އިސްލާމީ މަރުކަޒުގައި ބަޔަކު ޖަމާއަތުގައި ނަމާދުކުރަނީ: އިންތިހާބީ ރައީސް އާއި ނައިބު ރައީސް ހުވާކުރައްވާ ދުވަހު އިސްލާމީ މަރުކަޒަށް ދާ މީހުން މިސްކިތުގެ ދެކުނާއި އިރުމަތީ ފަޅި ބޭނުންކުރަން މިނިސްޓްރީން ވަނީ އަންގައިފައި.-- ފޮޓޯ: މިހާރު
14 ނޮވެމްބަރ 2023 - 13:55
އިންތިހާބީ ރައީސް އާއި ނައިބު ރައީސް ހުވާކުރައްވާ ދުވަހު އިސްލާމީ މަރުކަޒަށް އަސުރު ނަމާދާއި މަޣުރިބް ނަމާދަށް ދާ މީހުން އެ މިސްކިތުގެ އުތުރު ފަރާތުގެ ބަދަލުގައި، ދެކުނުފަޅި އާއި އިރުމަތީ ފަރާތް ބޭނުންކުރަން އިސްލާމިކް މިނިސްޓްރީ އިން މިއަދު އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައި ވާތީ، އެ ދުވަހުގެ އަސުރު ނަމާދާއި މަޣުރިބް ނަމާދު ވަގުތުގައި އެ ސަރަހައްދުގެ މަގުތައް ބަންދުވާނެ ކަމަށެވެ.
އެހެންވެ، އެ ދުވަހު އިސްލާމީ މަރުކަޒަށް ނަމާދަށް ދާ މީހުން އެ މިސްކިތަށް ވަދެނުކުތުމަށް އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި (މެދުޒިޔާރަތް މަގު) ނުވަތަ ކުރީގެ ދިރާގުގެ ހެޑް އޮފީސް ހުރި ފަޅި އާއި އިރުމަތީ ފަރާތް ނުވަތަ ނޭޝަނަލް އާޓް ގެލެރޯ ހުންނަ ފަޅި ބޭނުންކުރަން މިނިސްޓްރީގެ އިއުލާނުގައި ވަނީ އެދިފަ އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި މީޑިއާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މުއިއްޒު އާއި ހުސެއިން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ ހުކުރު ހަވީރު 4:45 ގަ އެވެ.
އެ ރަސްމިއްޔާތުގައި އާ ސަރުކާރާއި މިހާރުގެ ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ދައުވަތު ދީގެން ބޭރުން ވަޑައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުން ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ކުރިން ބުނި ގޮތުގައި، މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މި ސަރަހައްދުގެ ހުރިހާ ގައުމަކާއި ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ އެހެން ހުރިހާ ގައުމުތަކެއްގެ ވެރިންނަށް ވެސް ވަނީ ދައުވަތު ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުބަޑޭރިތަކުރު
14 November 2023
އިސްލާމީމަރުކަޒު އެކަށް އަދި ހުކުރުމިސްކިތާއި އަނެއްކޮޅުން ބަންޑާރަ މިސްކިތްވެސް އެކަށް ބަންދުކޮށްލަންވީ. ދެންކޮންހާ ބޭކާރު ހަރަދުކުރާކަށް އެތަށް މިލިއަން ހަރަދުކޮށް ސެޓަޕެއްހަދާ ލަވަމުބާރާތެއް ނިންމަން އުޅޭހެން އުޅޭކަށް. މަޖިލިސްގެ، ދަރުބާރުގޭ ހަމަ ކަމުދާނެ
ސަލަފިއްޔާ
14 November 2023
އެމްޑީޕީ ވެރިކަމެއްގަ މިސްކިތް ބަންދުކުރިނަމަ ވަރެއް ދައްކާލީސް
ޏަމްމޟ
14 November 2023
އަލީ ރަމީޒު ކައެ ކޮބާ؟ ސަލަފު މީހުންގަނޑު ކޮބާ؟ ދީނޭ ކިޔައިގެން ކައެމެންވެސް އަމިއްލަ ފައިދާއަށްށޭ އުޅެނީ. އަލީއަށް އޯކޭ ދޯ؟
ފުޅުބެ
14 November 2023
ހުކުރު ނަމާދަށް ހުރަސް އެޅުމުގެ ބޭނުމަކީ ކޮބާ
ކަލުބެ
14 November 2023
ހުވާކުރަން ވެގެން ނަމާދު ކުރާމީހުނާ ތިކުޅެނީ ސީދާ ދިނާ ކުލެނީ ރައްޔިތުންނަށް މިވަރުން ސާފްވާން އެބަޖެހޭ ! ހުކުރު ހުއްޓުވާލި ސަރުކާރު މިފެށެނީ ބާރަށް އަތްޖަހާ!
ކޮރަލް
14 November 2023
ގައުމު އެތައް ބިލިއަނުން ދަރާފަ ވާ އިރު 22 މިލިއަން އެއީ އިސްރާފެކެވެ. ހަރަދު ކުޑަކޮށް ވާން އޮތް ކަމެކެވެ.
ސައްލަންބޭ
14 November 2023
ހުވަޔެއް މި ކުރަނީ މިފަހަރު. މަހުވައި. ކިހާވަރަކުން ދާނެބާ ނިމޭ އިރު.
އަތީކް
14 November 2023
ހީކުރީ މުއިއްޒު ބޮޑުފާލަން ސަރަހައްދު ބަންދުކޮށްގެން އެއްވެސް ކަމެއް ނުކުރާނެކަމަށް..އެކަމު އެހެންނުވި..މާލޭގެ މޭޔަރ އަކަށް ހުންނެވި ބޭފުޅަކަށް ރަނގަޅަށް އެނގޭނެ މުޅިސަރަހައްދު ޓްރެފިކްވެ ތޮއްޖެހޭވަރު.އަނެއްކާ އަތޮޅުތަކަށް ފުރާ ލަފާ މީހުނަށް ޖެހޭ ތަކްލީފް..މުޅިބާޒާރުމަތި ތޮއްޖެހި މަޖީދީމަގުގެ އުތުރުފަޅި އެއްކޮށް ސްޓަކްވެފަ.