ސުޕްރީމް ކޯޓު: ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި އޮތުމުން އެމްޑީޕީން އެ ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް މިއަދު އިއްވާނެ --- ފޮޓޯ/މިހާރު
09 ނޮވެމްބަރ 2023 - 12:35
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި އޮތުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމް މިއަދު ހަވީރު އިއްވަން ހަމަޖައްސައިފި އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވޭތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ އެހެން މެމްބަރަކު ރިޔާސަތުގައި އިންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިން ނިންމާލާފައިވާއިރު، ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މިއަދު ހަވީރު އެވެ.
އެ މައްސަލާގެ ތެރެއަށް ޕީޕީއެމާއި ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރަޓްސް ޕާޓީން ތަދައްހުލްވެފައިވެ އެވެ.
އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަސޮރު
09 November 2023
ހުކުމްއަންނާނެގޮތްކަމަށް ލަފާކުރެވެނީ އަންނި އާއި އީވާ ނުލާވެސް ރައްޔިތުންމަޖިލީހުގެ ޖަލްސާތައް މި ޝިޓުއޭޝަނުގައި ކުރިޔަށްގެންދެވޭނެކަމަށް، ކުރިޔަށް ގެންދަން ތާވަލް ކުރާއިރު ޖަވާބު ދާރީވާން ޖެހޭ މީހާ މުގާބޭ ހުރީ ރާއްޖޭން ބޭރުގަ އޭނަ އަންނާނީ މުޢިއްޒު ހުވާ ކުރަން ޖެހޭ ދުވަހު، ދެން ހަވީރު ހުވާކޮށް ނިންމާލާފަ ދެންއަންނަ އާދިއްތަ ދުވަހު މަޖިލީހުން ނިންމަން ފުރުސަތު ލިބޭނީ،
ރައްޒާގު
09 November 2023
މުގާބޭ ރާއްޖެއިން ބޭރުގަ ހުރިއްޔާ ޣައިރު ހާޒިރުގަވެސް ވަކިކުރެވެން ޖެހޭނެ.
އައްޔަ
09 November 2023
މިފަހަރު ހީވަނީ އައްނި އައްހެން ކާމިޔާބު ވާނީ. އެގޮނޑިން އޭނަ ނުބޭލޭނެ. ރަނަޅުވާނީ ގޮނޑިޔާއެއްކޮއް ދުރުވެވޭނެ ގޮތެއްވޭތޯބެލުން,
ފޯލި
09 November 2023
ހަވީރު ކޮން ގަނޑިއެއްގަ.
ޑރ. ރާމީ ޙަސަން ޕީ.ޕީ.އެމް
09 November 2023
އެމް.ޑީ.ޕީ އިން ދަ ޑިމޮކްރެޓްސް އާއިއެކު ޑީލް އެއް ހަދާފަ-ވާނަމަ އެ ޑީލް އަށް އެމް.ޑީ.ޕީ އިން ޙުރުމަތް-ތެރިކޮށް ހިތަންވާނެ! 2 ވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓް އަކަށް ތާޢީދު ނުކޮށްފި-ނަމަ ނަޝީދު ގޮނޑިން ބާލަން ނޫޅެން ކަމަށް އެމް.ޑީ.ޕީ އިން ދަ ޑިމޮކްރެޓްސް އާއިއެކު ޑީލް ހަދާފަވޭ!
LaamuonlineDOTcom
09 November 2023
ހުކުމްއަންނާނެގޮތްކަމަށް ލަފާކުރެވެނީ އަންނި އާއި އީވާ ނުލާވެސް ރައްޔިތުންމަޖިލީހުގެ ޖަލްސާތައް މި ޝިޓުއޭޝަނުގައި ކުރިޔަށްގެންދެވޭނެކަމަށް، މާނައަކީ އަންނިގެ ގޮތްދޫނުކުރުމާއި އީވާގެ ހުމުގެއާލާސްކަންފުޅު ނިމުމަކަށްއައިސް މައްސަލައަށް ހައްލުހޯދޭނެގޮތް ސުޕުރީންކޯޓުގެ ނިންމުމާއެކު ފަހިވެގެންދާނެ!
ދެބަންދިހާރުު
09 November 2023
ސުޕްރިމް ކޯޓުން އަޑުއެހުންތައް ތާވަލު ކުރަނީ "ހެނދުނު" "މެންދުރު" "ހަވީރު" މިގޮތަށް ގަޑިކިިޔާފަތަ. ކީއްބާވާނީ 1600 ގައޭ ލިޔަން
999ެ
09 November 2023
މުޢިއްޒު ހަނދާން ނެތުނީ. ދެން ރުޅި މަޑުކޮށްލާ
އނއސ
09 November 2023
އައްނި ބޭނުން ވަނީ މުއިއްޒު ހުވާ ކުރުމާއި ހަމަ އަށް ހުން ނަަން. އެކަމަކު ހި އެއް ނުވޭ އެހެނަކުން ވާނެ ހެން. ހުރިހާ ކަމެއް ހިތް އެދޭ ގޮތަކަށް ނުވެދާނެ. ﷲ އަށް ވަކީލު ކޮށްފަ އެކަލާގެ އެކަކަށް ވެސް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަން ގަބޫލު ކޮށް ، އައްނި ވެސް ރީތި ގޮތް އިހްތިޔާރު ކުރޭ. އެކަމަކު އައްނި ގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އައްނި ދައްކާ ހިތްވަރު ވެސް ފާހަގަ ކުރަން. އައްނި އެބަޖެހޭ ސިޔާސީ ގޮތުން އެހެން ވިސްނުން ތަކަށް ދާން.
ވަ ކީލު
09 November 2023
ޙުކުމް ވަރަށް ސާފު! ހަވީރު ބުނާނަން މިހާރު ބިޒީ
ނަންބަރު
09 November 2023
ހަވީރު ކިހާއިރަކު؟
ބުރަފަތި
09 November 2023
މިފަހަރު ޖެހޭނެ 2 ތިން އެކަތި ހިފަން.