17 ނޮވެމްބަރ 2023 - 09:03
ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް "ލިމިޓަޑް ޓައިމް" ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި އަލަށް ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ކަނެކްޝަން ގުޅާދިނުމުގެ ހިދުމަތާއި ރައުޓަރު ހިލޭ ލިބޭނެ އެވެ.
މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިން ފައިބާ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
Get your Fibre Connection for FREE - Promotions
Limited Time Offer.
މި ލިންކުން އެޕްލައި ކުރެވޭނެ.
ދިރާގުން ބުނީ މި ޕްރޮމޯޝަނަކީ އެއްވެސް ސެޓްއަޕް ފީ އަކާ ނުލައި، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުއި ފައިބާ ނެޓްވާކްއާ ގުޅުމަށް ކަސްޓާމަރުންނަށް ލިބޭ ފަހި ފުރުސަތަކަށް ވާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން މުއްދަތުގައި ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މިހާރު ދިރާގުން ކުރިއަށް ގެންދާ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގައި ވެސް ބައިވެރިވެވޭނެއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy