ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ކެބިނެޓު ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
20 ނޮވެމްބަރ 2023 - 11:17
ރައީސް ޑރ. މުހައްމަދު މުއިއްްޒުގެ ސަރުކާރުގެ ކެބިނެޓު މިނިސްޓަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ގާނޫނުގެ އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުންގެ ނަމަށް ރުހުން ހޯދުމަށް މިއަދު ފޮނުވާފައިވާނެ ކަމަށެވެ.
އާ ސަރުކާރުގެ ކެބިނަށް މިނިސްޓަރުން އައްޔަން ކޮށްފައިވަނީ ރައީސް ހުވާ ކުރެއްވި ރޭގަ އެވެ.
ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވިއިރު، މަޖިލީހުގައި ސަރުކާރު ޕާޓީ ތަމްސީލު ކުރައްވާ ބައެއް މެންބަރުން ވަނީ ކެބިނެޓުގައި ހިމެނުމުން މެންބަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމާ ގުޅިގެން މިވަގުތު މަޖިލީހުގައި ތިއްބެވީ ސަރުކާރު ހިންގާ ޕާޓީގެ ފަސް މެންބަރުންނެވެ.
އާ ސަރުކާރުން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވަނީ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ހުވާ ކުރެއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވެސް ވަނީ އާ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
20 November 2023
އާ އެޑިއުކޭޝަން މިނިސްޓަރު ޝަފީއު އައް މަޖުލީހުން ރުހުން ނުދޭން ގޮވާލަން.
ވެންޓި
20 November 2023
ވެންޓިލޭޓަރ ތަކުގެ ފަހުގެ ޚަބަރަކީ ކޮބައިތޯ؟
ވޯލް
20 November 2023
ހެލްތް މިނިސްޓަރ، ޓޫރިޒަމް މިނިސްޓަރު ޔޫތް މިނިސްޓަރު މިއީ ރުހުން ދިނުމަށް ނުފެންނ މީހުން.