ނަޝްވާ.
15 ނޮވެމްބަރ 2023 - 12:40
ފުލުހުންގެ އެގްޒެކެޓިވް ރޭންކްގެ އޮފިސަރަކަށް ފުރަތަމަ އަންހެން ބޭފުޅެއްގެ ގޮތުގައި ފާތިމަތު ނަޝްވާ ޕްރޮމޯޓްވެއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު "މިހާރު" އަށް މިއަދު ވިދާޅުވީ އެގްޒެކެޓިވް ފެންވަރަށް އާ ބޭފުޅުން ހަމަޖައްސައި އެ މުއައްސަސާއަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށެވެ.
ފުލުހުންގެ އެގްޒެކެޓިވްގައި ތިއްބަވާނީ ޗީފް ސުޕްރިޓެންޑެންޓުން މަތީ ރޭންކުގެ އޮފިސަރުންނެވެ. އެ ރޭންކުތަކުގައި މި ވަގުތު ތިއްބެވީ ހަމައެކަނި ފިރިހެނުންނެވެ. އެކަމަކު، ސުޕްރިޓެންޑެންޓުގެ މަގާމުގައި ހުންނެވި ނަޝްވާ، ޗީފް ސުޕްރިޓެންޑެންޓުގެ މަގާމަށް ރޭ ޕްރޮމޯޓުކުރުމާއެކު އޭނާ ވަނީ އެގްޒެކެޓިވް ރޭންކުގެ ފުރަތަމަ އަންހެން އޮފިސަރަށް ވެވަޑައިގެންފަ އެވެ.
އަޕާ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުކަމަށް ވެސް 2020 ވަނަ އަހަރު ނަޝްވާ ހަމަޖައްސާފައިވެ އެވެ.
އޭނާ ވަނީ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑުން ޕަބްލިކް ރިލޭޝަންސް އިން ފުރަތަމަ ޑިގްރީ އަދި ފެޑެރޭޝަން ޔުނިވާސިޓީ އޮސްޓްރޭލިއާއިން 2012 ވަނަ އަހަރު ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
މީގެ ތިރީހަކަށް އަހަރު ކުރިން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ނަޝްވާ، އެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒިއްޔު
16 November 2023
ސަޅި
ސްޕައިޑަރ މޭން
15 November 2023
ކޮންގްރެޓްސް އެމް ޖޭ
މަނިކު
15 November 2023
ތަސްވީރު ބުނަނީ ފަހަތުގަ ހުރީއޭ ހުރިހާ ސަޕޯޓެއްދޭ ފަރާތަކީ
މަމެންދާ
16 November 2023
ނަޝްވާ އިންގޭނަމަ ތިހެނެއް ނުބުނާނެ.
ތުނޑުހަސަނު
15 November 2023
ނަޝްވާ ފުލުހުންގެ ޚިދުމަތުގައި 30 އަހަރު ނުވާނެ އަދި.
ޒުލެއިޙާ
16 November 2023
ނަޝްވާއަށް 30 އަހަރު އަދި ނުވާނެ
ނަސޫ
15 November 2023
ޕޮރޮމޯޝަން ދިން މީހުންގެ އަދަދު ހާމަ ނުކުރީ ކީއްވެގެންބާ
އޭސީޕީ
16 November 2023
ކަލޭ ހިތަށް ކޮން އަސަރެއް ހޭ ތިކުރަނީ. 100 އަށްވުރެ ގިނަ މީހުންނަށް ލިބުނޭ، ކިހިނެތް ހަދާނަމޭ ހިތާ ތިއުޅެނީ ؟ ބަލަ އެކަން ބަދަލުކުރެވޭނެ މީހެއް ނުހުންނާނެ ދެނެއް. އެއީ ޤަވާޢިދާ އެއްގޮތަށް ކުރިކަމެކޭ. މުޢިއްޒު ސަރ އަކަށް ވެސް ނުކުރޭނޭ ބަދަލުކުރާކަށް.
ލީލހާ
15 November 2023
މުޅި ކަންތައް ރަނގަޅުކުރުން މައްޗަށް އަންހެން އޮފިސަރެއް ދެއްކީ