ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޢަނީ މިދިޔަ އޮގަސްޓް މަހު އެމްޑީޕީއާ ގުޅިވަޑައިގެން މެމްބާޝިޕް ފޯމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހަވާލުކުރައްވަނީ: އޭނާ މިހާރު ވަނީ ޕާޓީން ވަކިވެވަޑައިގެންފައި.-- ފޮޓޯ: އެމްޑީޕީ
16 ނޮވެމްބަރ 2023 - 22:57
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އެމްޑީޕީން ވެސް މިއަދު ވަކިވެވަޑައިގެންފި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ އެކްޓިވިސްޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އަދި ހެލްތު މިނިސްޓްރީގެ ހެޑް އޮފް މީޑިއާ ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި އައިމިނަތު ސަފުތާ އާއި ހއ. ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަދި މި ސަރުކާރުގައި ތައިލެންޑްގެ އެމްބަސީގެ އިސް މަގާމެއްގައި ހުންނެވި އަލީ ހާޝިމާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޢަނީ ހިމެނިވަޑައިގަންނަވަ އެވެ.
ސަތުފާ އާއި ހަމަދު އަދި ހާޝިމް ވަނީ އެމްޑީޕީގެ ދަފުތަރުން އެ ބޭފުޅުންގެ ނަން އުނިކޮށްދެއްވުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ސިޓީއަކުން ދަންނަވައިފަ އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި ސަބަބާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަތުފާ ވިދާޅުވީ ބޭނުމަކީ އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމަށް ނޫން ކަމަށާއި ދެން ހުންނަވާނީ ވަކި ފަރާތަކަށް ޖެހިވަޑައިނުގެން މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
After standing by @MDPSecretariat since I gained the right to vote, I’ve decided to take a hiatus, embrace independence, I’m prepared to explore new horizons, navigate uncharted waters, broaden my perspectives, and discover where my values truly align. Gratitude to MDP and its… pic.twitter.com/dju5TwPiil
— Amna Shath (SHATHS) (@AmnaShath) November 16, 2023
ހަމަދު ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ދަތުރުފަތުރުގެ ދާއިރާ އިން ސަރުކާރުން ހާސިލުކުރަން ބޭނުންވި ނަތީޖާ އާއި ހިދުމަތް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާސިލު ކުރައްވަން ބޭނުންފުޅުވި ކަންކަން އާމުންނާ ހަމަ އަށް ތިލަކޮށްދިނުމުގެ ޒިންމާ ވަރަށް ފުރިހަމަ އަށް އަދާކުރެއްވުނު ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީގައި ކޮރަޕްޝަންގެ ގިނަ އަމަލުތައް ހިންގާއިރު، ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި އެ މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކަށް ހެއްކާއި ގަރީނާއާ އެކު ހުށަހެޅި ނަމަވެސް އެކަންތައް ހުއްޓުވުމަށް މި ސަރުކާރުން މިއަދާ ހަމަ އަށް އައިއިރު ވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް ހަމަދު ތުހުމަތު ކުރެއްވި އެވެ.
އެ މައްސަލަތައް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ފެށުމުން މި ސަރުކާރުން އޭނާ އަށް ހަރުކަށި ފިޔަވަޅު އަޅާފައިވާ ކަމަށާއި ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށް، ރަސްމީ ކަންކަމުގައި މުއާމަލާތް ކުރުމަށް ދެއްވާފައިވާ އީމެއިލް އެޑްރެސް ޑީއެކްޓިވޭޓް ކުރި ކަމަށް ހަމަދު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވާން އޭނާ ނިންމެވީ ކަމަށް ހަމަދު ވިދާޅުވި އެވެ.
ހަމަދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މިދިޔަ އޮގަސްޓް މަހު އެވެ.
ހާޝިމް ޕާޓީން ވަކިވުމަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ 2006 ވަނަ އޭނާ އެ ޕާޓީގެ މެމްބަރަކަށް ވުމަށް ސޮއިކުރެއްވީ ޕާޓީގެ އުސޫލުތަކާއި ސިޔާސަތުތަކަށް ތާއިދުކުރައްވާތީ ކަމަށެވެ. ނަމަވެސް، މިއަދު އެ ޕާޓީގެ ހިންގުމުގެ ކަންކަން ދަނީ އެ އުސޫލުތަކާއި ސިޔާސަތުތަކާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މި ސަރުކާރު ވުޖޫދުކުރި އަސާސްތައް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައްސަލަ ތަހުގީގުކުރުމާއި މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމާއި އަދުލު އިންސާފައި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ރާއްޖެ އަށް ފައިދާކުރަނިވި ކަންކަން ކުރުން ކަމުގައި ވީ ނަމަވެސް، އެއިން އެއްވެސް ކަމެއް ނުވެ، ސަރުކާރު ފެއިލްވި ކަމަށް ހާޝިމް ވިދާޅުވި އެވެ.
ހއ. ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް ހާޝިމް: އޭނާ މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައި.
އެހެންވެ، އޭނާ އެތައް މަސައްކަތަކާ އެކު އަދި އުއްމީދަކާ އެކު މި ދިޔަ ދިގު މުއްދަތުގައި ހިދުމަތްކުރި ޕާޓީއާ އިތުރަށް ބައިވެރިވެގެން ހުންނެވުމަށް، އަމިއްލަ ޒަމީރު ގަބޫލުނުކުރާތީ ޕާޓީގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްދޭން ހާޝީމްގެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށްދީ، އެ ދެމީހުން މިނިވަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން އެމްޑީޕީގެ އެހެން ބައެއް އާންމު މެމްބަރުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންގެ އަދަބު ލުއިކޮށްދިނުމާ ގުޅިގެން ވެސް ރައީސް އަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
17 November 2023
ކާބަފައިންގެ ހަރުބަހެއް، ދުނިޔެކެވޭނީ މަކަރާޖަހައިގެންނޭ، މުއިއްޒުގެ ވެރިކަމުގަވެސް ހަމަކުރިންކޭގޮތައްކެވޭތޯ މަރުފަލިޖަހަނީ!!!.
ޢެޑްމުންޑޯ
17 November 2023
މިފަދަ މީހުންގެ ގޮތެއްފޮތެއް ނެތްކަން މިހާމަވަނީ ،
ކޮއްކޮބެ
17 November 2023
ކޮން ފަދަ 2 މނާފިގން އެންމެ ފަހު ދުވަހާ ހަމައަށް . ހަނދުގެ ލަފާ ހަޔާތް ކޮބާ
ސޮހޮލު
17 November 2023
ޗޯރޭ ކިޔަނީ ހަމަ ޗޯރު ވީމަ
ބޯވަހޮރު
17 November 2023
އަހަރެން އަޑުއަހަނީ ހޮރަށް ބްލީޗް ޖަހާލީމަ ބޯވަ ހޮރުން ނުކުންނަ ވާހަކަ.
ގަބުޅިސިކުނޑި
17 November 2023
މި ވެސް ދެން ޚަބަރެއް ދޯ. ލަދުން ބޯހަލާކު.
އަލިކަލޯ
17 November 2023
ނިމެމުންދާ ވެރިކަމާއެކު މިފެށުނީ އާކުޅިއެއް. މަޤާމުތަކުން ވަކިވާނެތީ ރިޓަޔަރވަނީ. އެއްފަހަރާ ޖީބަށްކެހުމުގެ ކުޅިވަރު ކޮންމެ ފަސް އަހަރަކުން ދެން ފެންނާނީ.
ބުޅާ ގޯނިން ބޭރުވުން
17 November 2023
ވެރިކަން ނިމެން އެންމެ ދުވަހަކަށްވީމާތޯ ތިޔަކަން އިހްސާސްވީ. އިޚްލާޞްތެރި ކަމެއް ހުރިނަމަ، މަޤާމާއި ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކުގެ ދަހިވެތިކަމުގައި ނުހުރީސް. މާކުރިން ވެސް ތިވާހަކަތައް ދައްކާފަ ވަޒީފާއިން އިސްތިޢުފާ ދިނީސް. ކޮންމެ ގޮތެއް ވަރިހަމަގޮތް ދޫކޮށް ހިހޫތަނުން ކެއުމުގެ ނުބައި އާދަ ދޫކުރަން ވެއްޖެ
އަލީ19
17 November 2023
ހަމަދު ކަލޭ މިހާރު ތޮށިގަނޑު ފަޅާލާފަ ނުކުތީތަ، އަދި އޮވެބަލަ ނެޕީގަ
އަލީ19
17 November 2023
މީނައަކީ އޮފީހުގަ ތިބި އަންހެން ބޭފުޅުންނަށް ބޮރުދައްކައިގެން އުޅުނު މީހެއް. މި ސަރުކާރަށް ވައްދަން ހެޔޮ ނުވާނެ. އަހަރުން މިތިބީ ބަލަން، ނިކަން އެހެން ހަދައިފިއްޔާ ދރ. މުއީޒަކީ ބަހާ އަމަލާ ދިމާނުވި މީހަކަށް ވާނެކަން ޔަގީން