ޚަބަރު / ކަރަންޓު

ޓްރާންސްފޯމަރެއްގައި ރޯވެ، ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ

މިރޭ އަލިފާން ރޯވި ޓްރާންސްފޯމަރު: އެ ހާދިސާއާ ގުޅިގެން ހިޔާގެ ބައެއް ޓަވަރުތަކުން ވަނީ ކަރަންޓް ކެނޑިފައި --- ފޮޓޯ/ސްޓެލްކޯ

ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރެއްގައި އަލިފާން ރޯވެ، ހިޔާ ފްލެޓްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

މިރޭ ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއިން އަލިފާން ނިވާލައިފަ އެވެ. ސްޓެލްކޯއިން ބުނީ ރޯވެފައިވަނީ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި ކަމަށެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު

އެ ސަރަހައްދުގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެނގިފައިވާ ގޮތުގައި ހިޔާ ފްލެޓްގެ ހަތަރު ޓަވަރަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ.

މި ޓަވަރުތަކަށް އަލުން ކަރަންޓުގެ ހިދުމަތް ދެވޭނެ ވަގުތެއް ސްޓެލްކޯއިން ހާމައެއް ނުކުރެ އެވެ.

11 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 50%
icon angry icon angry 13%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޓޯބޮޓްސް

19 November 2023

ޑިސެޕްޓިކޮންސްގެ ހަމަލައެއްބާ؟

The name is already taken The name is available. Register?

ހާތިމު

18 November 2023

ދިވެހިންގެރާއްޖޭގަ ތިހެންވެދާނެ އުފާކުރޭ މުލިޔާގެއައް ވަދެވަޑައިގަތުމުގެ ކުރިން 16 މިލިޔަން ރުފިޔާ ހަރަދުވެ އެބަ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

18 November 2023

16 މިލިއަން ހަރަދުކުރަނީ މުއިއްޒުގެ އަމިއްލަގެ މަރާމާތުކުރަންތަ؟؟ ދައުލަތުގެ މުހިންމު ބިނާތަކުގެ އާބާތުރަފިލުވުން އެއީ ކުރަން ޖެހޭކަމެއް. ހަސަދައިގެ އަލިފާނުން ރޯކޮށްގެން ކޮމެންޓްކުރުން އެއީ ތިމާގެ އަޙްލާގީ ފެންވަރު ހާމަވާކަމެއް.މަނިކްފާނަށް ހެޔޮ ވިސްނުން މިންވަރުކުރައްވާށި.އާމީން

The name is already taken The name is available. Register?

ސައުތު

18 November 2023

26 މިލިޔަން ހުވާ ކުރަން. ގެކޮޅު ހަދަން 16 މިލިޔަން. ހަވާ އަރުވާލަން ދުއަވާލި އަދަދު ނޭގެ! ނައިބު ގެޔަށް ވަންނަން ކުރާ ހޭދަ އަދި ނޭގެ

The name is already taken The name is available. Register?

ޗީބީ

20 November 2023

މުއިއްޒު ކުރީމަ ބަރާބަރު. ކުރީ ސަރުކާރުނަމަ ކޮރަޕްސަން

The name is already taken The name is available. Register?

ނޫންތޭ

18 November 2023

ތިގޮތަށް ތިކަން ތިޔާ ވަނީ ސްޓެލްކޯގައި މިހާރު ތިބޭ އިންޖިނިއަރުން މަސައްކަތް ކުރާ ތަނަށް ނުގޮސް ބަނޑުއަކިރިން ފޮނުވައިގެން އެކަން ކުރުވުމާއި މަކަރާއި ހީލަތުން އިންޑިއާއިން ކައްޕަޅި ތަކެތި ގެނެސްގެން އެކަން ކޮށް ހަދާ އަދި އެއިން ވެސް ވައްކަން ކުރާތީއޭ މިކަން ކަން އެބަޖެހޭ އާ ހަކަތައާއި ބެހޭ ވަޒީރު ބަލާ ސްޓެލްކޯއިން ވައްކަން ކުޑަކޮށް ވަގުންތައް ބޭރުކުރަން މިހާރު ތިޔާ ފޮށިގަނޑެއްގައި ރޯވެއްޖެއޭ 300 ފަހަރު އަދިވެސް ހައްލެއް ނާދެއޭ ކިހާ ދެރަކަމެއް

The name is already taken The name is available. Register?

ވަޅޯމަސް

18 November 2023

ކައްޕަޅު އެއްޗެތި ގެނެސްފައިހުރީ ޗައިނާއިން.

The name is already taken The name is available. Register?

ނަންވާނީ ހައިވަކަރުއޮޑި

19 November 2023

ނޫން ނޫން. އެހެން އެވަނީ އިންޖިނޭރުންނަށް ބާރު ނުދޭތީ. ސްޓެލްކޯގަ މިދިޔައީ 5 އަހަރު އިންޖިނޭރުންގެ މައްޗަށް ޒާތްޒާތުގެ މާކެޓިންގ ކިޔަވާ މީހުންނާ ބިޒްނަސް އެޑްމިން ކިޔަވާ މީހުންނާ، އަދި އެއްވެސް އެއްޗެއް ނުކިޔަވާ ތިބި މީހުން ބަސްބުނެހަދާތާ!! އަދި މިހާރުވެސް އިވޭ ގޮތުން އަންނަން އޮތީވެސް ހަމަ އެގޮތަށް ހަދާ ބައެއް. ކީތްކުރާނީ.

The name is already taken The name is available. Register?

އާންތޭ

19 November 2023

ތިޔަ ހުޅުމާލެ ފޭސް 2 ގައި ކަރަންޓްލުމުގެ މަސައްކަތް ކުރަނީ ޗައިނާ ކުންފުންޔަކުން! އެ ސަރަހައްދުގައި ބަހައްޓާފައިހުރީ ޗައިނާ ޓްރާންސްފޯމަރ އަދި އަޅާފައި ހުރީ ޗައިނާ ކޭބަލް!

The name is already taken The name is available. Register?

އިސްތެލްކޯ

19 November 2023

ވާނުވާ ނޭގި ވާހަކަނުދައްކާ..ދުލަށް އެރިހާ އެއްޗެއް ދޮގެއް ތެދެއް ބަލާނުލާ ގޮވީމަ ބަރުވާނީ ފަތަށް

The name is already taken The name is available. Register?

ވާން

19 November 2023

ކުލިނުދައްކާ ތަންތަނުގެ މައްސަލަތައް ހައްލުކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454