ޕީސީބީއަށް މިއަދު އައްޔަން ކުރި މޫސާ ފަތުހީ އާދަމް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
22 ނޮވެމްބަރ 2023 - 10:08
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) ބޯޑުގައި ހުސްވެފައިވާ ތިން ގޮނޑި އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެމްބަރުން އައްޔަން ކުރައްވައިފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން ހަމަޖައްސާ ޕީސީބީ އަށް އާ ރައީސް އައްޔަން ކުރެއްވި މެންބަރުންނަކީ:
- އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ އިން: އަހުމަދު މުޝްތާގު، ދަފްތަރު 4652
- ބޭންކިން ދާއިރާ އިން: ލީނާ އަބްދުލްޖަލީލް، ވ. ބްލޫއޯޝަން
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މޫސާ ފަތުހީ އާދަމް، ރަންކޮކާގެ ށ. ކޮމަންޑޫ
މޫސާ ފަތުހީއަކީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. އޭނާ އަށް އިއްޔެ ވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފަ އެވެ.
ލީނާ އަބްދުލްޖަލީލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އިސް މަގާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ސީއީއޯ ކަން ވެސް ކުރައްވައިފަ އެވެ.
ގާނޫނުގައިވާ ގޮތުން ޕީސީބީގެ ބޯޑުގެ ކޯރަމަކީ ފަސް މެންބަރުން ކަމަށް ވިޔަސް މީގެ ކުރިން ތިއްބެވީ ތިން މެންބަރުންނެވެ. އެ ބޯޑުގައި ކޯރަމް ހަމަނުވާތާ ތިން މަސް ވެއްޖެ އެވެ.
މި މެންބަރުން އައްޔަން ކުރުމާއެކު ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވެން އޮތް ހުރަސް ނެތިގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސަ
22 November 2023
ފަތުހީ އަކީ ގޮސް ޗޮއިސްއެއް
ދުންމާ
22 November 2023
ފަތުހީ ތިޔައީ ވަރަށް ބޭފުޅެއް...ޔާމިންބސަރުކާރުގަ އޭރު ހޯމް މިނިސްޓްރީގަ ހުރެގެން ރާއްޖެތެރެއަށްގޮސް ކައުންސިލްތަކަށް ޖެއްސުންކުރި ގުރޫޕް މީހެއް އަނެއްކާ މިފަހަރުވެސް ކައުންސިލްތަކުގެ މިނިސްޓްރީގަ އިސް މަގާމުދީފަ... މިއީ ލާމަރުކަޒީ ނިޒާމާ އިދިކޮޅު ވިސްނުމުގެ ބޭފުޅެއް
ޥަވާ
22 November 2023
ތިބޭފުޅަ މަގާމު ބޭނުންވަނީތަ
ސިލްމާ ޒާހިރު
22 November 2023
މިއީ މި ސަރުކާރުގެ އަޝްމަލީ! ވެރިކަމުގެ ހުވަޔަށް ފުރިހަމަ 1 ހަފުތާ އަދި ނުވޭ. މިހާރު މީނާއަށް 2 މަޤާމު ދެއްވައިފި!
ޙަަމަ
22 November 2023
ޢަސްތާ. ޙާދަ ދެރަވޭދޯ.