށްފައި. މިމީސްމީހުން ފަރާތުން ގެއްލުން ނުވަނީތަ؟

The name is already taken The name is available. Register?

ސަލްޓަންޕާކު

09 November 2023

މަސްތުވާ މީހަކާ މީހުން މަރާ މީކާ މީ ވަރަށް ތަފާތު ދެމީހުން..

The name is already taken The name is available. Register?

ޚިލޯވިލް

09 November 2023

ވަޓް އަބައުޓިޒަމް ކި ޔާ ފެލެސީއެއް އަޑުއަހަންތަ. ގޫގަލް ކައްލަބަލަ!

The name is already taken The name is available. Register?

ޖުމްހޫރީ ޕާކު

09 November 2023

މިހަކު މަރާގެން އުޅޭތަ އެބަ، ސަންޓަންޕާކު

The name is already taken The name is available. Register?

އނއސ

09 November 2023

ހުރިހާ ގަދަ އިސްލާމީ އަދި އިސްލާމީ ނޫނަސް ޖަލަށް ލައިފަ ވޭ. އެންމެ އިންސާފު ވެރި ވެރިޔާއަކީ ރައްބުލް ކާއިނާތު، އެއީ ﷲ.

The name is already taken The name is available. Register?

ނަންނަ

09 November 2023

ފިލާ ތިބެ ކޮމެންޓު ކުރަނީ ނުހައްގުން ހުކުމް ކުރީމަ …މި ފަދަ އަނިޔާ ދޭ މީހުންނަށް ވޭން ދެނިވި ޢަޒާބު ﷲ ދެއްވާނެ ކަމާމެދު ސުވާލެއް ނެތް

The name is already taken The name is available. Register?

ށިނަން

09 November 2023

ތި އެމެރިކާ މީހުން ބުނާހާ ގޮތަކަށް ރާއްޖޭ ސަރުކާރުން ހަދާނެ. ނުހައްގުން މީހުންނަށް އަނިޔާ ދެނީ.

The name is already taken The name is available. Register?

ސަލީމާަ

09 November 2023

އަމީނަށް ދެނީ ހައްގުން ދޭ އަނިޔާއެއް.. ހައްދުން ދޭނަމަ އެއީ އަނިޔާ އަކަށްވެސް ނުވާނެ..

The name is already taken The name is available. Register?

ކަރައްޔެ ތުއްތީދީ

09 November 2023

ތީ ހަމަ ޓެރަރިސްޓެއް

The name is already taken The name is available. Register?

ޟިތި

09 November 2023

ތިއީ

The name is already taken The name is available. Register?

ހާސިމް

09 November 2023

އަމިނަކީ ތިޔަކަހަލަ މިހެއްނޫން ކިތަންމެ އާއިލާދެކެ ޖޭވިޔަސް

The name is already taken The name is available. Register?

ޓރރސޓ

09 November 2023

ތިހާ ނުރަައްކާތެރި މީހެއްނަމަ ކީއްވެ ސިއްރުން ޝަރީޢަތް ކުރިޔަށް ގެންދިޔައީ؟؟ ރައްޔިތުންނަށްވެސް އެގެންއެބަޖެހޭ މީނާ މިހާ ނުރައްކާތެރިވި ސަބަބު..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454