އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމުގެ ކުރިން ފުލުހުން އެ ޓެސްޓުކުރަނީ: މަސްތުވާތަކެތީގެ މައްސަލައެއްގައި އާރްޑީސީގެ މެޖޭޖަރަކު ހައްޔަރުކުރުމުން އޭނާ ވަނީ އިއުތިރާފް ވެފައި. -- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
15 ނޮވެމްބަރ 2023 - 18:52
ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އާރްޑީސީގެ ޕޭއަބަލްސް މެނޭޖަރު ހުސައިން އަނީފްގެ އެޕާޓްމަންޓް ފާސްކުރި އިރު ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގުޅޭ އެއްޗެހި ކަމަށް މިއަދު ކޯޓުގައި އިއުތިރާފްވެ ފަރުވާގެ ފުރުސަތު ބޭނުންވާ ކަމަށް ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އުމުރުން 32 އަހަރު އަނީފް އުޅޭ ތަން ފާސްކުރި އިރު މަސްތުވާއެއްޗެއް އެއްކޮށް ހަދާފައި އޮތް ކަމަށް ބެލެވޭ ތިން ބިޑި އާއި މަސްތުވާތަކެތި އަޅާފައިހުރި ކަމަށް ބެލެވޭ ސެލޯފިން ކޮޅެއް ވެސް ފެނުނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ގޭތެރެއިން ވަނީ ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް ވެސް ފެނިފަ އެވެ.
އަނީފްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ކުށަށް އިއުތިރާފްވެ، ފެނުނީ އޭނާ ބޭނުންކުރަން ގެންގުޅޭ މަސްތުވާތަކެތި ކަމަށް ބުނި ނަމަވެސް ކޯޓުން އޭނާ ދޫކޮށްލީ އެވެ. އެއީ އޭނާ މީގެ ކުރިން އެއްވެސް މައްސަލައެއްގައި ބަންދުކޮށްފައި ނެތުމާއި ކުށުގެ ވެށީގައި އުޅޭ މީހަކަށް ނުވާތީ އާއި ކޮށްފައިވާ ތުހުމަތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ބޮޑު ކުށަކަށް ނުވާތީ އެވެ. މީގެ އިތުރުން، އަނީފްގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ ވެދާނެ ފަދަ ސަބަބެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް ވެސް ގާޒީ އާމިނަތު އަޒްލިފާ ނެރުއްވި އަމުރުގައިވެ އެވެ.
ކޯޓުގައި އާނިފް ބުނި ގޮތުގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ ފުރުސަތު ލިބެން އޮތް ނަމަ އެ ފުރުސަތު އޭނާ ބޭނުންވެ އެވެ. އަދި ކުރެވުނު ކުށަށް މާފަށް އެދޭ ކަމަށް ވެސް ބުންޏެވެ.
އާނިފް އުޅޭ ތަނުން ފެނުނު މަސްތުވާތަކެތީގެ އަދަދު ޑްރަގް ޓްރެފިކިންގެ މިންގަނޑަށް ނުފެތޭ ކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށް ގާޒީ ނިންމެވީ އާނިފް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ.
އާނިފް އުޅޭ ތަން ފާސްކުރީ އިއްޔެ ހެނދުނުން ފެށިގެން ފުލުހުން އާރްޑީސީގެ އޮފީހަށް ވަދެ ފާސްކޮށްފައި ވަނިކޮށެވެ. ފުލުހުން ބަލަމުން ދަނީ އާރްޑީސީގެ 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިނޯ ހިމް ޕާސަނަލީ
15 November 2023
އޭނާއަކީ ތިފާޑެއްގެ މީހެެއްނޫން... ތީގެއެތެރޭގައި އެބައުޅޭ އެހެންކަމެއް....
ޢެޑްމުންޑޯ
15 November 2023
މިސަރުކާރުން ގިނަ އޮފީސްތަކުގެ އިސްވެރިންނަށް ތިބީ ޑްރަގު ބޭނުންކޮށް ވިއްކާ މުޖުރިމުން ،
ނައްލި
15 November 2023
އަމީނީމަގުގަ އަގުބޮޑުކޮށް އެޅި ތާރު ފެނިއްޖެއެއްނު. ފުރަތަމަ ސެގްމެންޓް އެވެސް ސަރުކާރަށް އާމްދަނީ ވައްދާ ބޮޑު ކުންފުންޏެއްގެ ހަރަދުގައި.ނުވިތާކަށް ފަހުސެގްމެންޓް އަތްވެސްނުލާ ދައުރު ނިންމާލީ ވައްކަމާ ކޮރަޕްޝަނާ ފަސާދައިން ވަގުންނަށާ ބޮޑެތި މީހުންމަރާ މުޖުރިމުންނަށް މާފުދީފަ.
ހަސަންކޮބޭ
15 November 2023
ނިމިގެންމިދާ ވެރިކަމުގައި ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިިންގެ ގޮތުގައި އައްޔަންކުރި މީހުންގެ ފެންވަރު
އަމީނީ
15 November 2023
ހެއްހެއްހެއްހެއް! އަދިވެސް ފުއްޕާ!
ސަރނ
15 November 2023
ވަޓް؟ 3 ބިޑި ހެހެހެހެ ކިލޯއެއްކަމަށް މަހީކުރީ