މަންޑޭގެ އެޕާޓްމެންޓު ހުންނަ އިމާރާތް -
18 ނޮވެމްބަރ 2023 - 22:09
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ހިންގަމުންދާ ޖިނާއީ ތަހުގީގުގެ ތެރެއިން އެ ކުންފުނީގެ އެއް ޑިރެކްޓަރު ހަސަން މަމްދޫހު (މަންޑޭ)ގެ އެޕާޓްމެންޓާއި އަގުބޮޑު މުދާތައް ހިފަހައްޓަން ފަށައިފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ފުލުހުން އޭނާގެ އެޕާޓްމެންޓުގައި މިރޭ ހަރަކާތްތެރިވަމުން ވަނީ އެ ތަކެތި ހިފެހެއްޓުމަށް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ. އޭގެ ތެރޭގައި އަގުބޮޑު ކާރާއި ގަހަނާއާއި އިތުރު ބައެއް ހިފާގެންގުޅޭ ތަކެތި ވެ އެވެ.
އެނގިފައިވާ ގޮތުގައި މި ތަކެއްޗަކީ މީހުންނަށް އޮޅުވާލައިގެން އެޕާޓްމެންޓުތައް ވިއްކައިގެން ލިބުނު ފައިސާއިން ގަތް އެއްޗެއް ކަން ފުލުހުންގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ.
ފުލުހުން މިރޭ ބުނި މީޑިއާތަކަށް ބުނި ގޮތުގައި ފުލުހުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭ ދިރިއުޅޭ ގެ ބަލައި ފާސްކުރަމުންނެވެ.
މި މައްސަލަ ފެންމަތިވުމާއެކު، ފުލުހުން ވަނީ މީގެ ކުރިން ވެސް މަންޑޭ ކުއްޔަށް ދިރިއުޅެމުން ދިޔަ އަމީން އެވެނިއު އެޕާޓްމެންޓު ބަލައި ފާސްކޮށްފަ އެވެ.
ކޭ ޕާކް އިމާރާތް ކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ މެއި މަހު އެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައި ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުގަ އެވެ.
ހަންބޯ ކޮމްޕެނީގެ ކުންފުނީގެ 95 ޕަސެންޓް ހިއްސާ ޝިއުން ޖިން އަށް އޮންނައިރު މަންޑޭގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ. ކޭ-ޕާކް މަޝްރޫއު ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީ އަކީ މަޝްރޫއު ހިންގައި މާކެޓްކުރުން ފަދަ ކަންކަމާ ރާއްޖޭން ހަވާލުވި ކުންފުންޏެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ ކުންފުންޏާ އެކު އޮތް އެއްބަސްވުން މިދިޔަ ހަފްތާގައި އުވާލާފައިވާ ކަމަށް ހަންބޯ ޓެކް ކޮރެއާ އިން ވަނީ ބުނެފަ އެވެ. އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވިއްކައި ފައިސާ ހޯދައިގެން އެ ފައިސާ ބޭނުންކުރި ކަމަށް މަންޑޭގެ މައްޗަށް ތުހުމަތު ކުރެ އެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި އަދި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާހު ވިކްޓިމްއެއް
19 November 2023
ޖާހު (ޖަުފަރު އީސާ) ވަނީ ޕްލެޓް އަޅާދޭނެކަމަށް ބުނެ އެތައްބައެއްގެ އަތުން ލާރިނަގާ ފިލާފަ، މީނަގެ މުދާ އެބަޖެހޭ ހިފަހައްޓަން، ނިންމަނީ ނިންމަނީގަ މިހާރު 6 އަހަރުމިވީ، ތަންއެދަނީ ވީރާނާވަމުން، މިހާރު މީނައާގުޅިގެން އާބަންކޯއިން އަނެއްކާވެސް ކޮރޮޕްޝަން ގަޑެއް އެބަހިންގާ، މިކަން މުއިއްޒު ސަރުކާރުން ބަލާދެއްވުން އެދެން.
ހުސްކުރާސޭލް
19 November 2023
ދައުލަތައްނަގަނީ ތެލިތަށި ސަމުސާ ތަ.
ބަލަންތިބޭ
19 November 2023
ސަރުކާރުގެ "ޚާއްސަ ބޭފުޅަކަށް" ކޮލިފައިވަނީބާ؟؟؟؟؟
ވޯލް
19 November 2023
މިފަދަ މީހުންގެ އަންހެނުންނަށް މިފަދަ މީހުންނަށް އެއްކޮށް އުޅެން ކެރޭކަން.
ސަނައްޓޭ
19 November 2023
ނުބަލާނެ. މަންޑޭ ވައިފްއަކީ މުއިއްޒުގެ މީހެއް.
މަނިކުބޭގެކަޅުޗީ
19 November 2023
މަންޑޭ ޓިއުޒްޑޭ ބާވަތުގެ މީހުންގެ ސަބަބުން ދިވެހިންގެ އަގުވެއްޓި އިތުބާރު ގެއްލި ދިވެހިންނާއި އެކު މަސައްކަޮތް އިންވެސްޓުކުރަން ބޭރުގެ ފަރާތްތަކުނެ ބޭނުމެއްނުވޭ. މިއީ ބޮޑުމައްސަލައެއް. މުޅި ދިވެހިންގެ މަސްލަހަތު އޮތްކަމެއް. ރަގަޅަށް މައްސަލަބަލާ ތަރިކަ ވިއްކައިގެން ވިއަސް ދެވުނު ވަރަކުން ބަދަލު ހޯދަދީ އިތުބާރެއް ދިރުވަންޖެހޭ. މިކަހަލަ ކިތަންމެ މަންޑޭއަކު އެބައުޅޭ.
ދއެ45
19 November 2023
ފޮރެކްސް މުނީރު ހައްޔަރުކުރޭ
އަޙްމަދ
19 November 2023
ކޮން މަންޑޭ އެއްތޯ؟ނަމަކީ ކޮބާތޯ؟ ތި މަންޑޭ އެއްގެ ފޮޓޯއެއްވެސް ޖަހާލިނަމަ. ދީނަށް ލޯބިކުރާހެން ހީވާކަހަލަ މީހެއް ވިއްޔާ ނޫސްވެރިން ލޮލައް ނިދި ނާއިސްގެން އުޅޭހެން ހީވަނީ ނުވިތާކަށް އެފަދަ މީހެއްގެ ފޮޓޯޖަހާ ވަނަވަރު ހާމަކޮށް... މީ ހަމަ ހައްތަހާވެސް އަނިޔާވެރިކަން....
އަމީތާބު
19 November 2023
ކޮން ޑްރާމާއެއް ގެ ތަންކޮޅެއް މީ. ކޮންމެސް މީހަކު ބުނެލަބަލަ
ގަލޮޅުތަރި
19 November 2023
ސަރުކާރަށް ޚިޔާނާތްތެރިވިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހުން ދައްކަންޖެހޭ ފައިސާ ހޯދުމަށް އެމީހުންގެ ގެދޮރުވެސް މިގޮތަށް ކޯޓު އަމުރެއްގެ ދަށުން ނަގާނެކަމަށް ހީކުރަން. ކުރީގައި ނާސިރުގެ ގެދޮރާ މުދާވެސް ނެގި. ދެންވެސް ރައީސްކަންކޮށްފަ ހުރި މީހަކު ޚިޔާނާތްތެރިވިކަން ސާބިތުވެފައިވާނަމަ ކިތަންމެ އުސް ގެއަކަސް ނަގަންވާނެ ނޫންތޯ؟ ގާނޫނުގެ ކުރިމަތީ އެންމެން ހަމަހަމަ ވާންޖެހޭ ނޫންތޯ؟