ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު -
21 ނޮވެމްބަރ 2023 - 13:21
މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ދައުވާކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ނިމިދިޔަ ސަރުކާރުގައި ފްލެޓް ދޭން ނިންމި ލިސްޓް ރިވިއުކުރާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، ހައިދަރަށް ރުހުން ނުދޭން އެމްޑީޕީ މެންބަރުން ވާހަކަދައްކަވާފައިވަނިކޮށް މަޖިލީހުގައި ނަޝީދު މިއަދު ވިދާޅުވީ، އާ ހައުސިން މިނިސްޓަރަށް އިންތިހާއަށް އިތުބާރު އެބައޮތް ކަމަށެވެ. ކެބިނެޓަށް ރުހުން ނުދީ ތިބުމުގެ ޖާގައެއް މަޖިލީހަށް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ގޯއްޗާއި ފްލެޓް ދިން ގޮތުން އޮތީ އަސްލަމްގެ މައްސަަލަ އެވެ.
ހައުސިން މިނިސްޓަރަކަށް މިދިޔަ ސަރުކާރުގައި އަސްލަމް ހުންނަވައިގެން ދެ ވަނަ ދައުރަކަށް އިންތިހާބު ކާމިޔާބުކުރެއްވުމަށް "މާލެ ފޮތިފޮތި" ކޮށްލައިގެން ފްލެޓާއި ގޯތި ދިނީ ބޭނުންވާ ބަޔަކަށް ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ. މިއީ "ޖަރީމާ"އެއްގެ ގޮތުގައި ސިފަ ކުރައްވައި ނަޝީދު ވިދާޅުވީ މި ކަމުގައި ޝަކުވާ ނުކުރާ މާލޭގެ އެކަކުު ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"ހައިދަރަކަށް ނޫން ރުހުން ނުދޭންވީ. އަޅުގަނޑުމެން ކުރީގެ ހައުސިން މިނިސްޓަރުގެ މައްޗަށް ދައުވާ އުފުލާންވީ،" ނަޝީދު ވިދާޅުވި އެވެ.
ހައިދަރަކީ ދިވެހިރާއްޖޭގައި ޕްލޭނިން މިނިސްޓްރީ އުފެދުނީއްސުރެ އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަންނީ ބޭފުޅެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިނިސްޓަރު އިއްޔެ ދެއްކެވި ވާހަކަ ވަރަށް ސާފު ކަމަށެވެ.
މިނިސްޓަރު އިއްޔެ ދެއްކެވި ވާހަކައަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ޕްރޮސެސް ހިންގި ގޮތް ގޯސް ވާހަކަ އެވެ. ފްލެޓަށް މާކްސް ދެވޭނީ އެކަން ކުރުމަށް ފީޑް ކޮށްދީފައިވާ ޑާޓާއެއްގެ މައްޗަށް ކަމަށާއި އެ ޑާޓާ އޮތީ ގޯސް ކޮށް ކަމަށް ވުމުން، އެ ހައްގު މީހުން ހޯދަން އަލުން އެ ރިވިއު ކުރަން ޖެހޭނެ ވާހަކަ މިނިސްޓަރު ދެއްކެވުމަކީ މައްސަލައެއް ނޫން ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ފްލެޓު ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހެ އެވެ. ގޯތި ދޭނެ ބިން ނެތް ކަމަށާއި މި ކަމަށް ހައްލެއް ހޯދޭނީ ޑރ. ހައިދަރުގެ ފަންނީގެ ތަޖުރިބާއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީމައެނގޭއެވީކަން
23 November 2023
ދައުވާ ކުރަންވީ ނަޝީދުއަށް. މާލޭގެ ގާކޮށި، އަރަބިއްޔާކޮށި، އޯޑިއޯން އަދި ނާދީ ބޭރު ބަޔަކަށް ދިންގޮތާއި ނެގި ފައިސާ އާއި ކޮރަޕްޝަން އޮތްވަރު ކަންތކާއި އެކަމުން މާލޭގެ ރައްޔިތުންނަށް ކުރި ނޭދެވޭ އަސަރާއި ގެއްލުމުގެ ބަދަލު ހޯދަން.
ގުދުގުދާބެއްޔާ
22 November 2023
މިނަސީދު ވެރިކަމުގައި ހުޅުމާލެ/ފަރުކޮޅު ފުށި މިހާރުގެ އާބަންކޯއަށް ކަލޭގެ ގަރާރަކުން ހިބައިން ދިނީ އެއީ ކަލޭގެ ތަރިކަ މުދާގަޑެއް ވީމަތަ؟ މީނަޔަށް މިކަމާ ދައުވާ ކުރަންޖެހޭ!.
ލަބީދު
22 November 2023
ގާޒީ ވަގައް ނެގި މައްސަލަ އަލުން ބަލަން ފެނޭ
އަލިކޮއި
21 November 2023
ރައީސް ނަޝީދުގެ ވާހަކަފުޅަށް އަހުރެން އެއްބަހެވެ. ހިންގީ ބޮޑު ޖަރީމާއެކެވެ. ގޯތި ވެސް އެމީހުން ބޭނުން ބަޔަކަށް ދިނީއެވެ. ރިވިޔުކޮށް ބަލާންވާނެއެވެ. ޙައްޤުވެރީން ކަށަވަރު ކުރަންވާނެއެވެ.
ނާޑުވާ
12 December 2023
ގޯތި ދިނީ މާލޭ ދާއިމީ ރައްވެހީންގެ ތެރޭން ކުރިމަތިލީ އެންމެންނަށް.
ސަމަދުބޭ
21 November 2023
ބައްލަވާ ފީޑުކުރި ޑާޓާއަކަށްވެސް ނޫން ޕޮއިންޓުދިނީ. މެނުއަލްކޮށް ދިނީ. އެވެސް ފަހުން ވީއެއް ނުވީއެއްނޭގުނު.
ޙައިދަރު ނޫން ހޮތެއް
21 November 2023
ޢިރެއްގަ މޮޅަސް ހައިދަރަށޤ ވުރެ ޅަ ތައުލީމީ ގާބިމު ޒުވާނުން މިހާރު އެބަތިބި. . ޚުރިން މިނިސްޓަރުކަން ކޮށްފަތިބި އެކަކަށްވެސް ރުހުން ދޭކަށް ނުފެނޭ
ާރިމާޙް
21 November 2023
ދެން މީކައިލް އަށް މަގޭ ވޯޓެއް ނުލިބޭނެ... މަޖުލީހަށް ގަލޮޅު ދެކުނުން ހޮވޭނެހެން ހިޔެއްނުވޭ... ރޮޒޭނާ އާ އެމްޑީޕީ މަހުޖަނުންނަށް ހުޅުމާލޭ ބިން ބަހާލީތީ ވޯޓެއް ނުދޭނަން... އާދައިގެ މީހުންނަށް ގިރާވަރު ފަޅާ ގުޅިފަޅުން ބިން ލިބުނީ... އެމްޑީޕީ އެކްޓިވިސްޓުންނަށް ދިނީ ހުޅުމާލެއިން.. ހުޅުމާލެއިން ހުސްހެން ބިން ލިބުނީ އެމްޑީޕީ އެކްޓިވިސްޓުންނަށް...
ދޮންދީދި
21 November 2023
އަސްލަން އަދި ކަމާލުއަށްވެސް. ހަމ އެގޮތަށް އިބޫ ވެސް ވައުދުވީ އަދި ނިންމާފަވެސް އޮތީ 13000 މީހުންނަށް ފްލެޓްދޭން. ރައްޔިތުން ހީކޮށްގެން ތިބީ އެވަރަށް ފްލެޓް މަސައްކަތް ކުރިއަށްދާކަމަށް. އެކަން ވަރަށް ރަނގަޅަށް އޮތީ އިންތިހާބުތެރޭ އޮޅުވާލާފައި. ނުހޮވުނީމަ ހުރިހާކަމެއް ފަލާއެރީ
ބަލަންވީއޭ
21 November 2023
މިއަދު ކެނެރީގެ ނަޝީދު ދެއްކީ މުޅިން ރަނގަޅު ވާހަކައޭ ހައިދަރު އަކީ އެއީ ސިވިލް އިންޖިނިއަރެއް އަދި ރަނގަޅަށް ތަންތަން ފަރުމާކުރަން ދަންނަ ކިޔަވައިގެން ހުރި އަދި އަމަލީ ތަޖްރިބާ ލިބިފައި ހުރި މޮޅު މީހެކޭ އެކަމަކު ހައިދަރު އަކީ ސިޔާސީ މީހެއް ނޫން އަދި މަކަރާއި ހީލަތުގެ މީހެއް ނޫނޭ އަދި ދެފައި ކޭޓަށް އަތް ޖަހައިގެން އާންމުން ކުރިމަތީގައި ބެބޫ ހެދިގެން އުޅޭނެ މީހެއް ނޫނޭ ހައިދަރު ނުޖެހޭ މަޖްލީހުން ރުހުން ނުދޭ ލިސްޓަށް އަރުވަން އަސްލު މައްސަލަ
އަސްލަންޓޭ
21 November 2023
1000ރ އަށް ސިޓީއެއްގެ މަގުން މާލޭ ގޭގޭގައި އުޅުނު ކަމުގެ ސިޓީ އެބަހުރި ވިއްކާފަވެސް. އެކަމަކު މީކާއީލްށް މި ގޯސްވީ ހައިދަރު