ރައީސް ސޯލިހުގެ ދެކަނބަލުން މުލީއާގޭގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން: ރައީސްގެ ދެކަނބަލުން މިއަދު ވަނީ މުލިއާގެ ދޫކުރައްވައި، ނިކުމެވަޑައިގެންފި -- ފޮޓޯ: ރައީސް އޮފީސް
10 ނޮވެމްބަރ 2023 - 17:14
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީކޮށް ގެކޮޅު ކަމަށްވާ މުލީއާގެ ދޫކުރައްވައި، ނިކުމެ ވަޑައިގެންފި އެވެ.
އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރައްވައި ވަޑައިގެންނެވީ ފަސްޓް ލޭޑީ ފަޒުނާ އަހުމަދުގެ އާއިލީ ގެކޮޅު މ. ސަނީއަށެވެ. ނޮވެންބަރު 17، 2018 ގައި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސްގެ ދެކަނބަލުން މުލީއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.
ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރެއްވި ނަމަވެސް، އެގެއަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިރިއުޅުން ބަދަލުކުރައްވާ ކަން މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުލިއާގެ ބޭނުންކުރީ ޕީޕީއެމްގެ ކެމްޕެއިނަށާއި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކަށެވެ. އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގެވި ސިޔާސީ ހަރަކާތްތަކަށް ވެސް އެތަން ބޭނުން ކުރި އެވެ.
މީގެ 104 އަހަރު ކުރިން އައްސުލްޠާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ މުލީއާގޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަގުތީ ގޮތުން ދިރިއުޅުއްވި އެވެ. އެއީ 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވީ ވެސް މުލީއާގޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަގަބު
11 November 2023
މި ގައުމު އެންމެ ބޮޑަށް ދަރުވާލި ރައީސް އެއީ.
ބްރޯސް
12 November 2023
ކާކު؟ ޔާމިނުތަ؟
ލަފާ...
11 November 2023
ތިގަނޑުވަރު ހުސްކުރިނަމަވެސް ރައީސް މުޢިއްޒު ތިތަނަށް ވެދެވަޑައިގެންފާނެއެކޭ ހިތެއްނުބުނޭ. ބެލެވޭގޮތުގައި މިހާރުއެއުޅުއްވާގެކޮޅުގެވަށައިގެހުރި ހުރިހައިތަނެއް ހުސްކޮށް، ކުޑަތީމުގެއަކަށް އެތަން ބަދަލުކުރެއްވުން އެއީ އެންމެގާތްގޮތް. ކޮންސްޓްރަކްޝަން މިނިސްޓަރުގެ އެންމެ ފުރަތަމަ، އަދިއެންމެ މުހިންމުކަމެއްކަމުގަވެސްވާނީ އެކަންކަންނޭނގެ.
ހިންނަވަރޭ އިބުރާހީމޭ
11 November 2023
މުސާރައާ ޢިނާޔަތް ނަގައިގެން ހުރެ ގައުމު ފުން އަނދަވަޅަކަށް ވައްޓާލި މީހަކު ގަނޑުވަރުން ނެރވުނީތީ އުފާކުރަން
ސާލިހް
11 November 2023
ރސ އާ މފ އަށް އައްސަރި ބަހާ ސާބަސް. ގައުމަށް ކޮށްދެއްވި އަގުހުރިޚިދްމަތަށް ފަށްފަށުން ޝުކުރު. މި ގައުމުގައި ދެން ބާރަށް އަޑު އިވޭނީ މި ވެރި ކަމުގެ ރަނގަޅު ވާހަކަ ތައް. ﷲ ތަޢާލާ ރސ އާ އާއިލާއަށް ހެޔޮ ރަހްމަތް ލައްވާށި. އާމީން
ލަވް
11 November 2023
ވީ ލަވްޔޫ ސަރ.
ބަރުބާދު
11 November 2023
ވީ ލަވްޔޫއޭނުބުނޭ، ބޭޅާ ލޯބިވާވާހަކަބުނޭ!!!!.
ކުދި ކަރުދާސް
11 November 2023
ރ ޔާމީން އެނމެ ރަނގަޅަށް އިނީ މުލިޔާގެ ލޭންޑް ޔޫސް ޕުލޭން ބޭނުންކޮށްފަ. އެމަނިކުފާން މިނިވަން ވެ ގެއިން ނިކުންނާނެ ދުވަހަކށް މި އިނތިޒާރު ކުރަނީ.
ޒަމާނީ
11 November 2023
އެންމެ މުުނާސަބު ތާރީޚުގައި ރިޔާސީ ގަނޑުވަރުން ތިޔަ ނިކުމެވަޑައިގަތީ. ޝުކުރިއްޔާ
އިބުރާހީމަ
11 November 2023
އިބޫ އަކީ މަޑުމައިތިރި ރައީސެއް. މައްސަލަޔަކީ ވަރަށް ގިނަ ރައްޔިތުން މި 5 އަހަރު ނިމިގެންދާއިރު ހާޖަތް ނުފުދިފައި ތިބިކަން.
ވަޑް
11 November 2023
ގައުމަށް ގައްދާރުވި ވެރިއެއް
ޝަރީފާއްތަ
11 November 2023
ރައީސް ސޯލިހު ވެރިކަން ނިމިގެން މިދަނީ ވަރަށް ކާމިޔާބް ވެރިކަމެއް ކުރެއްވި ވެރިއެއްގެ ގޮތުގައި ރައްޔިތުންގެ ލޯއްބާއި އިހްތިރާމްލިބިގެން. ވަރަށް ސަޅި. ވަރަށް އުފާވެރި ދުހަސްތަކަކަށް އިބޫ އާއި މެޑަމް ފަޒޫ އަށް.
ބަރުބާދު
11 November 2023
ރައިއްޔަތުން ވީލޯތްބެއްގެބޮޑުކަމުން ވެރިކަމުން ބާލާފަ ގެއައްފޮނުވާލީ!!!!!