ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް ނޫން ކަމަށް ރިޔާސަތުން އަފީފް ނިންމެވުމާ އެކު، އެމްޑީޕީ މެމްބަރުން ރިޔާސަތު ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަނީ.
12 ނޮވެމްބަރ 2023 - 10:18
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައި އެ މައްސަލަ ބޭރު ކޮށްލަން މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ނިންމަވައިފި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު ނަޝީދު ވަކި ކުރުމުގެ މައްސަލަ މިއަދު އަފީފް ރިޔާސަތުގައި އިންނަވައިގެން ކުރިޔަށް ގެންދަން ނިންމުމާ އެކު މެދު ހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަޝީދު ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގައި ސަބަބު ބަޔާންކޮށް ދީބާޖާ ނުހިމަނަ އެވެ. އެހެންވެ އެ މައްސަލާގައި ގަރާރެއްގެ ސިފައެއް ނެތް ކަމަށާއި އެއީ ބާތިލް ވާނެ އެއްޗެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމްގެ އެ ވާހަކައާއެކު މަޖިލިސް ހޫނުވެ މެންބަރުންގެ މެދުގައި ޒުވާބު ކުރަން ފެށި އެވެ. އެ ވާހަކަ އަށް ޑިމޮކްރެޓްސްގެ އެހެން މެންބަރުން ވެސް ތާއީދު ކުރި އެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ މަޖިލީހުގައި ކަން ހިނގާ ގޮތަށް ބަލާއިރު ސުޕްރީމް ކޯޓުން މި ނިންމި ނިންމުމުން ވެސް ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މީގެ ކުރިން 265 ވަނަ މާއްދާގައި ލިޔެފައި މި އޮންނަނީ މި ހުށަހެޅިފައި އޮތް ކަންތަކުގައި ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސްއޭ. އެހެން ނަމަވެސް އެގޮތަކަށް ނޫން ކޯޓުން ނިންމީ އެ ދެމިގެންދާ ގޮތަށް މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.
އެހެންވެ އެހެން ހުރިހާ ކަމެއް ވެސް އޮންނާނީ ދެމިގެންދާ ގޮތަށް ގަވައިދުގެ އެހެން މާއްދާތަކާ ވެސް ގުޅިގެންދާ ގޮތަށް ކަމަށް އަފީފް ވިދާޅުވި އެވެ.
"އެހެންވެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅި ނިޒާމީ މައްސަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މި އޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފަ. އެހެންވީމަ އަލުން މި މައްސަލަ ހުށަހަޅުއްވަން މި މައްސަލަ ނިންމަން. މި މައްސަލަ މިހާރު މި ނިމުނީ،" އަފީފް ވިދާޅުވި އެވެ.
އަފީފް މިގޮތަށް ނިންމެވުމާ އެކު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ރައީސްގެ މޭޒު ކައިރިއަށް ވަޑައިގެން ވާހަކަ ދައްކަވަ އެވެ. އެހެން ނަމަވެސް އަފީފް ނިންމެވީ އެހާ ހިސާބުން ޖަލްސާ ވެސް ނިންމާލުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިވައްޓޭ
12 November 2023
އަންނި ބޭނުންވާ ފޮޓޯ މިފަހަރު އާ ރައީސް ހުވާކުރައްވާދުވަހު ރަންގަޅަށް ދައްކާލަދޭނެ. ދުނިޔޭގެ އެކިޤަޢުމުތަކުގެ ވެރިންނާ ޑިޕްލޮމެޓުން އަދި ދުނިޏޭގެ މީޑިއާ ކުރިމަތީގަ ޑިމޮކްރަސީގެ ޗެމްޕިއަންކަމަށް އަމިއްލައަށް ހެދިގެންއުޅޭ އަންނިއަކީ އަސްލު ކާކުކަން ހާމަވެގެންދާނެ.
ދޮން ހަސަނު
12 November 2023
ނަޝީދު ހަމަ ހަދަނީ ރަގަނޅަށް. މީ ބަދަލު ހިފުމުގެ ރޫހުގައި އެމް.ޑީ.ޕީން ކުރަން އުޅޭކަމެއް. ކޮންމެހެން އިތުބާރު ނެތިގެނެއްނޫން
ހަމަ7777
12 November 2023
ގައުމު ފައްޖަހާފަ މިދެބެންނައް ދީ. މާތް ކަލާކޯ.
ޖައިސާމް
12 November 2023
ނަޝީދު ނިމިގެންދާނީ ހުތުރުކޮށް. މަޖިލީހުގެ ތާއީދު ނެތި ގަދަގަމުން ގޮނޑީގަ އިންނަ ކޮންމެ މީހަކު ނިމިގެންދާނީ ހުތުރުކޮށް.
ވަށާޖަހާ
12 November 2023
ކޯޓަކަށް އޮޅިފައެއްނެތް. ރ. މަޖިލީހަކަށް އޮޅިފައެއްނެތް. ރައްޔިތުންނަކަށްވެސް އޮޅިފައެއްނެތް. އޮޅުނީ ނަޝީދުއަށް. އެބޭޅާ ވެރިކަމުގައި ހުރިއިރު މީހަކު ފައިބާށޭ ބުނީމަ ފޭބީ. މިހާރު އަނެއްކާ "ރައީސަކަށް" އެހުރީ. މިފަހަރު އެބޭޅާ އެހުރީ ކިތަންމެ ވަރަކަށް ފައިބާށޭ ބުންޏަސް ނުފައިބަން ފައިވިއްދައިގެން. މުއިއްޒު ހުވާކުރާ ފޮޓޯގަނޑު ހަޑިކުރަން ....ވަގުތުޖެހުނީމަ ޖެހޭނީ ފައިބަން. ނޫނީ ބާލަން.
އަސަދު
12 November 2023
ނަސީދު މި ހާދަ ފިޑި ގޮލައެކޭ
ދަތްނެތް ސިންގާ
12 November 2023
ގަަރާރަކަށް ޝަރުތުހަމަނުވާ ގަރާރެއްގައި ހިފައިގެން 6 މަސްދުވަސް. ރިޔާސަތުގައި އިން އަފީފުގެ މައްޗަށް ދައުވާކުރެވެން ޖެހޭނެ. އަމީންއާޢްމު އަދި ކައުންސެލް ޖެނެރަލް ބަލައިގަނެ ނޯޓިސް ދީ މަޖިލީހަށް ހުށަހަޅަން ފޮނުވީމާ ރިޔާސަތަށް ވަލުދޮރާށިން ވަތް މީހަކަށް ބަލައިނުގަނެ ބޭރު ކުރުމުގެ ނިންމުން ނިންމިގެން ނުވާނެ. ގަރާރު ބަލައިގަންނާނީތޯ ނޫންތޯ ނިންމަންޖެހޭނީ ތަޅުމުން. އެއީ ރިޔާސަތަށް ނިންމޭ އެއްޗަކަށް ވެގެންނުވާނެ.
ފިކުރު.....
12 November 2023
ކަންބޮޑުވަނީ ނަޝީދު އަމަލުތަކަށް ބަލާއިރު ހުވާކުރުމުގެ ޖަލްސާ ނުބާއްވަފާނެ ކަމަށް.
އަސްލީ
12 November 2023
އެމް.ޑީ.ޕީ އަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަން މިއަދުގެ މަޖްލިހުން ވެސް ސާފުކޮށްދީފި. މިހާރު އެމް.ޑީ.ޕީ ގައި ތިބީ އިންސާފް ގަބޫލުނުކުރާ އަމިއްލަ ޖީބަށް ބަރުކުރި މެމްބަރުންތަކެއް.
ައަންނި
12 November 2023
މާބޮޑަށް ޑިމޮކްރެޓިވްވެގެން އުޅޭމީހުން މިނޫހުގެ ކޮމެންޓްތައްވެސް ބަލާނުލަނީތަ؟ މިމީހުންނާއި އެއްކޮޅަށް ކޮމެންޓްކޮއްފައި ހުރި އެންމެ ރައްޔިތަކުވެސްނެތް މިވަރުންވެސް އެއްޗެއް ވިސްނޭކަމަކަށް ނުވޭ. ޖާބިރުގެ ގްރިން ޕާޓީއަށް ވީވަރުވެސް މިމީހުންނަށް ނުވާނެ