އާ ރައީސް ޑރ. މުއިއްޒު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މިނިސްޓަރާ، ފޮރިން މިނިސްޓަރު ޒަމީރު ސަލާން ކުރައްވަނީ: ރާއްޖެ-އިންޑިއާއާ ގުޅުން ހުރި މަސަލަތައް ހައްލުކުރަން އެ ގައުމާ އެކު މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ޒަމީރު ވިދާޅުވި.
18 ނޮވެމްބަރ 2023 - 09:26
ދެ ގައުމާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ރާއްޖޭގެ އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރަށް މިއަދު ދަންނަވައިފި އެވެ.
ޒަމީރު އެގޮތަށް ވިދާޅުވީ، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވައި، ފޮރިން މިނިސްޓަރަކަށް ޒަމީރު އައްޔަން ކުރެއްވުމާ ގުޅިގެން އެކްސް މެދުވެރިކޮށް ޖައިޝަންކަރު މަރުހަބާ ދެންނެވުމުން އެ މެސެޖަށް ދެއްވި ޖަވާބުގަ އެވެ.
Thank you, Excellency.
— Moosa Zameer (@MoosaZameer) November 18, 2023
I look forward to working with you on issues of mutual interest and concern, and to recalibrate and advance the time-tested relationship between our two countries for the betterment of our people. https://t.co/icMywgvJVW
"އަޅުގަނޑު އިންތިޒާރު ކުރަނީ، ދެ ގައުމާ ގުޅުން ހުރި މައްސަލަތަކާއި ކަންބޮޑުވާ މައްސަލަތަކުގައި ތިޔަ ބޭފުޅުންނާ އެކު މަސައްކަތް ކުރުމަށާއި އަޅުގަނޑުމެންގެ ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި ދެ ގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުން އަލުން ފާހަގަކޮށް ކުރިއެރުވުމަށް،" ޒަމީރު ވިދާޅުވި އެވެ.
އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު (މ) މިނިސްޓަރު ކަމުގެ ހުވާ ކުރައްވަނީ: ރާއްޖެ-އިންޑިއާއާ ގުޅުންހުރި މަސަލަތައް ހައްލުކުރައްވަން އިންޑިއާއެކު މަސައްކަތްކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވި.-- ފޮޓޯ: ރައީސް އޮފީސް
އިއްޔެ އުފެއްދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ، ކުރީގެ ސަރުކާރުން އިންޑިއާއާ އެކު ގުޅުން ބޭއްވި ގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް ބުނަމުންނެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަކީ އާ ސަރުކާރުގެ އެންމެ ބޮޑު ވައުދު ވެސް މެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ އެންމެ ފުރަތަމަ ކަމަކަށް ވެސް ހިމަނުއްވާފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ އަދި ބޭރުގެ ސިފައިން އަނބުރާ ފޮނުވައިލުމެވެ. ދޭދޭ ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި ރާއްޖޭގެ ސިޔާދަތަށް ބުރޫއަރާ ފަދަ ކަންކަން އާންމު ކުރާނެ ކަމަށް ވެސް އެ މަގުޗާޓުގައި ވެ އެވެ.
ރައީސް އަބަދުވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނީ ޑިޕްލޮމަަސީގެ ރީތި އުސޫލުގެ ތެރެއިން ސުލްހަވެރިކަމާ އެކުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
19 November 2023
ބަލަ އެެއީ ޑޮކްޓަރުންނާ، ނަރުހުންނާ ޕައިލެޓުން ފަދަ މީހުންނެއްނު! ހަމަ އެ ގޮތަށް ޗައިނާގެ ބްރިޖް އަޅަން އައިސް ބްރިޖް މަރާމާތު ކުރުމުގެ ކަންކަމުގައިވެސް އެ ގައުމުގެ އަންޑަރ ކަވަރ ސިފައިން މަސައްކަތް ކުރާ ކަމަށް ވަނީ!
އިބިރިން ބެއްޔާ
19 November 2023
ބޭރު ސިފައިން ގެ ހުރިހާ ބޫޓު ޖޯޑުތަކެއް އެ ބަޔަކު އައި ތާކަށް ގެންދިޔާމަ އެ ނިމުނީ. މިތާ ތިބި ބަޔަކު ހުސް ފަޔާ އުޅެންވީ. އޭރުން ތިކަން ހައްލުވީ ނޫންތޯ؟
ބާންދޯ އިސޭ
18 November 2023
އިންސާނުކީ ސަބްސޭ ބަޅީ ގެރެންޓީ އުސްކާ އަޕްނާ ޒަމީރު ހޯތާހޭ.
ނޭމް
18 November 2023
ވަރަށް ފެންވަރުދަށް ލިޔުން ކޮޅެއް، ޝާހިދުގެ ކުޅަދާނަކަން މާ ގަދަ، މިހާރުވެސް ފެންވަރު ވަޒަން ކޮށްލައިފިން
ނުވެއޭ
18 November 2023
ޚާރިޖީ ވަޒީރު ޒަމީރު އިންޑިއާ ސިފައިން ވާހަކަ ދައްކައިގެން މަޝްވަރާގެ ތެރޭން އެމެން ބޭލުމަށް ޓަކައި މަޝްވަރާ ކުރާ މައިމީހާގެ މަގާމަށް ލިއިރު މިހާތަނަށް ޒަމީރުގެ ހަޔާތުގެ ސޮފްހާއިން މިފަދަ އެންމެ ސޮފްހާ އެއްވެސް ނެތޭ މަޝްވަރާ ކުރަން ރާއްޖޭގެ ފަރާތުން ނިކުންނަ ޚާރިޖީ ވަޒީރު ވާން ޖެހޭނެއޭ އިންޑިއާ އާއި އެމެރިކާ ޖެހިލުންވާ ޝަހުސިއްޔަތަކަށް އަދި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރުން ހިތުދަސް ނަމަކަށް ވާން ޖެހޭނެއޭ އެ ޝަރުތު ފުރިހަމަ ނުވެއޭ
ނޯރާ ފަތޭހީ
18 November 2023
އަޅެ އިބޫ
ސަލީމު އިދުރީސް
18 November 2023
އަޅުގަނޑުގެ އުންމީދަކީ ފިދުނަޔަކުން އައި ސަރުކާރު ކަރުބުގަ ހިތިރަހަ ލައްވާލާ މިހާރު ދުނިއޭގަ އިންޑިޔާގެ ސައިޒަކީ ކޮބައިކަން މުއީޒައް ދެކުން! ޔޫރަފުންވެސް ބުނޭ އިންޑިޔާއަށް ދުނިއެއާ ހަގުރާމަ ނުކުރިއަސް ދުނިއެ ބަލިކުރެވޭފަދަ ގައުމަކައް ބަދަލުވަމުން އަންނަވާހަކަ
ސަމާހާ
18 November 2023
ޔޫރަޕް އުންޑިއާ ހައްލާލައިގެން ރިސޯސްކޮޅު ދަމައިގަންނަން ވެގެން ގޯނި ފުލަށް ލިޔަސް އިންޑިއާ ޗައިނާޗއާ ފައި ހަމަ ކުރަން އަދި 200 އަހަރުވެސް ނަގާފާނެ. ވީމާ ތަރައްގީގެ މަގުގައި އިންޑިއާ އެއީ ގިބުލައެއް ކަމަށް ނުވިޔަސް އަދި އިންޑިއާގެ ފަރާތުން އަވަށްޓެރިންނަށް ވާނެ ފައިދާ ނެތްއިރުވެސް ރިސޯސަސްގެ ގޮތުން އިންޑިއާ އަކީ ބޮޑު ގައުމަކަށްވާތީ ފަހަތުން އުޅެނީ.
ސަލީމު އިދުރީސް
18 November 2023
ތިއަކީ ކުންހީޔެއް! ރިސޯސާ ކިއަވައިގެން ތިބި މީހުންނާވުރެ މުހިއްމު އެއްޗެއް ގައުމެއް ބަދަލު ކުރާކައް ނޯންނާނޭ އޭގެނަމޫނާ ޗައިނާއަކީ! މިހާރު ކިއަވައިގެން ދުނެއޭގެ ނުފޫޒުގަ ދަމަގާމުކުގަ ތިބި މީހުން މަދެއްނުވާނެ! އިންޑިއާގަ އޮތް ސިއްޓަމު ސަބަބުން ކަމުގަ ވެދާނެ އިންޔާއައް ކުރި އެރުމުގަ ހުރި ގޮންޖެހުމަކީ
ކޮލަމާހުއްޓާ
18 November 2023
ދޭދޭގައުމުތަކުގެ ހައްސާސް މައްސަލަތަކަކީ ތިބާވަތަށް ސޯޝަލްމީޑިޔާގަ ހާމަކުރަންވީ ކަންތަކެއްނޫން. ދާއިރާގެ ތަޖުރިބާ މަދުކަންމީގެން އެނގެނީ.
ފޮނިޓައްޕު ހަސަނު
18 November 2023
ފޮރިން މިނިސްޓަރަކަށް ލެވޭ މީހާ އަކީ އެދާއިރާގެ ތަޖްރިބާ ލިބި ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް އިން މަތީ ތައުލީމު ޚާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭ ސަބަބަކީ އެ ދާއިރާއަކީ ވަރަށް ސެންސެޓިވް ވަރަށް ވިސްނުން ތެރިކަން ބަހައްޓައިގެން މުއާމަލާތް ކުރަންޖެހޭ ދާއިރާއަކަށް ވާތީ.
ދިމާކުރާތީ
18 November 2023
ދެން އަވަސްކުރޭ! އިންޑިޔާ އައުޓުކުރޭ ! ތިޔޮތީ ނުވެގެންއުޅުނު ކަންތައްވެފާ.