އަދީބާއި (ވ) ޒިޔަތު.
13 ނޮވެމްބަރ 2023 - 14:55
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށްދީ، މިއަދު މިނިވަންކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންގެ މިނިވަންކުރީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް އޮންނަ އިހްތިޔާރުގެ ދަށުންނެވެ. އެ މުއްދަތު މިއަދަށް ހަމަވުމުން، އެ ދެ ބޭފުޅުން ވަނީ މިނިވަންވެފަ އެވެ.
މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު އޮންނަ ގޮތުން ކުށްވެރިންނަށް މައާފް ދިނުމާއި އަދަބުގެ މުއްދަތު ކުޑަކޮށް ދިނުމުގެ ފުރުސަތު ރައީސަށް އޮވެ އެވެ. އަދި މައާފް ނުދެވޭނެ ކުށްތަކުގައި ވެސް އަދަބުގެ މުއްދަތު ކުޑަކޮށްދެވެ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރީ 2020 ވަނަ އަހަރެވެ. އެއީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ދިން ލުއި އަދަބެވެ.
ނަމަވެސް ސިއްހީ ސަބަބުތަކަކާ ހެދި ގޭ ބަންދުގައި އަދީބު ހުކުމް ތަންފީޒުކުރައްވާތާ ދެ އަހަރެއް ވަރު ވެއްޖެ އެވެ.
ޒިޔަތަށް އެންމެ ފުރަތަމަ އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ޅ. މާބިންހުރާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިޔާނާތުގެ ކުށް ސާބިތުވެގެންނެވެ. ނަމަވެސް ޖަލުގައި ހުންނެވުމަށްފަހު އޭނާ ވެސް ގޭ ބަންދަށް ބަދަލުކުރި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން ކުރި ހިޔާނާތުގެ ތިން ދައުވާއެއް ވެސް ޒިޔަތުގެ މައްޗަށް ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ސެޕްޓެމްބަރު މަހު އިއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަތޫރަ
15 November 2023
މިޔައްވުރެ ރަންގަޅު އެއްވެސް ކަމެއް މި ސަރުކާރުން ނުކުރޭ، ދިވެހިން ބޭނުން ވަނީ ވަގުން ކަން އެންމެ ފަހުން ނެގިވޯޓްން ސާފު، ވަގެއްގެ ފޮޓޯ ޖަހައިގެން މުއީޒު ކެންޕެއިންކޮށް ވެރިކަމަށް އައީ
ހީނާ
14 November 2023
އަދީބު މިނިވަން ކުރާނެކަމުގެ ޔަޤީންކަން އޮތީމަތާ އިބްރާހީމް މުހައްމަދު ސޯލިހު ނުހޮވުނީމަވެސް ބޭސްފަރުވާ އަށް ފަހުން ރާއްޖެ އަނބުރާ އައީ
ޒީރޫގެ ކުރިއަށް 10 އެއް ޓޮލަރެންސް
14 November 2023
ކަރަޕްޝަންއަށް 100 ޕަރސެންޓް ޓޮލަރެންސް އޮތީމާ، ދެން އަޅުގަނޑަށް ފެންނަނީ ޖަލުތަށް ހުިރި ބިންތަކުން ވެސް ގޯތި ދޭން. ޔާމީނާ، އަދީބާ ޒިޔަތު (ބޮޑު ވައްކަމުގެ 3 ބައިވެރިން) އެކި ގޮތްގޮތަށް އޭއޗެކޭ މީއްޗެކޭ ކިޔާ ބަހަނާ ދައްކާފަ ތިޔަދޫކޮށްލަނީ. މި މީހުން މިނިވަން ވުމަށްފަހު ދނެް އެއްވެސް މީހަކު ޖަލުގައި ބަހައްޓާނެކަމެއްނެތް. އެންމެން ދޫކޮށްލާ އަދި އިތުރަށް މީހަކު ޖަލަށް ލާނެކަމެއްވެސް ނެތް. ކޯޓުތައްވެސް އުވާލާ. ޚަރަދު ކުޑަވާނެ
ރަމަ
14 November 2023
މުލުވަގު އުޅެނީ ފުޓްބޯޅަކުޅެ މިނިވަންކަމާއިއެކު މާލެތެރޭ ކުދިވަގުންވެސް މިނިވަންކަމާއިއެކު އުޅެން ދޫކޮށްލަންޖެހޭނެ. މިނިންމުން ހަމަ ސަތޭކަ. މިރާއްޖޭގައި ބޮޑުންގެ މައްޗަށް ހުކުމް ތަންފީޒް ނުކުރެވޭނެ. ކާންވީ ކެވުނުވަރަކަށް ކޯޓްތަކުގެ ބޭނުމެއްނެތް އިންސާފުން ހުކުމްކުރާ ކޯޓެއްނެތް އަދުލު އިންސާފުނެތްގައުމެއްގައި އޮންނާނެ ހަމަޖެހުމެއްނޯންނާނެ. ވަގުންނަށް ވައްކަންކުރަން އެންމެ ފަސޭހަ ޤައުމަކީ މިދިވެހިރާއްޖެ!
އިސްމާލި
14 November 2023
ޝާއިރު ވިދާޅުވަނީ: ލަނޑަޔާ ވާނީ ލަނޑަޔާ، ވަގުންނާ ގުޅޭނީ ވަގުންނޭ ވައްސަލާމް.
ކެނެޑީ
14 November 2023
ހމމމމ އިބޫއަކީ ހަމަރަނގަޅަށްވެސް ބާރަށްދައިގަންނަ ނުމޮށޭގުރައެއްކަން ސާބިތުވެއްޖެ… މޑޕއަށް ރިޔާސީ ކެމްޕެއިނުގަ ފައިސާއައިގޮތް މިސާފުވީ…
ޕޮއް
14 November 2023
މިކަމުގެ ޒިންމާ ޕީޖީވެސް ނަގަން ޖެހޭނެ. 400 އަހަރަށް އަދީބު ޖަލަށް ލެވޭ ވަރަށް ދައުވާކުރެވޭނެ ކަމަށް ބުނެފަ އިއުތިރާފް އެއްބަސްވުން ހަދާ 20 އަހަރު ހުކުމެއް ކުރަން ފުރުސަތު ދިނީ ސީދާ ޕީޖީ. ދެން އިބުރާހިމު އަދިވެސް އަދަބު ކުޑަކޮށް މައާފުކޮށްލީ. ރައްޔިތުން ކަރުގަ ތިލެއްވި ހިތި ރަހަ ހަނދާން ހުންނާނެ އަބަދަށް
ފަޅޮލޭ
14 November 2023
އިބްރާހިމަށް މަކުރި ތާއިދު ނިމުނީ މި. އެމްޑީޕީއަށް ވެސް ދޭނެ ވޯޓެއް ނެތް ދެން. ނާންނާތި މަޖިލިސް އިބްތިހާބުގަ ވޯޓު ހޯދަން
ދެދެ456
14 November 2023
ވަގުންނަށް ރާއްޖޭގަ އުޅެވޭނީ..
ގެލެކްޓިކް ފެޑެރޭޝަން
14 November 2023
އަދީބާ ޒިޔާތުއާ އެކީ ޑީލް ހެދީ ސޯލިހުމެން ޔާމީނު ދައުރުގައި ނެގި ފައިސާތަކުގެ މައްސަލަތައް އޮއްބާލާ، ޔާމީނު ޖަލަށްލާ ޔާމީނަށް ވެރިކަމަށް ކުރި މަތި ނުލެވޭ ގޮތް ހެދުމަށް!! ދުވަސް ނިމުނު އިރު ސޯލިހަށް ވެރިކަން ގެއްލިއްޖެ. އަދީބާ ޒިޔަތު މިނިވަން ކުރި ކަމުގެ ހުތުރު ނަން ލިބިއްޖެ. ޔާމީނު އެހެރަ މިނިވަން ވަނީ!!! ނިޔަތް ގޯސްވުމުގެ ނަތީޖާ ސޯލިހަށް މިފެނުނީ!!!! އޯގާތެރި އެކޯ އެކަމަކު ފަސާދައިގެ އަޅަކަށް ވެފައި ހުރި "ބޭކަލަކަށް" ސޯލިހު ވެގެން މިދިޔައީ.