• ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް ރައީސް އައްޔަންކުރެއްވި މުހައްމަދު ޝަމްއާން ވަހީދު-- ފޮޓޯ: ރައީސް އޮފީސް
19 ނޮވެމްބަރ 2023 - 20:21
ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން މުހައްމަދު ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
އިމިގްރޭޝަނުގައި 14 އަހަރު މަސައްކަތްކުރެއްވި ޝައްމާން، އެ އިދާރާ އިން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރަން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
އެކަމަކު މިދިޔަ އަހަރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އަލުން ވަޒީފާ ރުޖޫއަކޮށްދިނުމަށް އަންގައިފަ އެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޝަމްއާން ވަނީ ކުރީގެ ސަރުކާރުން، އޭނާގެ ސްޓޫޑަންޓް ލޯނު ކެންސަލްކޮށް، މާސްޓާސް ޕްރޮގްރާމުން ކެނޑި އެނބުރި ގައުމަށް އައުމަށް މަޖުބޫރުކޮށް، އޭނާ އަނބުރާ އައުމުން، މަސައްކަތާ އެއްވެސް ގުޅުމެއް ނެތް އިދާރާއަކަށް ބަދަލުކުރި ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވީ އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އެވެ.
އޭރު އޭނާގެ ވަޒީފާ ބަދަލުކުރީ ކޮވިޑްގެ މަސައްކަތްތައް ކުރުމަށް އުފެއްދި، އެޗްއީއޯސީ އަށެވެ. ގާނޫނާ ހިލާފަށް ވަޒީފާ އިން ވަކިކުރީ އޭރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ގެ ސީދާ އަމުރަކަށް ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
ޝަމްއާން ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީ އިން ލޯ އެންފޯސްމެންޓް ދާއިރާއިން ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.
ކޮންޓްރޯލާ ޖެނަރަލްގެ މަގާމަށް ޝަމްއާން އައްޔަންކުރެއްވިއިރު އެ މަގާމުގެ އިތުރުން ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވަނީ ރައީސް ހަވާލުކުރައްވައިފަ އެވެ.
ރައީސް އައްޔަންކުރެއްވި އިތުރު ބޭފުޅުން:
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް، ގ. ވަށަފަރު އިގްބާލް އާދަމް
• މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް، މ. ކޮތަންމާގޭ މުހައްމަދު ހުސައިން ޝަރީފް
• ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ހއ. ވަށަފަރު ބްލޫހައުސް މުހައްމަދު ވަހީދު ހަސަން
• މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މއ. ބޮޑުދަހަރާގެ ޑރ. މުހައްމަދު ކިނާނަތު
• ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޗާންސެލާގެ މަގާމަށް، މ. ލައިޓްކޯނަރު -4، ޑރ. މަހްމޫދު ޝައުގީ
• ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ކަމަށް، މ. އެމޭޒަން ޑރ. އާއިޝަތު ޝެހެނާޒު އާދަމް
• ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ކަމަށް، މ. ހިތިމާގެ ޑރ. އަލީ ޒާހިރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާވާ
21 November 2023
ސަރުކާރު ބަދަލު ވެގެން މިދަނީ ކަރަޕްޝަންގެ ހާއްޔަކަށް!
އިސްމާއިލް އުޝާމް
20 November 2023
މުއިޒްގެ ސިޔާސަތު ވަރަށް ކަމުދޭ. ޒުވާނުންނަށް ވަރަށް ފަހު ފުރުސަތު އޮތްކަމަށް ފެނޭ.
ހަމަދު މުހައްމަދު
20 November 2023
މަގޭ ދަންނަން ތި ސޮރު، މެލޭގަ ވެސް ވަރަށް ހިންގުންތެރި. ނަސީބަކުން އެކުގަ މަސައްކަތް ކުރަންވެސް ފުރުސަތު ލިބުނު. ވަރަށް ހިންގުންތެރި
ހާޝިމް
20 November 2023
މިހެން ވާންޖެހޭނެ. ކުއަލިޓީ ވިއްޔާ ވާނެ ޒުވާނަކަަސް ވަޒީފާ ދޭން
ރޫނާ މުހައްމަދު
20 November 2023
ތިއީ އެއްމެނާ ގުޅޭ މީހެއް.
ފާތިހް ނަބީލް
20 November 2023
އަދިކިރިޔާނު ކަމުދާ މީހަކު އަހަރުމެންނަށް މިލިބުނީ. ހަނަފީ ވަރަށް ކަޑަ
ހާސަރު
20 November 2023
ކަންކަމުގެ ހަގީގަތް އެގޭ އެތައް ބަޔަކަށް މިހިރަ ފެންނަނީ ސީދާ އަދުރޭގެ މޮޑެލްއަށް ގައުމު ބައްޓަންވާތަން! މޮޅެތި ވާހކަ ދައްކާފަ މުއިއްޒުގެ އަމަލު މިވީ ދެތިން ދުވަހުވެސް މިފެންނަނީ ދިމާ އިދިކޮޅަށް! އަދުރޭގެ ލަފާގެ މަތިން ސަރުކާރު ހިންގާއިރު ފެންނަންޖެހޭ ކަންކަން ފިސާރި ރަގަޅަށް ފެންނާނެ.
މޫސާ ޔައިޡް
20 November 2023
މިއީ ގާބިލް ތައުލީމީ ޒުވާނެއް
ކުޑަކަތީބު
20 November 2023
އަޅުގަނޑުމެން ވަރަށް ގިނަ އެއްޗެހި ވިއްކައިގެން މަނިކުފާނު ތި މަޤާމަށް ގެނައީ، ވީމާ ރައްޔިތުންނަށް އެކްސްޕެއަރ ވެފަހުރި އެއްޗެހި ވިއްކައިގެން ދެމިހުރެވޭނަކަމަށް ހީކުރުން ގޯސް! އަދުރޭމެން ބޭނުމެއްނުވާނެ ރަނގަޅު ހިސާބު ޖަހައިގެން ހަލާލު އަދަދު ޖީބަށް އަޅާކަށް!
ދެވަނަ އިބޫތަ؟
20 November 2023
ފިއްކަނޑައިގެންދާ ވަރުގެ ތަގުރީރާ ދިމާ އިދިކޮޅަށް އަމަލުތައް މިހިރަ ފެންނަނީ. ވައްކަމާއި ކޮރަޕްޝަނަށް ހަރު އަޑުން ނޫނެކޭ ބުނާނަމޭ ބުނެފަ މީ ރައްޔިތުންނަށް ކުރި ޖެއްސުމެއްތަ؟