ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސިޔާސީ ހިޔާލުތަފާތުވުން އާއިލީކުރުމަކީ ނަޝީދާއި އިބޫގެ ތޫނުފިލި ކަމަށް ކުރެވޭ މަލާމާތެއް ކަމަށް އިބޫގެ އަނބިކަނބަލުން ފަޒްނާ ވަނީ ވިދާޅުވެފައި.
25 ނޮވެމްބަރ 2025 - 20:41
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ސިޔާސީ ގޮތުން އުފެދިފައިވާ ދެބަސްވުމަކީ "އާއިލީ އަރާރުމެއް" ގެ ގޮތުގައި ސިފަކުރުމަކީ އެ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް އިބޫގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ދެއްކެވި ވާހަކަތަކަށް ނަޝީދު ތާއީދު ކުރައްވައިފި އެވެ.
ފަޒްނާގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ އެއީ ރަނގަޅު ވާހަކަތަކެއް ކަމަށާއި ފަޒްނާއަކީ ވެސް އެ ޕާޓީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކަނބަލެއް ކަމަށެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވި ގޮތުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވީ މިފަހަކަށް އައިސް ދޭތެރެއަކުން އެކި ފަންތީގެ މީހުން ސިޔާސީ ހިޔާލުތަފާތުވުން އާއިލީ ގުޅުމާ ގުޅުވައި، ވާހަކަ ދައްކާތީ އެވެ.
ސިޔާސީ ގޮތުން އޮތް ދެބަސްވުމަކަށް އާއިލީ އަރާރުމެއްގެ ގޮތުގައި ސިފަކޮށް ދައްކާ "ހަނި ވިސްނުން" ތަކަކީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި ވިސްނުމަށް ވެސް އެޅޭ ހުރަހެއް ކަމަށް ފަޒްނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަޒަރުގައި ސިޔާސީ ގޮތުން އޮތް ދެބަސްވުމަކަށް "އާއިލީ އަރާރުން" ކިއުމަކީ ރައީސް ނަޝީދު އާއި ރައީސް ސޯލިހްއާ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެކެވެ. އަދި މިކަހަލަ ހަނިވިސްނުންތަކަކީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކާ ފުޅާދާއިރާއެއްގައި ވިސްނުމަށް އެޅޭ ހުރަހެއްވެސްމެ އެވެ،" ފަޒްނާ ވިދާޅުވި އެވެ.
ފަޒްނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ސްކޫލު ދައުރުގައި އުފެދޭ އެކުވެރިކަން ގިނަ ފަހަރަށް ބިނާވަނީ ޝައުގުވެރިކަން ހުންނަ އެއްކަހަލަ ކަންތައްތަކެއްގެ ސަބަބުން ކަމަށާއި ނަޝީދާއި އިބޫއަކީ ވެސް މަދަރުސީ ދަައުރުން ފެށިގެން ވެސް ދާދި އެއް ކަންތައްތަކަކަށް ޝައުގުވެރިކަން ހުންނެވި ދެ ބޭފުޅުން ކަމަށެވެ.
ފަޒްނާ ވިދާޅުވީ ދެ ބޭފުޅުންނަކީ ވެސް ފޮތް ވިދާޅުވާން ޝައުގުވެރިވާ ދެ ބޭފުޅުން ކަމަށާއި ނޫސްވެރިކަމާއި ލިޔުންތެރިކަމަކީ ކުޅިވަރު ކުޅުމާއި ކުޅިވަރު ކުޅޭތަން ބަލަންދިއުމާއި މިއުޒިކް އަޑުއެހުމާއި ރާޒުވާ ކުޅުމާއި ކަޅޫ ސައި ބުއިމަކީ ވެސް ދެ ބޭފުޅުން އެކުގައި ކުރެއްވި ކަންކަން ކަމަށެވެ.
އެކަމަކު ދެ ބޭފުޅުންގެ ވެސް ޝައުގުވެރިވާ އެއް ކަންތައްތަކެއް ހުއްޓަސް އެއީ މިޒާޖު ތަފާތު ދެ ބޭފުޅުން ކަމަށާއި ސިޔާސީ ކަންކަން ހިމެނޭ ގޮތަށް ކޮންމެ ކަމެއްގައި ވެސް އެއްބަސްވެވޭ ކަންކަމާއި ދެބަސްވުމުން، އެއްބަސްވެ އެކުގައި ކާމިޔާބު ކުރެއްވި ކަންކަން މަދުނުވާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.
"އަރައިނުގަނެވިގެން މި އުޅެނީ ދެބޭފުޅުން އެއް ގޮނޑިއެއްގައި އިށީންދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ނޫންތޯ އެވެ،" ފަޒްނާ ލިއުއްވާފައިވެ އެވެ.
އެކަމަކު އެކަމަކީ އެމްޑީޕީއަށް އާ ކަމެއް ނޫން ކަމަށާއި ލީޑަރުން މަސައްކަތް ކުރަންވާނީ ލީޑާޝިޕްގެ ތަރަހައިގެ ތެރެއިން ކަމަށާއި ބަޔަކު ވާހަކައެއް ދެއްކި ކަމަށް ހަދާ އެކަކު އަނެކަކަށް އިނގިލި ދިއްކުރުމަކީ ހަރުދަނާ ލީޑަރުންގެ ސިފައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފަޒްނާ ވިދާޅުވި އެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި މުހިއްމީ ކަންކަން ހައްލުކުރުމުގެ ރޫހުގައި އިށީނދެ ޕާޓީ އާއި ޕާޓީގެ ލީޑަރުންނާއި ލީޑަޝިޕްގައި ހުރި އުނި ސިފަތަކުގެ ވާހަކަ ކެރިގެން އަޑުއަހައި އެ ކަންކަން ހައްލުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސީީނާާ
26 November 2025
ޝުކުރިއްޔާ ފަޒޫ މެޑަމް. މިކަހަލަ ކަންކަމުގައި އަންހެނެއްގެ ބަސް އިއްވުން ވަރަށް މުހިންމު. ބޮޑެތިވެފައި ތިއްބަސް ފިރިހެނުންނަކީ ހަމަ ބޮޑެތި ބޭބީތަކެއް. ޝެއިޚް އަލީ ޒާހިރު ވިދާޅުވާހެން ބުއްދިވެރި އަންހެނަކީ ކުޑަކުދިން ފަދައިން ފިރިހެނަކު މަސަލަސްކޮށްގެން ގެންގުޅެން އެނގޭ އެންހެނުން. ގައުމަށް ބޭނުންވަނީ ކަމަނާ ފަދަ ހިކުމަތްތެރި ކަނބަލުން
ވާންނޯ
26 November 2025
އާއިލީ ވެރިކަމުގައ ރައްޔިތުން ނިކުމެ ސިއްކަ ޖަހައިފި. ދެން މިރާއްޖޭގަ ވެރިކަން ކުރާނީ ރައްޔިތުން ހޮވާ ރައްޔިތުންގެ ހާދިމުން. ތިޔަ ދެއާއިލާ ދޭތެރޭ ތިއޮތީ ހަމަ ބިޔަ އާއިލީ އަރާރުންގަނޑެއް. އެ ނޫން އެކައްޗެއްވެސް ނޫން. ތިޔައީކީ ދިވެހިންނަށް މުހިންމުކަމެއް ނޫން.
ބަޝީރް
26 November 2025
ތިޔަ ވާހަކަ ގޯހެއްނޫން، ދެން ތިޔަ ދެބޭފުޅުންނާއި އާއިލާ ވެރިކަމާއި ވެރިންގެ، ބާރު ހިނގާ ބާރު ގަދަ އާއިލީ ތަކުގެ ވެރިންގެ ވެރިކަން ރައްޔިތުން ބޭނުމެއް ނޫން. އެކަމުގަ ސިއްކަޖަހާ ނިމުނީ،
ކިއްލި
26 November 2025
ރޫޅާލަން އުޅުނު މީހާޔަށް ރޫޅާލެވިއްޖެ. އެކަމަކު ރޫޅާލި މީހާޔަށްވެސް ދެން އެ ރާވާކަށް ލާހިކު ކުޅަދާނައެއް ނޫން.
އަސަރު68
26 November 2025
"އަރައިނުގަނެވިގެން މި އުޅެނީ ދެބޭފުޅުން އެއް ގޮނޑިއެއްގައި އިށީންދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ނޫންތޯ އެވެ،" ފަޒްނާ ލިއުއްވާފައިވެ އެވެ. ހަމަ ސެލިއުޓް. ތީ އަސްލަކީ. ދެން ތިކަންކަން ހަމަމަގަށް އެޅޭނީ ތީގެން އެކަކުވެސް އެގޮނޑިޔަށޤ ކުރިމަތިނުލާ، ދެބޭފުޅުން ބޭނުންފުޅުވާ ރަނގަޅު ޝަޚުސިއްޔަތެއް ނެރުން. އޭރުން ދެން ކާމިޔާބަކާ ހަމަޔަށް ދަތުރު ކުރެވިދާނެ.
އަލީދީދީ
26 November 2025
ގަބޫލު ކުރެއްވިޔަސް ނުކުރެއވިޔަސް ހަގީގަތަކީ މި ޤައުމަށް އެންމެ އިޚްލާސްތެރި ރައްޔަތުންދެކެލޯބިވާ ވެރިއަކަށް ބޭނުންވީވަގުތަކީ ކޮވިޑްގެ ދަތި ވަގުތު. އެ ވަގުތު ﷲ ސުބުހާނަހޫ ވަތަޢާލާ އިރާދުކުރެއްވީ އިބޫ. އޭގައިވެސް އެތައްޙިކްމަތްތަކެއް ލައްވަވާފައިވާނެ. ބުއްދި އިސްކުރުން އަދިވެސް ހަމަ ބުއްދިވެރިވާނީ. އަޅުގަނޑުވެސް ދެކެނީ މިފަހަރު ނުކުންނަންވާނީ އިބޫފަޅިން އައުލީޑަރެކޭ. އަންނި އަދިވެސް އެއުޅެނީ ވެރިކަން ނޫނީ ޕާޓީލާކު މި މަގަށް. އިބޫއަކީ ހަމަ ބެސްޓް.
ކަރިދީދީ
26 November 2025
ބަލަ އަލިދީދީ ކޮން ފޮތެއްގަތަ އޮންނަނީ އިޚްލާސްތެރި ވެރިޔަކަށް ބޭނުންވާ ވަގުތަކީ ކޮވިޑްގެ ވަގުތޭ؟؟؟؟؟؟ ތިޔަ ކޮވިޑުގައިވެސް 250 ބިލިޔަން ތަޅާ ބުރުއްސީމަ މި އަންނަ އަހަރު އެއްބިލިޔަން ޑޮލަރު ދައްކަން ޖެހޭ... ﷲ ގެ އިރާދަފުޅުން ވެރިކަމެއް ލިބުނީމަ ތާހިރެއްނު ވެރިކަން ކުރިލެއް.
ރާއްޖެތެރެ ސޮރު
26 November 2025
ގަބޫލުކުރަންޖެހޭ ހަޤީގަތަކީ އިބޫ އަކަށްވެސް އަންނި އަކަށްވެސް ދެން ރާއްޖޭގެ ވެރިކަމަކަށް އަންނާކަށް ރައްޔިތުންގެ ތާއީދެއްނެތް ކަމެވެ.
ސަރީފާއްތަ
26 November 2025
ރައްޔިތުންގެ ކުރިމަތީގައި ތި ދެބޭފުޅުންވެސް ވަނީ ވަރަށް ގިނަކަންކަމުގައި ރައްޔިތުން ގެ ވިންދާއި ސަޕޯރޓް ގެއްލޭ އެތެއްކަމެއް ކޮއްފައި އެހެންކަމުން ދެބޭފުޅުންވެސް ޖެހެނީ ޕާޓީގެ ފަހަތަށް ބަދަލުވާން. އައްނި އަށް ލިބުނު ރަގަޅު ފުރުސަތުވަނީ ގެއްލުވާފައި. އިބޫ ވަނީ އިމެއް ބެލުމެއްނެތި ދައުލަތުން ވައްކަން ކުރި މީހުން ދޫކޮއްލާފައި އަދި ނުވީތާކަށް ހުޅުމާލޭ ބިންތައް ބަހާލުމާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބަހާލާފައި.
ސަލިންޓޭ
26 November 2025
ނަޝީދު ފައްކާކުރި ހޮރަށް އިބޫ ވަދެ ގަދަ ކުރީ ނޫންތޯ..
ގާސިމް
26 November 2025
ޢާއިލީ ޥެރިކަން ކުރަން ދެން ފުރުސަތެނުދެވޭނެ.